ކޮވިޑް-19 ޖެހިގެން ދުނިޔެ އިން މަރުވި މީހުންގެ އަދަދު ދެމިލިއަނަށް އަރައިފިއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާތަނަށް 94.3 މިލިއަން މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު ދެމިލިއަން މީހުން ވަނީ މިބަލީގައި މަރުވެފައެވެ.

އެންމެ ގިނަ މީހުން މަރުވެފައި ވަނީ އެމެރިކާ އިންނެވެ. އެމެރިކާ އިން މަރުވި މީހުންގެ އަދަދު ހަތަރު ލައްކައަށް އަރައެވެ. ކޮވިޑް-19 ޖެހިގެން ދެވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ ބްރެޒިލުންނެވެ. ބްރެޒިލުން އަށް މިލިއަން މީހުން ފައްސިވެ ދެމިލިއަން މީހުން ވަނީ މަރުވެފައެވެ. އިންޑިއާ އިން ދިހަ މިލިއަން މީހުން ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. ނަމަވެސް އެގައުމުން މަރުވެފައި ވަނީ ދޮޅުލައްކަ މީހުންނެވެ.

އާބާދީގެ ނިސްބަތައް ބަލާއިރު ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ނިސްބަތް އެންމެ މަތީ ބެލްޖިއަމްގައެވެ. ބެލްޖިއަމުން ކޮންމެ އެއްލައްކަ މީހުންނަކުން 175 މީހުން ވަނީ މަރުވެފައެވެ. ސްލޮވޭނިއާ އިން ކޮންމެ އެއްލައްކަަކުން މަރުވި މީހުންގެ ނިސްބަތް ހުރީ 149 ގައެވެ. ބޮސްނިއާ އާއި އިޓަލީވިލާތުގެ ނިސްބަތް ހުރީ 134 ގައެވެ.

ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި، މަރުވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު ބަލި ފެނުނުތާ ފުރަތަމަ އަށެއްކަ މަސް ދުވަހަށްވުރެ މިހާރުގެ ހާލަތު ގޯހެވެ. އެންމެ ފަހުން ކޮވިޑް-19 ޖެހިގެން އެއް މިލިއަން މީހުން މަރުވީ އެންމެ ތިިން މަސް ދުވަހާއި ބައިގެ މުއްދަތެއްގެ ތެރޭގައެވެ.

ކޮވިޑް-19 ޖެހިގެން ދެމިލިއަން މީހުން މަރުވުމުން އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއާ ގްޓާރެސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ކޮވިޑް-19 ޖެހިގެން ދެމިލިއަން މީހުން މަރުވެގެން ދިއުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ.