އިންޑިޔާގައި ތުއްތު ކުދިން ވިއްކަން އުޅުނު ބަޔަކު މި މަހު 16 ވަނަ ދުވަހު މުމްބާއީގެ ކްރައިމް ބްރާންޗުން ކުރި ތަހުގީގެއްގެ ތެރެއިން ފަޅާއަރައި އެމީހުން ހައްޔަރު ކޮށްފިއެވެ.

އިންސާނިޔަތު ކަމެއް ނެތް މި އަމަލު ހިންގައިފައިވަނީ ހަ އަންހެނަކާއި ދެ ފިރިހެނުން ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެއެވެ. މި މީހުން ތުއްތު އަންހެން ކުދިން ވިއްކައިލައިފަައިވަނީ 60،000 ރުޕީސްއަށް ކަމަށާއި ތުއްތު ފިރިހެން ކުދިން ވިއްކައިލައިފައިވަނީ 1.5 ލައްކަ ރުޕީސްއަށް ކަމަށް ކްރައިމް ބްރާންޗުން މަޢުލޫމާތު ދީފައިވެއެވެ.

ކްރައިމް ބްރާންޗުން ކުރި ތަހުގީގުން އެނގުނު ގޮތުގައި މި މީހުން ވަނީ ހަ މަސް ދުވަހުގެ ތެރޭގައި 4 ކުދިން ވިއްކާލައިފައި ކަމަށް އެ މީހުން ބުނި ނަމަވެސް އޮފިސަރުން ބުނާގޮތުގައި އެއަށްވުރެ ގިނަ ކުދިން ވިއްކައިލައިފައިވާ ކަމާއި މެދު ޝައްކު ކުރެވޭ ކަމަށެވެ. އެހެން ކަމުން މިކަމުގެ އިތުރު ތަހުގީގުތައް ކުރިއަށްދާ ކަމަށް ވެސް އޮފިސަރުން ބުނެފައިވެއެވެ.

ތުއްތު ކުދިން ވިއްކަމުންދާ ކަމުގެ ޚަބަރު ސަބް އިންސްޕެކްޓަރ ޔޮގޭޝް ޗަވަނާއާއި މަނީޝާ ޕަވަރުއަށް ލިބުމުން އެމީހުން މި ކަމުގެ ތަހުގީގުތައްކޮށް ބެންޑްރާގެ ނިޔަނެޝަވަރުގައި މި ކަން ކުރަމުން ދިޔަ މީހުން ހައްޔަރު ކޮށްފައިވެއެވެ.

ވީއެން ޑެސާއި ހޮސްޕިޓަލުގައި މަސައްކަތް ކުރާ ރުކްސާރު ޝެއިޚްއާއި ޝާހްޖަހާންއާއި ރުޕާލީ ނަމަކަށް ކިޔާ ތިން މީހުން ވަނީ އެމީހުން ވިއްސި ކުދިން ވެސް ވިއްކައިލައިފައި ކަމަށް އޮފިސަރު ބުނެފައިވެއެވެ. މި ތިން މީހުން ވަނީ އެކަމަށް އެއްބަސްވެފައެވެ.

މި ކަމުގައި އުޅުނު 6 އަންހެނުންނާއި 2 ފިރިހެނުން ވެސް ވަނީ ހައްޔަރު ކުރެވިފައެވެ. އަދި މީގެތެރެއިން ގިނަ މީހުންނަކީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ މީހުން ކަމަށް ވެސް އޮފިސަރު ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރުބީ

    ކީއްކުރަން ނުގަވާއިދުން ތުއްތުކުދިންގަންނަނި ތިޔަ އިންޑިޔާގައި އަޅާލާނެ މީހަކުނެތް ކިތައްކުދިން އުޅުނީ އެޑޮޕްޓް ކުރާނަމައެއްނު އެއިން ކުއްޖެއް