އެފްރިކާ އާއި މެދުއިރުމަތީގެ ހަނަފަސް ސަހަރާތަކަށް ސްނޯ ފޭބުން އެއީ ވަރަށް އާދަޔާއި ހިލާފު ކަމެކެވެ. އެއީ އާއްމުކޮށް ވާކަމެއް ނޫނެވެ. ނަމަވެސް މިއަހަރު ސައުދީ އަރަބިއްޔާ އަށް މިވަނީ އާދަޔާއި ހިލާފަށް ފިނަގަދަވެ، އެގައުމުގެ ހަނަފަސް ސަހަރާއަށް ގިނަ އަދަދަކަށް ސްނޯ ފައިބާފައެވެ.

ސައުދީ އަރަބިއްޔާގެ މީޑިއާތަކުން ބުނާ ގޮތުގައި އެގައުމުގެ އަސީރު ރީޖަންގެ ހަނަފަސް ސަހަރާއަށް ގިނަ އަދަދެއްގެ ސްނޯ ފައިބާ، ސްނޯއެއް ބިންގަނޑު ވަނީ ފޮރުވިފައެވެ. ސްނޯ ފޭބުމުން ލިބިފައިވާ އާދަޔާއި ހިލާފު ރީތިކަން ދެކިލައި ސްނޯ ބަލާލުމަށް ސައުދީ އަރަބިއްޔާގެ އެކި ސަރަހައްދުތަކުގެ މީހުން ވަނީ މިހާރު އަސީރު ރީޖަން އަށް ދަތުރު ކޮށްފައެވެ.

ތަޖުރިބާކާރުން ބުނާ ގޮތުގައި ސަހަރާތަކަށް ސްނޯ ފައިބަން ފަށައިފިނަމަ އެސަހަރާތަކަކީ ފެހިކަން ގަދަ ގަސްތައް ހެދިފައިވާ ޖަންގަލިތަކަކަށް ބަދަލު ވުމަށް މަގުފަހިވެގެން ދާނެއެވެ. ނަމަވެސް ގަސްތައް ހެދި ބޮޑު ޖަންގަލިތަކެއް އުފެދުމަށްޓަކައި މެދިކެނޑުމެއް ނެތި އެތައް އަހަރެއް ވަންދެން ސްނޯ ފައިބަން ޖެހޭނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ސައުދީ އަރަބިއްޔާ އަކީ ހަނަފަސް ސަހަރާތައް ވެސް ގިނަ ގައުމެކެވެ. ސައުދީ އަރަބިއްޔާގެ ބޮޑުމިންް 2.3 މިލިއަން އަކަ ކިލޯމީޓަށް އަރާއިރު އެހުރިހާ ސަރަހައްދަކީ ވެސް ހަނަފަސްކަން އިތުރު ސަރަހައްދުތަކެވެ.

ސައުދީ އަރަބިއްޔާގެ ފިނިހޫނުމިން އަހަރުގެ މެދުތެރޭގައި 35 ޑިގްރީއަށް ވެސް އަރައެވެ. ނަމަވެސް މިހާރު ސްނޯ ފައިބަމުންދާ ސަރަހައްދުތަކުގެ ފިނިހޫނުމިން ވަނީ މައިނަސް 2 ޑިގްރީއަށް ވެއްޓިފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. އަޙްމަދް

    އެއްވެސް ޝައްކެއްނެތް މާތް ﷲ ކޮއްމެ ކަމަކައްމެ ކުޅަދުންވަންތައެވެ.
    އެއިލާހުއީ މަރުވެފައިވާ ތަކެތީން ދިރުން ނެރުއް އަދި ދިރޭތަކެތިން މަރުވުން ލެއްވި ރަސްކަލާންގެވެ.
    އެއިލާހު ހަނަފަސް ސަހަރާއަށް ސްނޯ ވެއްސެވިފަދައިން އަައިސް ފަރުބަދަތަކުގެ މައްޗައް ވެލީގެ ތޫފާނުވެސް ފޮނުއްވެވުމަށް އެ إله ކުޅަދުންވަންތައެވެ.

    160
    2
  2. މުރަނގަގަހުން މާލިމީ ބޭލި ހަސަންކޮއި

    ﷲގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ވިސްނާ ފިކުރު ކުރާ ބަޔަކަށް ދެއްކެވި ފަހުޒަމާނުގެ ޢަލާމާތެއް! މިފަދަ ކޮންމެ ދަނޑިވަޅެއްގައި، މަރު ހަނދާންކޮށް، ތިމާގެ ނަފުސުގެ އޮޑިޓެއް ހަދާލުމަކީ ބުއްދިވެރީން ކުރަންޖެހޭކަމެއް! ޔާ ﷲ މުޙައްމަދު ނަބިއްޔާ ސަލަވާތުﷲ ޢަލައިހިވަސައްލަމުގެ އުއްމަތުގެ މީހުނަށް ތެދުމަގު ދައްކަވައި ނަރަކައިން މުއްތި ކުރައްވާނޭ ސަބަބެއް ކަމުގައި، މިފަދަ ޙާދިޘާ ތައް ލާއްވާންދޭވެ! އަދި މިއީ މުޞީބާތެއް ކަމުގައި ނުލައްވާންދޭވެ!

    134
    5
  3. ޅަބޭ

    "އަދި ހަމަކަށަވަރުން އެކަލާނގެ އެކަމަކައް އަމުރު ކުރައްވައިފިނަމަ، ބޮޑުސިންގާ އެންޓާޓިކާ ހަނަފަސް ސަހަރާއަކައް ބަދަލުކޮއްލަން ކުޑަ ހިނދުކޮޅެއްވެސް ނުނަގާނޭވެ" "ތިޔަބައިމީހުނައް މިކަން ނޭގެނީ ހެއްޔެވެ"

    96
    11
    • ނ

      ހަމަކަށަވަރުން ކިޔާފާ އާޔަތެއްގެ މާނައެއްހެން........ ތިގޮތަށް ލިޔާކަށް ނުވާނެ...

      57
      7
      • ...

        ޙަމަ ކަށަވަރުންނޭ ބުނުމުން އެއީ އެމީހާއަށް އެކަމަކަށް ޔަގީންކަން އޮތްމިންވަރުގެ ބޮޑުކަން ހާމަ ކޮށްދޭ ކަމެއް...އެއީ މައްސަލައެއްނޫން...ކަށަވަރު އެއީ ޔަގީނުގެ އިންތިހާ މަތީ ދަރަޖަ...ޝައްކެތް ނުވާ އަދި ޝައްކެއްއުފެދުމުގެ އަސަރެއްނުވާ އަދި ދުވަހަކުވެސް އެ ހަގީގަތަށް ބަދަލެއް ނާންނާނެ ކަމަށް ޔަގީން ކުރާ ނަމަ ބުނާ ބުނުން...

        21
        4
  4. ނަވަރު

    ގިޔާމަތުގެ އަލާމާތެއްކަންނޭގެ. ފަހުޒަމާނުގައި މެދުއިރުމަތި ފެހިވެ ފިނިވާނެ އަދި ޔޫރަޕުތަންތަން ހަނަފަސްވާނެ .މުޅަށްދެނެވޮޑިގެންވަނީ އަހަރަމެއްގެ އިލާހު

    87
    6
    • އެދުރުބެ

      ގިޔާމަތް ވުމުގެ އަލާމަތްތަކުގައި ސްނޯގެ ވާހަކަ އަޑެއް ނާހަށް

      9
      18
      • ތޮރާ

        ހަމަހިތަށްއަރާއިރަށް އެއްޗެއްބުނެލަނީ .. ފަހުޒަމާނަށްއައިސް ހިތަށްއަރާހާއެއްޗެއް ބުނެއުޅޭމީހުން ގިނަވާނެވާހަކައޮވޭ ..

        20
        3
      • ނަނާ

        އަޑު ނީވުން ނޭނގުން އެއީ އެކަން ނުހިނގާނެ ކަމުގެ އަލާމާތެއް ނޫން. ޣާފިލުކަން އެއީ. ސަހަރާތަކުގައިގަސްހެދި ފިނިވާނެ ކަމަށް އައިސްފައިވޭ

        36
        1
  5. ހުސޭނުބޭ

    ތިޔައީ އަޖައިބެއް ނޫން. މާތް ނަބިއްޔާގެ ހަދީޘްތަކުން އެނގެން އެބޮތް.. ދުނިޔަ ހޫނުވަނީއޭ ކިޔާ ބިރުދައްކއިރު ދުނިޔެވަނީ ފިނި... އަރަބި ކަރަ ފެހިވާނެ ކަމަށް އެބޮތް.. އެއީ ހޫނުވެގެން ވާނެ ކަމެއްތޯ؟ ހާދީސް ކިޔުއްވާ

    48
  6. އިޝާނީ

    Alhamdhulilahi