ކޮވިޑް-19 ވައިރަސް އަށް ބަދަލުތަކެއް އައިސް، އާވައްތަރަކަށް ބަދަލުވެފައިވާ ވައިރަސްއެއް ޖަޕާނުން ފެނިއްޖެ ކަމަށް އެގައުމުން ބުނެފިއެވެ.

ޖަޕާނުން ބުނީ އެގައުމުން ފެނުނު ކޮވިޑް-19 އާ ސްޓެއިން އަކީ މީގެ ކުރިން އިނގިރޭސިވިލާތާއި ދެކުނު އެފްރިކާ އިން ފެނުނު ސްޓެއިން އާއިވެސް ތަފާތު ސިފަތަކެއް ހުރި ސްޓެއިންއެއް ކަމަށެވެ. ނަމަވެސް ގިނަ ކަންކަން އިނގިރޭސިވިލާތާއި ދެކުނު އެފްރިކާ އިން ފެނުނު ސްޓެއިންތަކާއި ވައްތަރު ކަމަށް ވެސް ޖަޕާނުން ބުނެއެވެ.

މީގެ ކުރިން ފާހަގަ ކުރެވިފައި ނުވާ މި ސްޓެއިން ޖަޕާނުން ފެނުނީ މިމަހުގެ 02 ވަނަ ދުވަހު ޓޯޖިއޯގެ ހަނެޑާ އެއާޕޯޓަށް ބްރެޒިލުން އައި ހަތަރު މީހުންގެ ގައިންނެވެ. ގްރޫޕެއްގެ ގޮތުގައި ދަތުރު ކުރި އެމީހުންގެ ތެރޭގައި އަންހެނުންނާއި ފިރިހެނުން ހިމެނެއެވެ. އެއީ ފުރާވަރު އުމުރުން ފެށިގެން 40 ވަރަކަށް އަހަރާއި ދެމެދުގެ މީހުން ހިމެނޭ ގްރޫޕެކެވެ. އެމީހުން ކޮވިޑް-19 އަށް ޓެސްޓް ކުރީ ބަލީގެ އަލާމާތްތައް ފެނުމުންނެވެ. އެމީހުންގެ ގައިން ވަނީ ނޭވާލާން އުނދަގޫވުމާއި ހުން އައުމާއި ކަރުގައި ރިއްސުން ފަދަ ކަންކަން ފާހަގަ ކުރެވިފައެވެ.

ޖަޕާންގެ ހެލްތު މިނިސްޓްރީން ބުނީ އެގައުމުން ފާހަގަ ކުރެވުނު ކޮވިޑް-19 އާ ސްޓެއިންގެ މައުލޫމާތު މިހާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި ސްޓެއިން އާއި ގުޅޭ އިތުރު މައުލޫމާތު ދެމެގަތުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ވެސް ޖަޕާނުން ބުނެއެވެ.

ޖަޕާނުން ކޮވިޑް-19 ވައިރަސްގެ އާވައްތަރެއް ފެނުނުއިރު ޖަޕާންގެ ހާލަތު ވެސް މިހާރު އަންނަނީ ގޯސްވަމުންނެވެ. މިމަހުގެ 07 ވަނަ ދުވަހުން ފެށިގެން ޖަޕާނުން ކޮންމެ ދުވަހަކު ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު އުޅެނީ 6000 އާއި 7000 އާދެމެދުގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސސ

  ކޮވިޑް 19 ޔަކި އެކި ޤައުމު ތަކުގައި އެކި ކިލަކުލާގައި އެކި ސިފަސިފާގައި ހުންނަ ސިޔާސީ އެއްޗެއް ؟

  21
 2. ވަހުތާނު އަހުމަދު

  ކޮ ވިޑް 19 އުފައްދަ ވާފަމި ވަނީ އެގެއުމެއްގެމާހައުލަކާގުޅޭގޮތަށްކަމަށްމި ވަނީ.
  ވީމާ ވަރަށް ވިސްނަންޖެހޭ!!

 3. އެމަންޖެ

  މިދިވެހި ގައުމައް އެއްމެ ނުރައްކާ ބޮޑީ ރީނދޫކުލައިގެ ކޮވިޑް.

  18
  2
 4. ބަކުރު

  ދެން މިގައުމުންވެސް ފެންނާނެ ކޮވިޑުގެ އާވަށްތަރުތަށް މިވެރިކަން ނިމެންދެން އެވަށްތަރުތަށް ފެނި ލޮކުޑައުންތަށް އިތުރުވާނެ އޭރުންތާ މިވެރިކަން ދުވަސްކޮޅަކަށް ނަމަވެސް ދެމިއޮވެވޭނީ ..

  8
  1
 5. އަލި ދީދީ

  ގައުމެއް ދަވާލި ކޮވިޑް