އިއްޔެ ވެއްޓުނު އިންޑޮނޭޝިއާގެ ސްރީވިޖަޔާ އެއާގެ އެސްޖޭ183 ބޯޓުގެ ކަޅު ފޮށި އޮތްތަން ދެނެގަނެވިފައިވާ ކަމަށް އިންޑޮނޭޝިއާގެ ކަމާއި ބެހޭ އިދާރާތަކުން ބުނެފިއެވެ.
އެ ބޯޓު ވެއްޓިފައިވަނީ ޖަވާ ކަނޑަށެވެ.
"އަޅުުގަނޑުމެން އުއްމީދު ކުރަނީ އެ ކަޅުފޮށި އޮތްތަނުން ނެގޭނެ ކަމަށް". މިލިޓަރީ ޗީފް ހަޑީ ޓްޖަހްޖަންޓޯ".
އެހެން ނަމަވެސް އޭނާ އެކަންވާނެ ދުވަހެއް ހާމަކޮށްއެއް ނުވެއެވެ.
އިންޑިނޭޝިޔާގެ ޕޮންޓިއަކަށް ދަތުރުކުރުމަށް ޖަކާޓާ އެއާޕޯޓުން ނައްޓާލި އެ ބޯޓާއި ގުޅުން ކެނޑުނީ ނައްޓާލިތާ މާގިނަ އިރުތަކެއް ނުވަނީސް އެވެ. އޭގެ ފަހުން އެ ބޯޓު ވަނީ ވެއްޓިފައެވެ. އެ ބޯޓު ވެއްޓުނުއިރު ބޯޓު ތެރޭގައި 62 މީހަކު ތިއްބެވެ.
ޖަކަޓާ އިން ޕޮންޓިއަކަށް ފްލައިޓެއްގައި ކުރާ ދަތުރެއްގެ ދިގުމިނަކީ 90 މިނުޓެވެ.
މިއަދު ހެނދުނު ސިފައިންގެ އުޅަނދަކަަށް ވަނީ އެ ބޯޓުގެ ސިގްނަލް ހޯދިފައެވެ. އަދި ޑައިވަރުންގެ ޓީމަކަށް ވަނީ ބޯޓުގެ ބައިތައްވެސް ކަނޑުއަޑިން ފެނިފައެވެ. އަދި އިންސާނުންގެ ހަށީގަނޑުގެ ބައިތަކާއި، އަންނައުނުތައްވެސް ވަނީ ލަންސަންގ އައިލެންޑާއި. ލަކި އައިލެންޑާއި ދެމެދުގެ ކަނޑުގެ ސަރަހައްދުން ހޯދާފައެެވެ.