އެމެރިކާގެ ރައީސް ކަމުން ޑޮނަލްޑް ޓްރަމްޕް ދުރުކޮށް ނައިބު ރައީސް މައިކް ޕެންޗް ރައީސް ކަމުގެ މަގާމާއި ހަވާލުވުމުގެ ޤަރާރު ފާސްކުރަން ހައުސްގައި އަންނަ ބުދަ ދުވަހު ވޯޓް ނަގާނެ ކަމަށް ޑިމޮކްރަޓިކް ޕާޓީގެ މެންބަރުން ބުނެފިއެވެ.

ހައުސްގެ މެޖޯރިޓީ ލީޑަރު ސްޓެނީ ހޮޔާ ވިދާޅުވީ އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހަށް ޓްރަމްޕްގެ ސަޕޯޓަރުން ވަދެގަތް މައްސަލައިގައި ޓްރަމްޕް މަގާމުން ދުރުކުރުމުގެ މައްސަލައިގައި ބުދަ ދުވަހު ވޯޓް އެހުމަށް ތާވަލް ކުރާނެ ކަމަށެވެ.

"ސީއެންއެން" އިން ބުނާ ގޮތުގައި ޓްރަމްޕް އެމެރިކާގެ ރައީސް ކަމުގެ ހުވައާއި ހިލާފު ވެފައިވާ ކަމަށް ބުނެ ޑިމޮކްރަޓިކް ޕާޓީގެ މެންބަރުން މިއަދު ވަނީ ހައުސްއަށް ޤަރާރު ހުށަހަޅާފައެވެ.

މިމަހުގެ 20 ވަނަ ދުވަހު މަގާމުން ވަކިވާ ޓްރަމްޕް އިންޕީޗް ކުރުމުގެ މަސައްކަތް ޑިމޮކްރަޓިކުން ފެށި ނަމަވެސް އަދި ބުދަ ދުވަހު ޓްރަމްޕް މަގާމުން ދުރުކޮށް ނައިބު ރައީސް ޕެންޗް ރައީސް ކަމާއި ހަވާލުވާން ފާސްކުރި ނަމަވެސް ޓްރަމްޕް މަގާމުން ދުރުވެ ޕެންޗް މަގާމާއި ހަވާލުވުން އެއީ ވެދާނެ ކަމެއް ކަމަކަށް ތަޖުރިބާކާރުން ލަފައެއް ނުކުރެއެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ހައުސް އިން ޓްރަމްޕް މަގާމުން ދުރުކުރަން ނުވަތަ އިމްޕީޗް ކުރަން ފާސްކުރުމުން މިހާރު ޑިމޮކްރަޓިކުންނަށް ހަމައެކަނި ލިބެން އޮތް ހިތްހަމަޖެހުމަކީ ދެފަހަރަށް އިމްޕީޗް ކުރި ފުރަތަމަ ރައީސްގެ ގޮތުގައި ޓްރަމްޕްގެ ނަން ތާރީޚްގައި ލިޔެވިގެން ދިއުމެވެ.

ހައުސް އިން ޓްރަމްޕް އިމްޕީޗް ކުރި ނަމަވެސް ޓްރަމްޕް މަގާމުން ދުރުކުރެވޭނީ ސެނެޓްގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ވޯޓް ލިބިގެންނެވެ. ކުރިއަށް އޮތް ކުރު މުއްދަތުގައި ސެނެޓުން ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ވަގުތެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ރަނގަޅުވާހަކަ

    ބަރާބަރު...ތިކަންކުރަން މާ ލަސްވެއްޖެ...ތި މޮޔަ ގެރި ކަލޭގެއަކީ ފައްކާ ގަމާރެއް...އަސްކަރީ އެއްވެސް ކަމެއް އެނގޭ ބުރާންޗެއްނޫން...ތީނަގެ ބޯގަޅިކަން
    ހާމަވާއެއްކަމަކީ އީރާނައް ހަމަލާދޭން އުޅުން...ތިީނަޔަކަށް
    ނޭނގެ ހަމާލާދިނުމުން ދެންވާނީކިހިނެތްކަމެއް؟؟

    18
    • ޑގގ

      ހަމަލާ ދިންތަ؟ ކަލޭ ބޯ ކޮބާ؟ ޓްރަމްޕަކީ ހަނގުރާމަ އެއް ނުކޮށް މުސްލިމުން ނުމަރަައި ވެރިކަމުން ފޭބި ފުރަަތަމަ ރައީސް އެމެރިކާ މިދިޔަ 30 އަަހަރުގެ ތާރީހުގަ.

      • ޏނna

        ބުޜާންޗާ ނިމިދިޔަ އަހަޜުގަ އިޜާޤްގައި މަޜާލި އަސްކަޜީ ލީޑަޜު މަޜާލީ ކޮން ގައުމަކުން ދިން ހަމަލައެއްގައިތޯ.

  2. Anonymous

    ހެޔޮނުވާނެ ތިހެން ނަހަދާ. އަނެއްކާ ބަޣާވާތޭ ގޮވާ މުޅި ގައުމުގަ ހުޅުޖަހާފާނެ.

    14
    1
  3. ކޭލް

    76 މިލިޔަން ސަޕޯޓަރުން އެބަތިބިކަން ދަންނަންވާނޭ ! ޔޫ މަސްޓް ނޯވް ދެޓް އައިހޭވް 76 މިލިޔަން ސަޕޯޓަރސް ވިތްމީ.

    1
    3
  4. މުބީނު މާރނީ

    ޓަރަންޕު ގެ ނާއިބު ރައީސް ޓްރަންޕު އަށް ބޭވަފާތެރިވީ. ނާއިބު ރައީސް އަކީ ބޭނުން މަޤާމެއް ނޫން މިއީ އުވާލަން ޖެހޭ މަޤާމެއް.

    4
    7