ކޮވިޑް-19ގެ ސަބަބުން އޮސްޓްރިއާގައި އިއުލާނު ކޮށްފައިވާ ފުރަބަންދު (ލޮކްޑައުން) ގެ މުއްދަތު އެގައުމުން އިތުރު ކޮށްފިއެވެ.

އޮސްޓްރިއާގެ ސަރުކާރާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ފުރަބަންދުގެ މުއްދަތު އިތުރު ކޮށްފައިވަނީ އަންނަ މަހުގެ 7 ވަނަ ދުވަހާއި ހަމައަށެވެ. އެފަދަ ފިޔަވަޅެއް އެގައުމުގައި އަޅާފައިވަނީ ބަލި ފެތުރޭ މިންވަރު ދަށް ކުރުމުގެ ގޮތުންނެވެ.

ދުނިޔޭގެ ބައެއް ސަރަހައްދުތަކުގައި ކޮވިޑް-19ގެ އާ ވައްތަރެއް މިވަގުތު ފެތުރެމުން އަންނައިރު، އޮސްޓްރިއާވެސް ވެފައިވަނީ ބަލި އެ ބަލި ފެތުރިގެން ހިނގައިދާނެ ގައުމެއްގެ ގޮތުގައެވެ.

އެގައުމުގައި އިއުލާނު ކޮށްފައިވާ ފުރަބަންދުގެ މުއްދަތު އިތުރު ކޮށްފައިވާއިރު، ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައްވެސް ވަނީ އިތުރަށް ހަރުކަށި ކޮށްފައެވެ. އެގޮތުން މިވަގުތުން ފެށިގެން 1 މީޓަރު ދުރުގައި އެކަކު އަނެކަކު ތިބުމުގެ ބަދަލުގައި 6.5 ފޫޓޫ ދުރުގައި ތިބުމަށް އެންގޭނެ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

އަދި މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ދަތުރުފަތުރު ކުރާ ފަރާތްތަކާއި ވިޔަފާރި ކުރާ ފަރާތްތަށް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ބަޔަކު އެތަންތަނުގައި އެންމެ ރައްކާތެރިކަން ބޮޑު މާސްކު އެޅުމަށް އެގައުމުން ވަނީ އިލްތިމާސް ކޮށްފައެވެ.

އެގައުމުގެ ހެލްތް މިނިސްޓްރ ރުޑޮލްފް އެންޝޮބާ ބުނެފައިވަނީ މާލީ ގޮތުގައި ދަތިތަކެއް ހުންނަ ފަރާތްތަކަށް އެފަދަ މާސްކުތައް ފޯރު ކޮށްދޭނެ ކަމަށެވެ.

އޮސްޓްރީއާއަކީ މިހާތަނަށް ދުނިޔެއިން 35 އަށް އެންމެ ގިނަ ބަޔަކު ފައްސިވެފައިވާ ގައުމެވެ. އެގައުމުން މިހާތަނަށް 393،778 މީހަކު މި ބައްޔަށް ފައްސިވެފައިވާއިރު، 7،082 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.