އުމުރު ދުވަހަށް ޓްވިޓާއިން ބޭރު ކޮށްފައިވާ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ އެކައުންޓުން ކޮށްފައިވަނީ 57،000 ވަރަކަށް ޓްވިޓު ކަމަށް މީޑިއާތަކުން ބުނެފިއެވެ.

ހަމަނުޖެހުންތަކަށް ހިތްވަރުދީ ކަނޑައެޅިގެން ދޮގު މައުލޫމާތުތައް ތަކުރާރުކޮށް ފަތުރަމުންދާތީ ޓްވިޓާ އިން މީގެ ކުރިން ވެސް ޓްރަމްޕްގެ ޓްވީޓްތަކުގައި އައީ އިންޒާރުގެ ނޯޓިހެއް ހިމަނަމުންނެވެ. ނަމަވެސް އިންޒާރުތަކަށް ބޯލެނބުމުގެ ވިސްނުމެއް ޓްރަމްޕް ނުގެންގުޅެއެވެ. އެއްވެސް އިންޒާރަކަށް ބެލުމެއް ނެތި ޓްރަމްޕް ދިޔައީ ތަކުރާރުކޮށް ބޭނުން ކޮންމެ ވާހަކައެއް ޓްވީޓް ކުރަމުންނެވެ.

ޓްވިޓާ އިން މީގެ ކުރިން ބުނެފައި އޮތީ ޓްރަމްޕް އެމެރިކާގެ ރައީސް ކަމުގައި ހުންނައިރު ދޮގު މައުލޫމާތު ޓްވީޓް ކުރި ނަމަވެސް އެކައުންޓް ސަސްޕެންޑް ނުކުރާނެ ކަމަށެވެ. ނަމަވެސް އެންމެ ފަހުން އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ޓްވިޓާ އިން ވަނީ ޓްރަމްޕްގެ އެކައުންޓް އުމުރު ދުވަހަށް ސަސްޕެންޑް ކުރިކަން އިއުލާން ކޮށްފައެވެ.

ޓްރަމްޕްގެ ޓްވިޓާ އެކައުންޓުން އެންމެ ފުރަތަމަވެސް ޓްވީޓެއް ކޮށްފައިވަނީ 2009 ވަނަ އަހަރުގެ މޭއި މަހުގެ 4 ވަނަ ދުވައެވެ.

ޓްރަމްޕް ބުނެފައިވަނީ އެމީހުން ހަމަ ހިމޭނުން ނުތިބޭނެ ކަމަށާއި އަމިއްލަ ޕްލެޓްފޯމެއް ތައްޔާރު ކޮށްގެންވެސް އެކަމާއި އަޑުއުފުލާނެ ކަމަށެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އެންމެ ބޮޑަށް ހިތްވަރުދީ އެކަމަށް ވަކާލާތު ކުރަމުން އަންނަ ޓްވިޓާ އިން ޓްރަމްޕް އެކައުންޓް ސަސްޕެންޑް ކުރުމުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ޓްރަމްޕް އާއި މެދު އަމަލު ކުރި އުސޫލުން އެއްހަމައެއްގައި އެހެން ފަރާތްތަކާއި މެދު ޓްވިޓާ އިން އަމަލެއް ނުކުރެއެވެ.

ޓްވިޓާއިން ޓްރަމްޕް ބޭރު ކޮށްފައިވާއިރު، އިންސްޓަގްރާމް އާއި ފޭސްބުކް އިން ވެސް ވަނީ ކުރިއަށް އޮތް ދެހަފްތާ ދުވަހަށް ޓްރަމްޕްގެ އެކައުންޓްތައް ސަސްޕެންޑް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރާއްޖެ

    މިރައްޖޭގައިވެސް އުޅޭބެރުކުރަން ވީމީހެއް

    28
    1
    • އަހްމަދު

      އެލެކްސް އަހަންމަދު

  2. އެލެކްސް

    އެލެކްސް ކިތައް ޓުވީޓު؟