ހަލުވިކޮށް މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަސްގެ އާވޭރިއަންޓް ސައުދީ އަރަބިއްޔާގެ ދިހަ މީހެއްގެ ހަށިގަނޑުން މިހާތަނަށް ފެނިފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

ނަމަވެސް ސައުދީ އަރަބިއްޔާގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާން ވިދާޅުވީ އާވޭރިއަންޓް އިތުރަށް ފެތުރިގެން ދިއުން މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ. އާވޭރިއަންޓް އަށް ފައްސިވި މީހުން އެކަހެރި ކުރެވި އަދި އެމީހުންނާއި ބައްދަލުވި މީހުން ވެސް ޓެސްޓް ކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތު ދެއެވެ.

އާވޭރިއަންޓް އަށް ފައްސިވި މީހުންނާއި ބައްދަލުވި 27 މީހަކު ފާހަގަ ކުރެވި އެއެންމެން ވެސް ވަނީ ޓެސްޓް ކުރެވިފައި. އެހުރިހާ އެންމެން ވެސް ކޮވިޑް-19 އަށް ނައްސި." ތަރުޖަމާން ވިދާޅުވިއެވެ.

އިއްޔެ ސައުދީ އަރަބިއްޔާ އިން ކޮވިޑް-19 އަށް ފައްސިވީ 108 މީހުންނެވެ. އޭގެ ތެރެއިން 48 މީހުން ފައްސިވީ ވެރިރަށް ރިޔާދުންނެވެ. 24 މީހުން މައްކާ އިން އިއްޔެ ފައްސިވިއެވެ. ބާކީ ތިން މީހުން ފައްސިވީ މަދީނާ އިންނެވެ. އިއްޔެ އިތުރު ހަމީހުން ކޮވިޑް-19 ޖެހިގެން މަރުވެ ސައުދީ އަރަބިއްޔާ އިން މަރުވި މީހުންގެ އަދަދު ވަނީ 6278 އަށް އަރާފައެވެ. ސައުދީ އަރަބިއްޔާ އިން މިހާތަނަށް 363485 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ސައުދީ އަރަބިއްޔާގައި ވެސް މިހާރު ވަނީ އާއްމުންނަށް ކޮވިޑް-19 ވެކްސިން ޖަހަން ފަށާފައެވެ.

ކިޔުންތެރިންގެ ހިޔާލު