އެމެރިކާގެ ރައީސް ކަމުގެ މަގާމުން ޑޮނަލްޑް ޓްރަމްޕް ދުރުކުރަން އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ ނުވަތަ ހައުސް އިން އަނެއްކާވެސް ފާސްކޮށްފިއެވެ. ޓްރަމްޕް މަގާމުން ދުރުކުރަން ނުވަތަ އިމްޕީޗް ކުރަން ހައުސް އިން މިފަހަރު ފާސްކުރުމާއި އެކު ޓްރަމްޕް ވެގެން މިދިޔައީ އެމެރިކާގެ ތާރީޚްގައި ވެސް ދެވަނަ ފަހަރަށް ހައުސް އިން އިމްޕީޗް ކުރި ފުރަތަމަ ރައީސްއަށެވެ.

ޓްރަމްޕް މަގާމުން ދުރުކުރަން ހައުސް އިން ފާސްކުރި ނަމަވެސް އެމެރިކާގެ ޤާނޫނު އަސާސީ އޮންނަ ގޮތުން ރައީސް މަގާމުން ދުރުކުރުގައި ހައުސް އަށް އޮންނަނީ "ރަމްޒީ ދައުރެކެވެ." ހައުސްގެ ނިންމުމަށް އަމަލީ ސިފައެއް އަންނާނީ އެމައްސަލަ ސެނެޓަށް ހުށަހަޅައި ސެނެޓުން މައްސަލަ ތަޙްޤީޤު ކުރުމަށް ފަހު ޓްރަމްޕް މަގާމުން ދުރުކުރަން ސެނެޓްގެ ތިން ބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސް ކުރުމުންނެވެ.

ކެޕިޓަލް ބިލްޑިންގަށް ޓްރަމްޕްގެ ސަޕޯޓަރުން ވަދެ ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ހައުސްއަށް ޑިމޮކްރަޓިކް މެންބަރުން ހުށަހެޅި މައްސަލައިގައި ޓްރަމްޕް މަގާމުން ދުރުކުރަން ފާސްވީ ވޯޓްގައި ބައިވެރިވި މެންބަރުންގެ ތެރެއިން 232 މެންބަރުންގެ ވޯޓުންނެވެ. 197 މެންބަރަކު ވަނީ ޓްރަމްޕް މަގާމުން ދުރުކުރަން ނުފެންނަ ކަމަށް ވޯޓް ދެއްވާފައެވެ. ޓްރަމްޕް މަގާމުން ދުރުކުރަން ރިޕަބްލިކަން ޕާޓީގެ 10 މެންބަރަކު ވޯޓް ދެއްވިއެވެ.

ޓްރަމްޕް މަގާމުން ދުރުކުރަމަށް އެންމެ ބޮޑަށް ގޮވާލަމުން ގެންދަވާ ހައުސްގެ ރައީސް ނެންސީ ޕެލޯސީ ވިދާޅުވީ ހައުސްގެ ނިންމުމުގެ ސަބަބުން އެނގިގެން މިދިޔައީ އެއްވެސް މީހަކަށް ޤާނޫނަށްވުރެ މަތީގައި ނުހުރެވޭނެ ކަމެވެ. "ވަރަށް ސާފުކޮށް އެބައެނގޭ ޑޮނަލްޑް ޓްރަމްޕް އަކީ މިގައުމަށް ހުރި ބޮޑު ނުރައްކަލެއްކަން." ނެންސީ ވިދާޅުވިއެވެ.

ހައުސްގެ ނިންމުން ސެނެޓަށް ހުށަހަޅާއިރު ޓްރަމްޕް ރައީސް ކަމުގައި ދެމިހުންނަން ބާކީ އޮތީ އެންމެ ހަދުވަހެވެ. ޑިމޮކްރަޓިކް ޕާޓީ އިން ބުނާ ގޮތުގައި ޓްރަމްޕް ރައީސް ކަމުން ވަކިވި ނަމަވެސް ބައިޑެންގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ޕްލޭންތައް ސެނެޓުން ފާސްކުރުމަށް ފަހު ޓްރަމްޕްގެ މައްސަލަ ސެނެޓްގައި ކުރިއަށް ގެންދާނެއެވެ. ނަމަވެސް ރައީސް މަގާމުން ދުރުކުރުމަށް ފަހު އެރައީސްއެއްގެ މައްސަލަ ސެނެޓްގައި ކުރިއަށް ގެންދެވިދާނެތޯ އެމެރިކާގެ ޤާނޫނީ މާހިރުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޒުންނޫރާޒު

  ވަހީދުގެ ދަހިވެތިކަން އެހެންކަމެއްނޫން ހަމަ އިދިކޮޅުންނާ ބައިވެރިވެގެން އޭުރު ވަހީދު ކުރީ ބަޣާވާތެއް.

  5
  8
  • Anonymous

   ހަމަ ޔަގީން؟ ދެން ހުޅުޖެހި ކުދިންކޮޅުވެސް ގައުމީ މަސައްކަތެއް ދޯ ކުރީ

  • Anonymous

   ބަގާވާތެއް އެކޮޅުކޮޅުންއޮއްވަ ފެނުނިއްޔާ އެނގޭނެތަ ރީނދޫ ހުންގަދައަށް ހުއްޓަ؟

  • އައްޑޫ މީހާ

   އޑޕއަށް ވެރިކަން ނުކުރެވިގެން އަމިއްލައަށް ބަޢާވާތް އުފައްދައިގެން ކުރި ވިޔާނުދާ ކަމެއް ގަބޫލުކޮށްބަލަ

 2. ޑރ. ރާމީ ހަސަން މަނިކު (އެންޑޯކްރައިނޮލޮޖިސްޓް/ނިއުޔޯކް-ސެއިންޓްމޭރީހޮސްޕިޓަލް/އެމެރިކާ)

  (1) މި ޤަރާރު އަދި ސެނެޓް އިން ފާސް ކުރަން ޖެހޭ. ސެނެޓް ގެ އިމާރޖަންސީ ޖަލްސާ އެއް ބޭއްވުމަށް މެޖޯރިޓީ ލީޑަރ އެއްބަހެއް ނުވި (2) ދެން އޮތީ ވަރަށް ކުޑަ ދުވަސް ކޮޅެއް ކަމުން އިތުރަށް ކަމެއް ކުރެވޭނީ ބައިޑަން ހުވާ ކުރާފަހުން. (3) ސެނެޓް އިން ފާސް ކުރުމަށް ޓްރަންޕް ގެ ޕާޓީ ގެ 17 މެންބަރުން ގެ ވޯޓު ބޭނުންވޭ. ނަމަވެސް 17 މެންބަރުން ވޯޓުލާފާނެ ކަމާއިމެދު ސިޔާސީ މާހިރުން ޝައްކު ކުރޭ (4) ސެނެޓް އިން ފާސްވެއްޖެ ނަމަ، ޓްރަންޕް އަށް ލިބޭނޭ ގެއްލުން ތަކުގެ ތެރޭގައި ދެން ދުވަހަކުވެސް ރައީސް ކަމަށް ކުރިމަތިނުލެވުން ހިމެނޭ. (5) އެމެރިކާ ގެ ރައްޔިތުންގެ މަޖްލިސް އަކީ ދެ ބަޔަކަށް އެކުލެވިގެންވާ އެއްޗެއް. ސެނެޓް އަކީ މިނިސްޓަރުން ޖަވާބުދާރީ ކުރުވުމާއި މިނިސްޓަރުން ހޮވުމަށް ވޯޓުދޭ ބައި. ހައުސް އޮފް ރެޕްރެސެންޓެޓިވްސް އަކީ ޤާނޫނު ތައް ހަދާ ބައި. (6) މަޤާމުގައި ޓްރަންޕް ހުއްޓާ މަޤާމުން ވަކި ނުކުރެވުނީ މެޖޯރިޓީ ލީޑަރ، ސެނެޓް ގެ އިމަރޖެންސީ ޖަލްސާ އެއް ބާއްވަން އެއްބަސް ނުވީމާ. (7) ޓްރަންޕް މަޤާމުގައި ހުއްޓާ މަޤާމުން ދުރުކުރެވުނު ނަމަ، ނާއިބު ރައީސް ވެގެންދާނީ، "އެކްޓިންގް ޕްރެސިޑެންޓް" ނުވަތަ "ރައީސް ގެ ބަދަލުގައި" ކަމުގައި.

  8
  1
  • ޑރ. ރާމީ

   މި ދެ ބައި އެކުވީމާ ކިޔަނީ، ކޮންގްރެސް.

   3
   1
 3. ގުތު

  ދެއިރަކު އިރަކު އެއްގުޅަ