ސައުދީ އަރަބިއްޔާގެ ވަލީއަހްދެއް ކަމަށްވާ ޚާލިދު ބިން އަބްދުﷲ އަލް ސައުދު އަވަހާރަވެއްޖެއެވެ.

ސައުދީ އަރަބިއްޔާގެ ރޯޔަލް ކޯޓުން ނެރުނު ބަޔާނެއްގައި ވަނީ ވަލީއަހްދު ޚާލިދު އަވަހާރަވިކަން ކަށަވަރު ކޮށްދެއްވާފައެވެ. ރޯޔަލް ކޯޓުން ވިދާޅުވީ ވަލީއަހްދު ޚާލިދުގެ ޖަނާޒާ މިއަދު ކުރިއަށް ގެންދާނެ ކަމަށެވެ.

ޚާލިދަކީ މަޝްހޫރު ޖުއްދާމޮންޓް ފާމް އުފެއްދި އެކުންފުނީގެ ވެރިޔާއެވެ. އެއީ ދުނިޔޭގެ އެންމެ އަގުބޮޑު އަސް ރޭސްތައް ބާއްވާ ކުންފުންޏެވެ. ޚާލިދު އެކުންފުނި އުފެއްދެވީ 1980 ވަނަ އަހަރު އެވެ.

ޚާލިދު އަވަހާރަވިއިރު އުމުރުފަޅަކީ 85 އަހަރެވެ.

ޚާލިދަކީ ސައުދީ އަރަބިއްޔާގެ ކުރީގެ ރަސްގެފާން އަބްދުﷲ ބިން އަބްދުލްއަޒީޒް އަލް ސައުދުގެ ދެވަނަ އަށް އެންމެ ދޮށީ ދަރިކަލުންނެވެ.

މަތީ ތައުލީމް ހާސިލް ކުރެއްވުމަށް ފަހު ޚާލިދު އެންމެ ފުރަތަމަ ގުޅިވަޑައިގެންނެވީ ސައުދީ އަރަބިއްޔާގެ އަސްކަރިއްޔާ އާއިއެވެ. 1974 ވަނަ އަހަރުން ފެށިގެން 1976 ވަނަ އަހަރަށް އޭނާ ވަނީ ނޭޝަނަލް ގާޑްގައި މަސައްކަތް ކުރައްވާފައެވެ. 1979 ވަނަ އަހަރު ކައުބަތުﷲ ގެފުޅުގެ ސަލާމަތީ ކަންތައްތައް ބަލަހައްޓާ ފައުޖުގެ ޑެޕިއުޓީ ކޮމާންޑަރަކަށް އޭނާ އައްޔަން ކުރެއްވިއެވެ. އެމަގާމުގައި 1992 ވަނަ އަހަރާއި ހަމައަށް އޭނާ ދެމިހުންނެވިއެވެ.

އަސް ދުވުމުގެ ރޭސްތައް އިންތިޒާމް ކުރެއްވުމުގެ އިތުރުން ޚާލިދަކީ ފުޓްބޯޅަ އަށް ވެސް ވަރަށް ބޮޑު ޝައުގުވެރިކަމެއް ބެހެއްޓެވި ބޭފުޅެކެވެ. އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފުޓްބޯޅަ ޓީމެއްގެ ރައީސްކަން ވެސް ކުރައްވާފައެވެ.

ޚާލިދު ވަރަށް ގިނަ ތަފާތު ދާއިރާތަކުގައި އިންވެސްޓް ކުރައްވާ، ފުޅާދާއިރާއެއްގައި ވިޔަފާރި ކުރައްވާފައިވެއެވެ.

ޚާލިދު ކައިވެނި ބައްލަވައިގެންނެވީ ނޫރާ ބިންތު އަބްދުﷲ ބިން މުހައްމަދު އަލް ސައުދު އާއިއެވެ. ދެކަނބަލުންނަށް ފަސް ބޭފުޅުން ލިބިވަޑައިގެންފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފައްސި2

    ވަލީއަހްދު ނޫންބަޔަކު ތިތާ އުޅޭތަ

    6
    4
  2. ބަސްފޮތް

    ވަލީއަޙުދު: ނ. 1 ރަސްކަންވާރުތަވާ އިސްމީހާ. 2 ތަޚުތުގެ ވާރިޘު.