ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ޕޮލޭންޑުން އިތުރު 438 މީހަކު މަރުވެއްޖެއެވެ.

އެގައުމުން އިތުރު 438 މީހަކު މަރުވެ މިހާރު ޖުމްލަ އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 31،011 އަށް އަރާފައެވެ. މިހާތަނަށް އެގައުމުން އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން މަރުވެފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 674 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

އެގައުމުން އިތުރު 10،548 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު، މިހާރު ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 1،280،438 އަށް އަރާފައެވެ. ޕޮލޭންޑަކީ މިހާތަނަށް 14 ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ގައުމެވެ. މިހާތަނަށް އެއްދުވަހެއްގައި އެންމެ ގިނަ މީހުން އެގައުމުން ފައްސިވެފައިވަނީ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އެއީ 37،596 އެވެ.

އޭގެ ފަހުން ބަލި ޖެހޭ މީހުންގެ އަދަދު ނިސްބަތުން ދަށްވި ނަމަވެސް، އެގައުމަކީ ބަލީގެ ނުރައްކާ ބޮޑު ގައުމެކެވެ. މިހާތަނަށް އެގައުމުން މި ބަލި ޖެހިގެން ރަނގަޅުވެފައިވަނީ 1،113،738 މީހެކެވެ. މި ބައްޔަށް 231،640 މީހަކަށް ފަރުވާ ދެމުން އަންނައިރު، އޭގެ ތެރެއިން 1،596 މީހަކަށް ފަރުވާ ދެމުން އަންނަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށް ކޮވިޑް-19ގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް އާންމު ކުރާ ގައުމީ އިދާރާއަކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު