އެމެރިކާގެ ކެލިފޯނިއާގައި މޮޑާނާގެ ކޮވިޑް-19 ވެކްސިން އާއްމުންނަށް ދިނުން މެދުކަނޑާލައިފިއެވެ.

ކެލިފޯނިއާގެ ސިއްހަތާއި ބެހޭ އޮފިޝަލުން ވަނީ މޮޑާނާގެ ވެކްސިން އެ ސްޓޭޓްގެ އެއްވެސް ހޮސްޕިޓަލެއް އަދި ކްލިނިކެއްގައި ނުދިނުމަށް މިހާރު އަންގާފައެވެ.

ސިއްހަތާއި ބެހޭ އޮފިޝަލުން ވިދާޅުވާ ގޮތުގައި މޮޑާނާގެ ވެކްސިން ކެލިފޯނިއާގައި ޖެހުން މެދުކަނޑާލީ ވެކްސިން ދިން މީހުންގެ ތެރެއިން ބައެއް މީހުންނަށް އެލާޖިކްގެ މައްސަލަ ކުރިމަތިވެފައި ވާތީ އެކަން އިތުރަށް ބެލުމަށްޓަކައެވެ.

ކެލިފޯނިއާގައި ކޮވިޑް-19 ވެކްސިން ޖަހަން ފެށީ ޖަނަވަރީ މަހުގެ 05 ވަނަ ދުވަހު އެވެ. އެ ސްޓޭޓްގެ 287 ސެންޓަރަކަށް 330000 ވެކްސިން ވަނީ ފޯރުކޮށްދީފައެވެ. މީގެތެރެއިން މިހާތަނަށް މީހުންގެ ގަޔަށް ޖަހާފައިވާ ވެކްސިންގެ އަދަދެއް އަދި ސާފެއް ނުވެއެވެ.

ކެލިފޯނިއާގެ ޕަބްލިކް ހެލްތުން ބުނީ ސަން ޑިއާގޯގެ ކްލިނިކަކުން ވެކްސިން ދިން މީހުންގެ ތެރެއިން 10 މީހުންނަށްވުރެ މަދު އަދަދެއްގެ މީހުންގެ ކިބައިން އެލާޖިކްގެ މައްސަލަތަކެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެކަންކަން އިތުރަށް ބަލަން ބޭނުންވާ ކަމަށް ޕަބްލިކް ހެލްތުން ބުނެއެވެ.

މޮޑާނާއިން ބުނީ ވެކްސިން ދިން މީހުންގެ ތެރެއިން ބައެއް މީހުންނަށް ކުރިމަތިވި އެލާޖިކްގެ މައްސަލަތަކާއި ގުޅިގެން ކެލިފޯނިއާގެ ޕަބްލިކް ހެލްތު ޑިޕާޓްމަންޓުން ބަލަން ބޭނުންވާ ކަންކަން ބެލުމަށް މޮޑާނާ އިން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެމުން ގެންދާނެ ކަމަށެވެ.

ކެލިފޯނިއާގައި ވެކްސިން ދިން ބައެއް މީހުންނަށް ކުރިމަތިވި އެލާޖިކްގެ އިތުރު އެއްވެސް ތަފްސީލެއް ޕަބްލިކް ހެލްތު ޑިޕާޓްމަންޓުން އަދި ހާމައެއް ނުކުރެއެވެ.

ނަމަވެސް ކޮވިޑް-19 ވެކްސިން ދިނުމުގެ ސަބަބުން ވަރުދެރަވުމާއި، ލޭގެ ޕްރެޝަރު ދަށަށް ދިއުމާއި ވަރުބަލިވުމާއި ގައިކެހުން ފަދަ ކަންކަން ތިމާވެގެން ބައެއް މީހުން ރިޕޯޓް ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޙްމަދް

    ކެލިފޯނިއާގައި ވެކްސިން ދިން ބައެއް މީހުންނަށް ކުރިމަތިވި އެލާޖިކްގެ އިތުރު އެއްވެސް ތަފްސީލެއް ޕަބްލިކް ހެލްތު ޑިޕާޓްމަންޓުން އަދި ހާމައެއް ނުކުރެއެވެ.

    ނަމަވެސް ކޮވިޑް-19 ވެކްސިން ދިނުމުގެ ސަބަބުން ވަރުދެރަވުމާއި، ލޭގެ ޕްރެޝަރު ދަށަށް ދިއުމާއި ވަރުބަލިވުމާއި ގައިކެހުން ފަދަ ކަންކަން ތިމާވެގެން ބައެއް މީހުން ރިޕޯޓް ކޮށްފައި ވެއެވެ.
    ——————————————————————————————-
    މީ ވަރަށް މުހިއްމު ޚަަބަރެކެވެ. ވަގުތުނޫޙަށް ފައްފަށުން ޝުކުރު ދައްނަވަމެވެ
    ވެކްސިނާއި ބެހޭތޮން ހުންނަ މިކަހަލަ ވާހަތަކަކީ މީގެ ކުރީގައި ދައްކާ އުޅެން ކެރޭ ވާހަކަތަކެއްނޫނެވެ.
    ހަގީގަތުގައިވެސް ވެކްސިންޖެހުމާއި ދޭތެރޭ ވިސްނަން ޖެހެއެވެ. ޢެކަމުގެ މަޢުލޫމާތު ފުރިހަމަށް ލިބެންޖެހެއެވެ.
    ޢެ ޖެހުމާއު ނުޖެހުމުގެ އިޚްތިޔާރު އޮއްނަން ޖެހޭނެ އެވެ.
    ނުރުހުމުގައި ގަޔައް އައްލައިގެން ބޭސްފަރުވާ ކުރުމުގެ ޢަމަލަކީ ޝަރީޢާތެެއްވެސް އަދި ޤާނޫނެެއްވެސް ދައްނަކަމެއް ނޫނެވެ.

    6
    1
    • އިބުރާހިމް

      މަށެއް ކޯވިޑް-19ގެ އެއްވެސް ވެކްސިން އެއް ނުޖަހާނަން އަދިއެއް. ސަބަބަކީ ވެކްސިން އެއް ފުރިހަމަ އަށް ނެރެން އެތައް އަހަރެއް ނަގާ. އެއް އަހަރުގެ ތަހުލީލަކުން އެއްވެސް ވެކްސިންއެއް ފުރިހަމައެއް ނުވާނެ. ވަރަށް އެދެން ވަގުތު ނޫހުން ވެކްސިން ތަކާ ބެހޭ ރިޕޯޓެއް ނެރެދޭން. އޭރުން މީހުންނަށް އޭގެ މައުލޫމާތު ރަނގަޅަށް އިނގި ހޭލުންތެރިކަން އިތުރު ވާނީ. ކޯވިޑް-19 ވެކްސިންގެ ދެ ޑޯޒް ޖެހިޔަސް، ހަމަ ވައިރަސް ޖޭހޭ ކަމަށްވޭ. ސައިންސް ވެރިން ބޫނާ ގޮތުގަ ވެކްސިން ޖަހައިގެން ހުންނަ މީހާ ދެވަނަ ފަހަރަށް ޖެހޭ އިރު ބަލިވާލެ ކުޑަ ވެފަ ރިސްކް ކުޑަވޭ. މީގެންވެސް އިނގެނީ އަދި މި ވެކްސިން ފުރިހަމަ ނުވާކަން.

      4
      1