އެމެރިކާގެ ޤާނޫނު އަސާސީ އިން ލިބިދީފައިވާ ހާއްސަ ބާރާއި އިހްތިޔާރުގެ ބޭނުން ހިފައި، ކެބިނެޓްގައި ވޯޓެއް ނަގައިގެން ރައީސްކަމުން ޑޮނަލްޑް ޓްރަމްޕް ދުރުކުރުމަށްފަހު ރައީސްކަމުގެ ބާރުތައް ބޭނުން ކުރަން ބޭނުން ނުވާކަމަށް ނައިބު ރައީސް މައިކް ޕެންޗް ބުނެފިއެވެ.
ޕެންޗް މިހެން ބުނީ އެމެރިކާ ޤާނޫނު އަސާސީ އިން ނައިބު ރައީސް ވެރިކަމަށް އަންނަން ޑިމޮކްރަޓިކް ޕާޓީން ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ. އަދި ނައިބު ރައީސް މަގާމާއި ހަވާލުވުމަށް ގޮވާލައި ގަރާރެއް ވެސް މިހާރު ޑިމޮކްރަޓިކުން ވަނީ ހައުސްއަށް ހުށަހަޅާފައެވެ. އަންނަ ހަފްތާގައި އެގަރާރު ފާސްކުރާނެ ކަމަށް ބެލެވެއެވެ.
ޕެންޗް ނެރުނު ބަޔާނެއްގައި ބުނީ ޓްރަމްޕްގެ ރިޔާސީ ދައުރުގައި އެންމެ އަށް ދުވަސް ބާކީ އޮއްވާ ޑިމޮކްރަޓިކް ޕާޓީގެ މެންބަރުން މިހާރު ކެބިނެޓަށް ކުރަމުން ގެންދާ ޑިމާންޑްތަކަކީ އެމެރިކާ އަށް އެންމެ ފައިދާހުރި ޑިމާންޑްތަކެއް ނޫން ކަމަށާއި އެމެރިކާގެ ޤާނޫނު އަސާސީގެ ރޫހަކީ ވެސް ޑިމޮކްރަޓިކް ޕާޓީން އެބުނާގޮތައް ވެރިކަން ބަދަލު ކުރުން ނޫން ކަމަށެވެ.
"ހައުސްގެ ޑިމޮކްރަޓިކް މެންބަރުން ކުޅިވަރު ކުޅުމުގެ ބަދަލުގައި ގައުމަށް އެންމެ ފައިދާހުރި މަސައްކަތްތައް ކުރަން އިސްކަން ދޭން އެބަޖެހޭ." ޕެންޗްގެ ބަޔާނުގައި ބުނެފައި ވެއެވެ.
ޕެންޗް ބުނީ ދެން ވެރިކަމާއި ހަވާލުވާ ސަރުކާރަށް އެންމެ ރަނގަޅަށް ކަންކަން ފަހި ކުރުމަށް ކުރަން ޖެހޭ ކަންކަން އެމެރިކާގެ ސަރުކާރުން ދަނީ ކުރަމުންނެވެ. އެހެންކަމުން އެކަމަށް އެއްބާރުލުން ދިނުމަށް އޭނާ ވަނީ ޑިމޮކްރަޓިކުންނަށް ވެސް ގޮވާލާފައެވެ.
ޑިމޮކްރަޓިކް މެންބަރުން ގެންދަނީ ޓްރަމްޕް އިމްޕީޗްކޮށް ދުވަހަކު ވެސް ދެން އެމެރިކާ ސަރުކާރުގެ މަގާމެއް އަދާނުކުރެވޭނެ ނިންމުމެއް ނިންމަން މަސައްކަތް ކުރަމުންނެވެ.
އަބްދޯ ޝާހިދު ހުރިނަމަ މިހާރު ހުންނާނީ ކޯޓް ލައިގެން ހަވާލުވާންދާން ތައްޔާރު ވެގެން.. އާޒިމް ހުންނާނެ 5 ވަރަކަށް ފުޅި ހޯދާފައި ޕާޓީ ކުރުމަށް. ޝޭމް
ބާޢީ ވަހީދަށް ފެނޭތަ ޤައުމުތަކުގެ ލީޑަރުންގެ އިޚްލާސްތެރިކަން ހުރިވަރު ޤާއުމާއި ދޭތެރޭ؟؟ ވެރިކަން ކޮއްލި މީހެއްގެ ލަގަބު ހޯދުމުގެ މަދަލުގައި އެއިޚްތިޔާރު ކުރަނީ ޤައުމުގެ ކުރިމަގާއި ހަމަޖެހުމާއި މަސްލަހަތު. އަމިއްލަ އެދުން އެއްފަރާތްކޮށް އިޚްލާސްތެރިކަން.
ޥަހީދު ރަނގަޅެކޭ ނޫން މިނުނަނީ....އިހްލާސްތެރިކަމުގެ ސްޕެލިންވެސް ނުދަންނަ ބަޔަކަށް އެ ސިފަ ރައްދުކުރެވޭނެ ހަމަ އެއް ނޯވޭ...
ބާޤީ ވަހީދައްދީ ! އޭނާއަކީ އެމެރިކާ ރައްޔަތެއް. އެހެންނޫނަސް ރައީސްކަން ވިއްޔާ އޭނާ ކުރާނެ އެއްމެ 1 ގަޑިއިރަށް ނަމަވެސް.
ކޮން ކޯނީ ރިޕޯޓެއްތަ ދޯ؟ ރީނދޫ ބޮޓްސް އިން ޓައުން!
ޕެންޗް ތަ ...ނުުޫނީ..ޕެންސް ތަ
އަހަރެންނަށް ހުށަހެޅިނަމަ ވަގުތުން ހަވާލު ވީސް
(1) އެމެރިކާ ގައި މިފަދަ ޙާލަތް ތަކުގައި ވެސް ނާއިބު ރައީސް އަށް ވެވޭނީ، "އެކްޓިންގް ޕްރެސިޑެންޑް" ކަމުގައި. ދިވެހި ބަހުން ބުނާ ނަމަ، "ރައީސް ގެ ބަދަލުގައި". (2) ރާއްޖޭ ގައި ވެސް މިގޮތަށް ހެދުން ރަނގަޅު ކަމަށް ފެނޭ. ރައީސް އެއްގެ ފުރިހަމަ ބާރު އޮތަސް، ވޯޓެއް ނެގެންދެން ހުންނާނީ، "ރައީސް ގެ ބަދަލު ގައި" ކަމުގައި. (3) ސީދާ ރައީސް އަކަށް ނާއިބު ރައީސް ބަދަލު ވާގޮތަށް އޮތީމާ ދަހިވެތިކަން އުފެދި، ރައީސް ގެ ބޮލަށް ފައިންއަރާ ގަންބާލާފައި ތިމާމީހާ ރައީސް ކަމަށް އަންނަނީ. (4) އެއްވެސް ކަމެއް ނުކޮށް، "ހިހޫތަނުން ކާލައިގެން" ރައީސް ގެ މަޤާމު ނާއިބު ރައީސް އަށް ރާއްޖޭގައި ލިބޭގޮތް ޤާނޫނަކުން އުވާލަން ނޫންނަމަ ޤާނޫނު އިސްލާޙް ކުރަން އެބަ ޖެހޭ.
ޑޮކްޓަރ ރާމީ ތިޔަ ވިދާޅުވީ ވަރަށް ރަނގަޅު ވާހަކަ އެއް.
ވަޙީދު އަކީ، "އެކްޓިންގް ޕްރެސިޑެންޑް" ("ރައީސް ގެ ބަދަލުގައި") ކަން ކުރި މީހެއް ގޮތަށް ޤާނޫނު ބަދަލު ކުރުމުގެ ޙައްޤު އަދިވެސް މަޖްލިސް އަށް ލިބިގެންވޭ. އަސްލީ ރައީސް އަކަށް ނުވާތީ.
ނަގުލީ ދޯ.
ހަމައެއްޗެއްބުނެލީދޯ ބަލަގައެބުނަނީ އެންމެ އައްދުވަހޭ ދެންކާކުތަ އެހާކުޑަދުވަސްކޮޅަކައްހަވާލުވާނީ ތިޔެއްއެނގުނީސް އަނހަރެއްވަރު އޮތްނަމަ ހަވާލުވީސް އެހެންނޫނަސް ގާނޫނީ ޒިންމާއަދާނުކުރެވޭވަރުގެމީހުން ރައީސްކަމަށާއި ނާއިބުރައީސްކަމައް އަންނާކައްނުވާނެ އެގޮތުން ރައީސްވަހީދުއަދާކުރެއްވީ ގާނޫނުއަސާސީން އެމަނިކުފާނައް މަތިކޮއްފަވާ ޒިންމާއެއް އެވެސް ނުވާނޭކިޔާފަ މީހަކު ދޫކޮއްލީމާ