މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ޖެހިގެން މެކްސިކޯއިން 999 މީހަކު މަރުވެއްޖެ އެވެ.

ފަހަކަށް އައިސް ކޮވިޑް-19 ޖެހިގެން އެންމެ ގިނަބަޔަކު މަރުވަމުންދާ މެކްސިކޯގައި އެ ބަލި ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އެ ގައުމުގައި ކޮވިޑް-19 ޖެހިގެން މިހާތަނަށް 137,916 މީހަކު ވަނީ މަރުވެފައެވެ.

ފާއިތުވި ދެ ހަފްތާ ތެރޭގައި އެ ގައުމުގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދުތައް އުޅެނީ ވަރަށް މަތީގައެވެ. އެގޮތުން މީގެ ދެ ދުވަސް ކުރިން އެ ގައުމުން ވަނީ އެއް ދުވަސް ތެރޭގައި ކޮވިޑް-19 ބަލީގައި މަރުވި މީހުންގެ އާ ރެކޯޑްވެސް ހަދާފައެވެ. އެ ދުވަހުގެ 1300 އަށްވުރެ ގިނަ މީހުން އެ ގައުމުގައި ކޮވިޑް-19 ބަލިގައި މަރުވެފައި ވެއެވެ.

އެ ގައުމުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައްވެސް ދަށެއް ނުވެއެވެ. އެގޮތުން އެ ގައުމުގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި 16,468 މީހަކު ވަނީ ކޮވިޑް-19އަށް ފައްސިވެފައެވެ.

މިއާއެކު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދުތައް 1,588,369 އަށް އަރާފައެވެ.

މެކްސިކޯއަކީ 13 ވަނަ އަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވި ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފެކްޓް

    ރާއްޖެއިން ދުވާލެއްގެ މައްޗަށް 5، 6 މީހުން މަރުނުވޭތޯ!. އާބަދީއަކީ ގާތްގަނޑަކަށް 3 ލައްކަ (300،000)
    މެކްސިކޯގެ އާބާދީ އަކީ 126 މިލިއަން (126،000،000)
    ދުވާލަކަށް 900 މަރު ،މިއީ އާބަދީއާ ބަލާ ގިނަ ޢަދަދެއްތޯ. މިނޫން އެހެން ދުވަސްތަކުގައިއެވްރެކޮށް ދުވާލަކަށް މަރުވާ އަދަދު ބަލާލަން ނުވޭތޯ!
    ހަޤީގަތަކީ ގިނަ މަރުތަކަކީ ކެންސަރު ބަލި، ކިޑްނީ ، ލިވާ ، ހިތުގެ ބަލި ފަދަ ދާއިމީ ބަލިތަކުގެ މީހުން.

  2. ފެކްޓް

    ރާއްޖޭގެ އާބަދީގެ ނިސްބަތަށްބަލާ މަދުވާލަކަށް އެވްރެޖްކޮށް މަރުވާ ރޭތާ މެކްސިކޯގެ ރޭޓާ އަޅާ ބަލޢިރު މެކްސިކޯއިން ދުވާލެއްގެ މައްޝަށް 2100 މީހުން މަރުވުން ވެސް މަރުވޭދާނެ.
    ހަޤީގަތަކީ ގިނަ މަރުތަކަކީ ކެންސަރު ބަލި، ކިޑްނީ ، ލިވާ ، ހިތުގެ ބަލި ފަދަ ދާއިމީ ބަލިތަކުގެ މީހުން.