އިންޑިއާގެ ކަޝްމީރުގައި މަރާލާފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް، މަރުވި މީހުންގެ އާއިލާ އިން ގޮވާލައިފިއެވެ.

ADS BY SHEESHA

ރުފައިސާއާއި ވަޒީފާ ފަދަ ތަކެތ ބޭނުން ނުވާ ކަމަށާއި ބޭނުންވަނީ މަރުވި މީހުންނަށް އިންސާފު  ލިބުމަށް ކަމަށް އެމީހުންބުނެއެވެ.  އެހެންނަމަވެސް ޗީފް މިނިސްޓަރު މެހެބޫބާ މުފްތީ ބުނެފައިވަނީ މަރުވީ މީހުންގެ އާއިލާ އަށް 5 ލައްކަ ރުޕީސް އާއި އަދި އެހެނިހެން ކަންކަމުގައި އެހީތެރިވެދޭނެ ކަމަށެވެ.

ނާސިރް ޝަފީ ،11، މަރާލާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުއެވެ.އޭނާގެ ބޭބެ މުހައްމަދު މަންސޫރް ބުނެފައިވަނީ ފައިސާއިން އެހީ ތެރިވެދޭނީ ކުރެވުނު ކުށަށް އިއުތިރާފް ވެފައިވާތީ ކަމަށެވެ. އަދި ސަރުކާރުން އެމީހުންގެ ކުށަށް އިއުތިރާފް ވާ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. އެހެންނަމަވެސް ކަޝްމީރުގައި ގާތިލުންނަށް އެއްވެސް އަދަބެއް ނުލިބޭ ކަމުގައި އޭނާ ބުނެއެވެ. އެހެންކަމަށް ވާނަމަ ، ސަރުކާރުގެ ފަރާތުން އެއްވެސް އެހތެރި ކަމެއްވެސް ބޭނުން ނުވާ ކަމަށް މަންސޫރު ބުނެއެވެ.

19 އަހަރުގެ ބާސިތް އަހްމަދުގެ ބޭބެ ސަރްތަޒް އަހަންގަރް ބުނީ، ބާސިތް މަރުވުމާގުޅިގެން 5 ލައްކަ ރުޕީސް ދޭނެ ކަމަށް ސަރުކާރުން ބުނި ކަމަށެވެ. ބާސިތް ގެ ގަތުލުވެރިންނަށް އަދަބު ދޭކަމުގައި ވާނަމަ އޭނާ ވެސް 10 ލައްކަ ރުޕީސް ދީފައި އޭނާގެ ބިން ވެސް ވިއްކާލަފާނެ ކަމަށް ސަރްތަޒް ބުނެއެވެ.

" އަހަރުމެން ބޭނުމެއް ނޫން ލާރި އެއް،. މީހުން މެރި މީހުންނަށް އެކަމުގެ އަދަބު ދިނުމަށް ބޭނުމީ. އިންޑިއާގެ ހުރިހާ ލާރި އެއް ދިން ކަމުގައިވިޔަސް ކޮއްކޮގެ މަރަށް އިންސާފު ހޯދަން ނިކުންނާނަށް" އޭނާ ބުންޏެވެ.

ޗީފް މިނިސްޓަރު މެހެބޫބާ ވަނީ މަރުވި މީހުންނަށް އިންސާފު ހޯދައި ދޭނެ ކަމަށް ބުނެފައެވެ. އަދި ހަމައެހެންމެ ކޮލެޖް ލެކްޗަރާ އެއް މަރާލި މައްސަލަ ހާއްސަ ޓީމަކާއި ހަވާލުކޮށް ބަލާނެ ކަމުގައިވެސް އޭނާ ބުންޏެވެ. ކޮލެޖެ ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރާ 30 އަހަރުގެ ޝާބިރް އަހުމަދު ވަނީ ކަޝްމީރުގެ ސިފަިއިން، ތަޅައި އަނިޔާ  ކުރުމަށްފަހު މަރާލާފައެވެ. އޭނާ މަރާލި ސިފައިންވަނި އެކަމަށް މައާފަށް ވެސް އެދިފައެވެ.

އެހެންނަމަވެސް ޝާބިރް ގެ އާއިލާއިން ބުނެފައިވަނީ އޭނާ އަށް އިންސާފު ލިބޭނީ، ޝާބިރް މަރާލި މިހުންނަށް ދޭން ޖެހޭ އަދަބު ދީގެން ކަމުގައެވެ. " ވި ކަމެއް ވެ ނިމުނީ. މިހާރު ސަރުކާރުން އަހަރުމެންނަށް ފައިސާ ދެނީ، އެކަމުގެ ސަބަބުން ޝާބިރު އެނބުރި އަންނާނެތަ؟ އަހަރުމެން ބޭނުމީ ޝާބިރް މަރާލި މިޙުންނަށް އަދަބު ލިބެން" އެ އާއިލާއިން ބުނެއެވެ.

މީގެ އިތުރުންވެސް ކަޝްމީރުގެ އެތަށް ބައެއް މަރުވެ އެމީހުންނަށް އިންސާފު ވަނީ ނުލިބިފައެވެ. އަމި ކުށްވެރިންނާ ދޭތެރޭގައި އެއްވެސް ފިޔަވަޅެއްވެސް އަޅާފައެއް ނުވެއެވެ.

ADS BY SHEESHA

 

1 ކޮމެންޓް

  1. މުސްލިމުންނަށް އިންސާފު ލިބޭނީ މަހުދީގެފާނު ފޮނުއްވުމުން. އދ އަކުން ކޮމަންވެލްތަކުން ނުލިބޭނެ.