ވާލުގެ ކުޅުން ޖެހޭ މަދުން ނޫނީ ނުފެންނަ ބައްޔެއްގެ ސަބަބުން ފްރާންސް މީހަކު މަރުވެއްޖެ އެވެ. އެ މީހާއަކީ އެކަނި ކޮޓަރިއެއްގައި ދިރިއުޅެމުން އަންނަ މީހެކެވެ.

އެ މީހާއަކީ އުމުރުން 60 އަހަރުގެ މީހެކެވެ. އޭނާ ދިރިއުޅެމުން ގޮސްފައި ވަނީ ލިމޯގެސް ގައެވެ. ފްރާންސްގެ ނޭޝަނަލް ރެބީސް ރިފަރެންސް ސެންޓަރުން ވަނީ މި ކޭސް ކަށަވަރުކޮށްދެއްދީފައެވެ. މިއީ ފްރާންސް އިން މިފަދަ ބައްޔެއްގައި މީހަކު މަރުވި ފުރަތަމަ ފަހަރެވެ.

އެ މިހާއަކީ 2019 ވަނަ އަހަރު އޮގަަސްޓް މަސް ތެރޭގައި ލިމޯގެސް ޔުނިވާސިޓީ ހޮސްޕިޓަލަށް ދައްކަން ދިޔަ މީހެކެވެ. ޑޮކްޓަރުން މިހާރު ބުނަނީ، އޭނާގެ ގޭގައި ހާ ހަދައިގެން އުޅޭ ވާލު އޭނާގެ ގައިގައި ދަތް އަޅާފައިވާކަމަށް ބެލެވޭ ކަމަށެވެ.

އޭނާ މަރުވެފައި ވަނީ ހޮސްޕިޓަލްގައެވެ. އެއިރު ޑޮކްޓަރުން ބުނެފައި ވަނީ، އޭނާ މަރުވެފައި ވަނީ އެންސެފެލިޓިސްގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް މެޑިކަލް އެކްސްޕާާޓުން ބުނަނީ އެކަން ވީ ކޮން އެއްޗެއްގެ ސަބަބުން ނޭނގޭ ކަމަށެވެ.

އެހެންވެ އޭގެ ސާމްޕަލް ނަގާ ވަނީ ޕަރިސިރަން ނެކާ ހޮސްޕިޓަލަށް ފޮނުވާފައެވެ. މިއީ ފާއިތުވެދިޔަ 35 އަހަރު ތެރޭގައި މިފަދަ ބައްޔެއް ރެކޯޑް ކުރެވުނު ފުރަތަމަ ފަހަރެވެ.

މީގެ ކުރިން 1985 ވަނަ އަހަރު ތެރޭގައި ރަޝިއާގައި މީހަކު މަރުވެފައި ވެއެވެ. އަދި ވާލުގެ ޒަރިއްޔާއިން ފިންލޭންޑުންވެސް 1985 ވަނަ އަހަރުގެ ތެރޭގައު ދެ މީހަކު މަރުވެފައި ވެއެވެ.