ޔަމެންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން އެ ގައުމުގެ އެތައް ބައެއް މިވަނީ ހާލުގައި ޖެހިފައެވެ. ކާނެ އެއްޗެއް ނުލިބި ބަނޑަށް ޖެހިފައެވެ. މިކަމުގެ ސަބަބުން ކުނިވެފައިވާ ތަކެތި ކެއުމަށް ވެސް މިވަނީ މަޖުބޫރު ވެފައެވެ.

2015 އިންފެށިގެން ކުރިއަށްދާ މި ހަނގުރާއަކީ ހޫތީ ހަނގުރާމަވެރިންނާއި ރައީސް އަބްދަރުބުގެ ވަފާތެރި ސިފައިންނާ ދެމެދު ކުރެވެމުން ދާ ހަނގުރާމައެކެވެ. މި ހަނގުރާމައިގެ ސަބަބުން 10،000 މީހުންނަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު މީގެ ތެރޭގައި 4000 އާންމުން ހިމެނެއެވެ. މި ހަނގުރާމައިގެ ސަބަބުން އާންްމުންގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާއިރު ކާނެ ގޮތެއް ވެސް މިވަނީ ނެތިފައެވެ.

އެގޮތުން 45 އަހަރުގެ ބައްޕަ އަކު އޭނާގެ އާއިލާގެ 10 މީހުންނަށް ކާންބޯން ހޯދުމަށްޓަކައި ކުރަން ޖެހޭ މަސައްކަތް ވަނީ "އަލްޖަޒީރާ" އާއި ހިއްސާ ކޮށްފައެވެ.

"މިހާރު ކިތަންމެ ދުވަހެއް ވަޒީފާ ގެއްލުނު ފަހުން. އޭގެ ފަހުން އެންމެ ރިއާލް އެއްވެސް ނުލިބެ. މިކަމުގެ ސަބަބުން އަހަރެންނަށް މަޖުބޫރު ކޮންމެ ގޮތަކުންވެސް އާއިލާ އަށް  ހަރަދު ކުރަން.، އެއީ ޑަސްޓްބިން ތަކުން ކާނާ ހޯދަން ވިޔަސް ނުނީ އެހެންމީހުން ކައިރިން ސަލާން ޖަހައިގެން ވިޔަސް" އޭނާ ބުންޏެވެ.

ކާނެ އެއްޗެއް ނުލިބުމުގެ ސަބަބުން ކޮންމެ ދުވަހަ ކުނި އެއްޗެހި ހުންނަ ތަނަށް ދާން ޖެހެ ކަމަށް އޭނާ ބުނެއެވެެ.

"އަހަރެން ބޭނުމީ ހަމަޖެހިގެން އުފާވެރި ދިރިއުޅުމެއް އުޅެން. އަހަރެން ބޭނުމީ އަހަރެންގެ ދަރިން ބަނޑުހައި ހޫނުކަމުން ސަލާމަތްވެ ކުނިން ނަގާ ކާއެއްޗެހި ކާން ނުޖެހޭނެ ދުވަހެއް ބަލަން

ވޯލްޑް ފުޑް ޕްރޮގްރާމްއިން އަންދާޒާ ކުރާ ގޮތުގައި ޔަމަނުގައި 14 މިލިއަން މީހުންނަށް ކާނާ ނުލިބެއެވެ. އަދި މިއިން ދެބައިކުޅަ އެއްބައި މީހުންނަކީ ކާނާ އަށް ވަރަށް ބޮޑަށް ބޭނުން ޖެހިފައިވާ މީހުންނެވެ.

ޔަމަނުގެ 12 އަހަރުގެ ކުޑަކުއްޖަކު އޭނާގެ އާއިލާގެ 4 މީހުންނަށް ކާނާ ހޯދަން އުޅެނީ ވަރަށް ހާލުގައި ކަމަށް އަލްޖަޒީގައިވެއެވެ.  ބަޝަރު ނަމަކަށް ކިޔާ މިކުއްޖާ ކޮންމެ ދުވަހަކު މީހުން ކައިރީގައި އާދޭސް ކޮށް ކުނިވެފައިވާ ކާނާ ހޯދަނީ އާއިލާ މީހުންނަށްޓަކައެވެ. ބައެއް މީހުން ލާރި ދޭކަމަށް އޭނާ ބުނެއެވެ. " އަހަރެންގެ ހުރޭ އެއްބަނޑުއެއްބަފާ 4 މީހުން. ބައްޕަ ވަނި މީގެ ،މަސްތަކެއް ކުރިން މަރުވެފަ"

ޔަމަންގެ އިކޮނޮމިސްޓް އަހްމަދު ޝަމަހް ބުނި ގޮތުގައި ގަައުމުގެ ކުރިއެރުން ވަނި ހުއްޓިފައެވެ އަދި ވިޔަފާރިތައް ވެސް ދަށަށް ދިޔުމުގެ ސަބަބުން އާންމުނަށް ބޭނުންވާ ކާނާ ލިބުމަށް ވަރަށް ދަތިވެފައިވާ ކަމަށް ބުނެއެވެ. މީގެ އިތުރުން މިކަމުގެ ސަބަބުން އެތަށް ބައެއްގެ ވަޒީފާ ވެސް ވަނި ގެއްލިފައިވާ ކަމަށް އޭނާ ބުނެއެވެ.

މިއަދު ޔަމަނުގެ ބައެއް ރައްޔިތުން ކުނިން، ކާނާ ހޯދާ ކަމަށާއި ރެސްޓޯރެންޓު ތަކުގައި ބާކީ ހުންނަ އެއްޗެހި ކައިގެން ދިރިހުރުމަށް މަސައްކަތް ކުރާ ކަމަށްވެސް އިކޮނޮމިސްޓް ބުނެއެވެ.

ADS BY SHEESHA

 

2 ކޮމެންޓް

  1. ކީއްކުރާނީ ދޯ؟

  2. ޔަމަނުގެ ރައްޔިތުންނަށް ފާގަތިކަމާއި ހަމަޖެހުން މިންވަރުކުރައްވާށި