އިނގިރޭސިވިލާތުން ކޮވިޑް-19 ވައިރަސްގެ ތިންވަނަ ސްޓެއިންއެއް ފެނިއްޖެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ރަސްމީގެކޮޅު ކަމަށްވާ "ނަމްބަރ-10" ގައި ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޖޯންސަން ވިދާޅުވީ "ބްރެޒިލް ވޭރިއަންޓް" އިނގިރޭސިވިލާތުން ވެސް މިހާރު ފެނިފައިވާ ކަމަށެވެ.

ބްރެޒިލުން ދަތުރުކުރާ މީހުންގެ ގައިން އާވައްތަރެއްގެ ކޮވިޑް-19 އެއް ފެނިފައިވާކަން ފުރަތަމަ އިއުލާން ކުރީ ޖަޕާނުންނެވެ. ޖަޕާނަށް މީގެ ދެދުވަސް ކުރިން ބުނެފައި ވަނީ އެގައުމަށް ބްރެޒިލުން އައި ބައެއްގެ ކިބައިން އާވައްތަރެއްގެ ކޮވިޑް-19 އެއް ފެނިފައިވާ ކަމަށެވެ.

ޖޯންސަން ވިދާޅުވީ ބްރެޒިލުން އިނގިރޭސިވިލާތައް އައި ބައެއްގެ ގައިން އާވައްތަރުގެ ވައިރަސް ފެނިފައިވާ ކަމަށާއި އެހެންކަމުން އެވައްތަރުގެ ވައިރަސް އިނގިރޭސިވިލާތުގައި ފެތުރުން ހުއްޓުވަން ފިޔަވަޅުތައް އަޅާނެ ކަމަށެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ރައްޔިތުން ބްރެޒިލުން އިނގިރޭސިވިލާތައް ދަތުރުކުރަން އަދި އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް ޖޯންސަން ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ބަދަލުތައް އައިސްފައި ވީނަމަވެސް އަދި އެކަމުގެ ސަބަބުން ބަލީގެ ނުރައްކާ އިތުރުވި ކަމަކަށް ސައިންސްވެރިން ނުބުނެއެވެ. ނަމަވެސް މިހާރު ފެނިގެން އުޅޭ ކޮވިޑް-19 ވައިރަސްގެ މިއުޓޭޓް ވައްތަރުތައް މާއަވަހަށް ފެތުރޭ ކަމަށް ސައިންސްވެރިން ބުނެއެވެ. އާވައިރަސް އޭގެ ޒާތުގައި ނުރައްކާ ނުވިނަމަވެސް ގިނަ ބަޔަކަށް ފަސޭހައިން ބަލި ޖެހޭނަމަ އެއީ ނުރައްކަލެއް ކަމަށް ސިއްހީ ދާއިރާގެ އޮފިޝަލުން ވިދާޅުވެއެވެ. އެއީ ގިނަ ބަޔަކަށް ބަލި ޖެހޭނަމަ ގިނަ ބަޔަކު އެޑްމިޓް ކުރަން ޖެހި ހޮސްޕިޓަލްތައް ފުރިގެން ފަރުވާ ދިނުމަށް ދަތިތައް ކުރިމަތިވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ރިހާކުރުކުޑޭ

  ބެލެވޭގޮތުގަ ކޮވިޑުގެ ފުރަތަމަވައްތަރުވެސް އު ފެދިގެންތިއައީ އިނގިރޭސިވިލާތުންކަމަށް ބެލެވެނީ ؟

 2. އަޙްމަދް

  ތިއުޅެނީ ކޮވިޑް އާއިލާއެއްތޯ އެވެ.

 3. ވ ސަާލާމްތޯއްޗެއް

  ބްރްޓިޝް ކޮވިޑް 123

 4. އަްހްމާދި

  ބްރްޓިޝް ކޮވިޑް 123