ޗައިނާގެ ސިނޮވެކް ބަޔޯޓެކް އިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިނުން މީހާ ރައްކާތެރިކޮށްދޭ މިންވަރު ދަށްވެ އިތުރު ގޮންޖެހުންތަކެއް އެ ގައުމަށް ކުރިމަތިވާން ފަށައިފިއެވެ.

ގިނަ ގައުމުތަކުން ޗައިނާ އިން އުފައްދާފައިވާ ވެކްސިންއާ މެދު އިތުބާރު ގެއްލި ތަފާތު ވާހަކަތަކެއް ދައްކަން ފަށާފައި ވަނީ ބްރެޒިލްގައި ކުރިއަށް ދިޔަ ވެކްސިން ޓެސްޓް ކުރުމުގެ މަރުހަލާގައި 78 އިންސައްތައިން 50 އިންސައްތަ އަށް އޭގެ އިތުބާރު ވެއްޓިފައިވާ ކަމަށް އެގައުމުން ހާމަ ކުރުމުންނެވެ. ބްރެޒިލް އަކީ ޗައިނާއިން އުފައްދާފައިވާ "ކޮރޮނަވެކް" ވެކްސިންގެ ޓެސްޓްތަކާއި ތަހުލީލުތައް ހަދަމުން އަންނަ ގައުމެވެ.

މިކަމުގެ ސަބަބުން އެގައުމުގެ ވެކްސިނަށް ބޮޑު އަދަދަކުން އޯޑަރު ދީފައިވާ ގައުމުތައް އަންނަނީ އިތުރު ވިސްނުމަކަށް ދާން ފަށާފައިވާ ކަމަށް ރިޕޯޓްތަކުން ވަނީ ބުނެފައެވެ. ޗައިނާގެ ވެކްސިން ގަތުމަށް ތައިލޭންޑް، މެލޭޝިއާ، ސިންގަޕޫރު، ފިލިޕިންސް، އަދި ޗިލީ ފަދަ ގައުމުތަކުން ވަނީ އެދިފައެވެ.

ބްރެޒިލްއިން ބުނެފައިވަނީ އެ ތަހުލީލުތައް ނިންމާފައިވަނީ އެ ގައުމުގެ 16 ސައިންސްވެރިން ތިބޭ ސަރަހައްދަކުން 12،500 ވަރަކަށް ވޮލެންޓިއަރުން ނަގައިގެން ކަމަށާއި ބަލީގެ އަލާމަތްތައް އެހާ ބޮޑު ނޫން މީހުންނަށް ވެކްސިންގެ އަސަރު، ވައިރަހަށް ކުރީ 50.08 އިންސައްތަ އިން ކަމަށެވެ.

މިއީ މިހާތަނަށް ދުނިޔޭގެ ގައުމަކުން ކޮވިޑް-19 އަށް ވެކްސިނެއް އުފައްދައި ގިނަ ބައެއްގެ މެދުގައި އެ ވެކްސިނަކީ ބާރުގަދަ ވެކްސިނެއް ނޫން ކަމަށް ބެލެވިފައިވާ ފުރަތަމަ ވެކްސިނެވެ. މީގެ ކުރިން މޮޑާނާ އާއި ފިޒާ-ބަޔޯއެންޓެކް އިން ތައްޔާރު ކޮށްފައިވާ ވެކްސިން ވަނީ 95 އިންސައްތަ ރައްކާތެރިކަމަށް ސައިންސްވެރިން ބުނެފައެވެ. އަދި އެސްޓްރަޒެނެކާ ވެކްސިން ވަނީ 70.4 އިންސައްތަ ރައްކާތެރި ކަމަށް ބުނެފައެވެ.

ޗައިނާއިން އުފައްދާފައިވާ އެ ވެކްސިނަކީ މީގެ ހަ މަސް ކުރިން އެ ގައުމުގެ ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ ސިނޮވެކް ބަޔޯޓެކްއާ ގުޅިގެން ބްރެޒިލްގެ ބުޓަންޓަންއިން އުފައްދާފައިވާ ވެކްސިނެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ލޮލްލޮލް

  ހަމްދު ހުރީ ﷲ އަށް..ޔާންޓޭ ވަގު ވެރިކަން ނަމަ މިހާރު އަހަރުން ތިޔަ ޖަހާގެން އަތަށް ގޮވާފަ އޮންނާނީ

  4
  24
  • ހުސްނޫނު

   އިންޑިޔާއިންއުފެއްދިވެކްސިން އަމުދުންކަމުދާނެހެނެއް ހީއެއްނުވޭ!! ސަބަބަކީ އެމީހުންގެމަރުހަލާތައް ފުރިހަމަކުރަންޖެހޭމިންވަރާގާތަށްވެސް
   ފުރިހަމަނުކުރާކަމަށްވަނީ ،

   22
   1
 2. ބޯކިބާ

  ވެކްސިންގެ ވިޔަފާރިއަށް ދޮންމީހުން ފަތުރާ މާކެޓިން ޕުރޮޕެގެންޑާ ތިޔައީ. ދުނިޔެތެރޭ ކިތަންމެބޮޑު ދޮގުހަބަރެއް ފެތުރިއަސް ގިނަވާނީ އެވާހަކަ ގަބޫލުކުރާމީހުންކަން އެމީހުން ދަނޭ، ކަމުގެ އެކޮޅު މިކޮޅު ބަލާނީ ނިކަން މަދުބައެއް.

  15
 3. ރިހާކުރުކުޑޭ

  ތިއިންއެއްވެސްވެކްސިނަކަށް ފުރިހަމައިތުބާރުކުރާކަށްނުވާނެ !!
  ސަބަބަކީ ތިޔައީބޮޑުވިޔަ ފާރިގަނޑެއް.
  ކޮންމެބަޔަކުވެސްއުޅޭނީ އެބައެއްގެއެއްޗެއް މޮޅުކުރަން.. ތިއީދުނިޔޭގެއާދަ..

  12
 4. Anonymous

  ފައިޒާ ބަޔޯ އިން އުފެއްދި ވެޖްސިން ނޯވޭގެ ބަޔަކަށް ދީގެން މަރުވެފަ އެބަތިބި އަނެއބަޔަކު އައި ސީ ޔޫ ގައި ފަރުވާދެމއ ޖެހުނު ސައިޑް އެފެކްޓް ހައިވެ

 5. އިބިލީސް

  ޗައިނާއިން އެފެއްދީ އެންމެ ވެކްސިނެއް ނޫން. ޗައިނާގެ އެއް ކުންފުނިން ހެދު ވެޖްސިނެއް ތީ. ދެން ޗައިނާގެ އަނެއް ކުންފުނިނަ ހެދި ވެކްސިންގެ ދިފާއުވާ ޕަރސެންޓޭޖް އަކީ 90%