ކޮވިޑް-19 ޖެހިގެން ރަޝިއާއިން އިތުރު 470 މީހަކު މަރުވެއްޖެ އެވެ.

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެ ގައުމުން ކޮވިޑް-19 ބަލީގައި 470 މީހަކު މަރުވިއިރު، އިތުރު 23,309 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރަޝިއާއަކީ ދުނިޔެއިން ހަތަރުވަނައަށް އެންމެ ގިނަ މީހުން ކޮވިޑް-19 ޖެހިފައިވާ ގައުމެވެ.

އެ ގައުމުގެ ހާލަތަށް ބަލާއިރު، ނޮވެމްބަރު މަހުގެ މެދު ތެރެއިން ފެށިގެން އެ ގައުމުގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދުތައް އުޅެނީ 400 އިން މަތީގައެވެ.

އަދި ނޮވެމްބަރު މަސް ފެށިގެން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް ކޮންމެ ދުވަހަކުވެސް އުޅެނީ 20،000 އިން މަތީގައެވެ.

ރަޝިއާއިން މިހާތަނަށް 3,379,103 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، 61,381 މީހަކު ވަނީ އެ ބަލީގައި މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު