އިންޑިއާގެ ގައުމީ އެއާލައިން ކަމަށްވާ އެއާ އިންޑިއާއިން، އެ އެއާލައިންގެ ތާރީޙުގައިވެސް ކުރާ އެންމެ ދިގު ފްލައިޓް ދަތުރު ފަށައިފިއެވެ. މި ދަތުރު ފަށާފައި ވަނީ ސެން ފްރެންސިސްކޯއިންނެވެ. މި ދަތުރު ކުރުމަށް ހަމެޖެހިފައި ވަނީ ބަންގަލޫރާއި ދެމެދުގައެވެ.

17 ގަޑިއިރަށް ދެމިގެންދާ މި ދަތުރަށް އެއާ އިންޑިއާގެ އޭއައި116 ސެން ފްރެންސިސްކޯއިން ނައްޓާލަފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ 8:30 ހާއިރު އެވެ. އެ ބޯޓު ބެންގަލޫރްގައި ޖައްސާނެ ކަމަށް ބެެލެވެނީ މިރޭ 3:45 ހާއިރު އެވެ.

މި ފްލައިޓް މިހާރު ވަނީ ޕޯލާ ރީޖަނަަށް ވަދެފައެވެ. އަދި މި ދަތުރުގެ ރޫޓަކީ އެޓްލާންޓިކް ކަމަށް ބުނެފައި ވެއެވެ.

ސިވިލް އޭވިއޭޝަންގެ ޔުނިއަން މިނިސްޓަރ ހަރްދީޕް ސިންގ ޕޫރީ ވަނީ، އެ ފްލައިޓް ދަތުރުގައި ބައިވެރިވި ޕައިލެޓުންނަށް ތައުރީފްކޮށް ޓްވީޓް ކޮށްފައެވެ.

އއެއާ އިންޑިއާއިން ބުނީ، މިއީ ކޮމާޝިއަލް ފްލައިޓަކުން މިހާ ދިގު ދަތުރެއް ކުރާ ފުރަތަމަ ފަހަރު ކަމަށެވެ.

އަދި މި ފްލައިޓްގެ ދިގު މިން 17 ގަޑިއިރަށް ވުރެ ގިނަ އިރަށް ދެމިގެންދާނެ ކަމަށް ބެލެވެއެވެ. އެއީ ވައިގެ ބާރުމިނަށް އެއްްޗަށް ބަލާފައެވެ.

އެ ބޯޓުގައި ކްރޫންގެ ގޮތުގައި ތިބީ، ކެޕްޓަން ސޯޔާ އަގަރްވަލް އާއި ކެޕްޓަން ޕަޕަގަރީ ތަންމައި، އާއި ކެޕްޓަން އަކަންޝާ ސޮނަވަރެ، އާއި ކެޕްޓަން ސިވާނީ މަންހަސް އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލާދީނީ އަންނި

    ސާބަހޭ ، ނެޕީ ޖަހައިގެން ދެއްތޯ ހުރިހާ ބޭފުޅުންވެސް ތިއްބަވަނީ.

    9
    14
    • ތަޅު

      ލާދީނީ އަންނިގެ ނަމުގައި ފިއްލަވައިގެން ހުރެ ވިޔަސް ތިކުރައްވަނީ ވަރަށް ނާތަހުޒީބު ކޮމެންޓުތަކެއް.

      10
      3
  2. ޖަނާޒާ

    ތިޔަ ވެދާނެ އަންހެން ހެދުމުގައި ތިބި ފިރެހެނުންތަކަކަށްވެސް# ގެރިމޯދީ

    7
    12
  3. ހަމީދު

    މަރްހަބާ އިންޑިއާ

    4
    4
  4. ޒާ

    ކަނބަލުން ނަކީ ރޭގަނޑުވެސް ނުނިދާ ހޭލާ ދަރިން ނިންދެވުމުގައި އުޅޭ ބައެއް. އެހެންވެ އެކަހަލަ ކަންކަމަށް ހިއްވަރު ހުންނާނެ. ކެރޭނެ.

    7
    3