އިންޑޮނޭޝިއާގެ ފްލައިޓެއް ގެއްލިއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ބޯޓުގެ ގުޅުން ކެނޑުނީ ފުރިތާ ހަތަރު މިނުޓު ތެރޭގައެވެ.

ގެއްލިފައި ވަނީ އެ ގައުމުގެ އެއާަލައިނެއް ކަމަށްވާ ސްރިވިޖަޔާ އެއާލައިންގެ ބީމަތިންދާ ބޯޓެކެވެ. އެ ބޯޓު ފުރާފައި ވަނީ ޖަކަރްޓާއިންނެވެ. އެއީ އެ ގައުމުގެ ހުޅަނގު ކަލިންމަންޓަން ޕްރޮވިންސްއަށް ދަތުރު ކުރަން ފުރި ބޯޓެކެވެ.

ގެއްލުނު އެ ބޯޓު ވެއްޓިފައިވާ ކަމަށް އިންޑޮނޭޝިއާގެ އޮފިޝަލުން މިހާރު ވަނީ ހާމަކޮށްފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ބޯޓު ވެއްޓިފައި ވަނީ 10،000 ފޫޓު މަތިީގައި އޮއްވާ، މިނުޓެއް ތެރޭގައެވެ.

އެ ބޯޓުން 56 މީހުން ދަތުރު ކުރިއެވެ. އޭގެ ތެރޭގައި 46 ބޮޑު މީހަކާއި، ހަތް ކުޑަކުދިންނާއި، އަދި ތިން ތުއްތު ކުދިން ހިމެނެއެވެ.

އިންޑޮނޭޝިއާގެ އިދާރާތަކުން ބުނެފަައިވަނީ މިހާރު ފްލައިޓު އެންމެ ފަހުން ފެނުނު ސަރަަހައްދަށް ބޯޓު ހޯދުމުގެ މަސައްކަތް ކުރަަން އުޅަނދުތައް ފޮނުވާފައިވާ ކަމަށެވެ.

ޖާވާ ކަނޑުގައި މަސްވެރިކަން ކުރަން އުޅުނު ބައެއް މަސްވެރިން ބުނެފައިވާ ގޮތުގައި އެ ކަނޑުން ބޯޓުގެ ބައިތައް ކަމަށް ބެލެވޭ ބައިތަކަކާއި ގިނަ އަދަދެއްގެ ތެޔޮ ވަނީ ކަނޑުން ފެނިފައެވެ. ނަމަވެސް މިއީ ގެއްލުނު ފްލައިޓުގެ ބައިތަކެއްކަން ނުވަތަ އެ ފްލައިޓުން ކަނޑަށް އެޅިފައިވާ ތެލެއްކަމެއް އަދި ރަސްމީ އިދާރާ އަކުން ހާމަ އެއް ނުކުރެއެވެ.