ކޮވިޑް-19 އާ ދެކޮޅަށް އިންޑިއާއިން އުފެއްދި ވެކްސިން މާދަމާ ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް އިންޑިއާ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ރާއްޖެ އަށް ފޮނުވުމަށް ނިންމާފައި ވަނީ އިންޑިއާގެ ސިރަމް އިންސްޓިއިޓް އިން އުފެއްދި އޮކްސްފޯޑް އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިން އެވެ.

ދަ އިންޑިއަން އެކްސްޕްރެސްގައި ބުނެފައި ވަނީ، އިންޑިއާއިން އުފެއްދި ކޮވިޝީލްޑް މާދަމާ ރާއްޖެ ފޮނުވާނެ ކަމަށާއި، ރާއްޖެ ވެފައި ވަނީ އެ ގައުމުން ވެކްސިން ފޯރުކޮށްދެ ފުރަތަމަ ގައުމަށް ކަމަށެވެ.

"ހުރިހާ ކަމެއް ވަނީ ހަމަޖެހިފައި އޭގެ ތެރޭގައި ރެގިއުލޭޓަރީ އެޕްރޫވަލް ވެސް އަދި ރާއްޖޭގެ ސަރުކާރުންވެސް ވަނީ ހުއްދަ ދީފައި". އިންޑިއާގެ ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ އެ ނޫހުން ބުނެފައި ވެއެވެ.

އަދި އިންޑިއާ އިން ފޮނުވާ މި ވެކްސިން ރާއްޖޭގެ ހުރިހާ ފްރޮންޓްލައިން ހެލްތް ވޯކަރުންނާއި، އުމުރުން ދުވަސްވީ މީހުންނަށް ޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

އެ ނޫހުން ބުނެފައި ވަނީ، އެ ވެކްސިން ހިފައިގެން ރާއްޖެ އަންނަނީ އެއާ އިންޑިއާގެ މަތިންދާ ބޯޓެއް ކަަމަށެވެ. އަދި އެ ބޯޓު ވެލާނާ އެއާޕޯޓަށް ޖައްސާނީ މާދަމާ މެންދުރު 14:00 ގައި ކަމަށް ބުނެފައި ވެއެވެ.

އިންޑިއާ އިން ދޭން ނިންމާފައި ވަނީ ކޮވިޑް-19 ވެކްސިންގެ 100،000 ޑޯޒެވެ.

މިކަމާއި ގުޅިގެން ދިވެހި ސަރުކާރުގެ ބަހެއް އަދި ނުލިބެ އެވެ.

ކިޔުންތެރިންގެ ހިޔާލު

54 ކޮމެންޓް

  1. ސައިބ

    ނުޖަހާނަން.
    މިގައުމުގައި ތިބި ބޮޑުންގެ ގަޔަށް ތިޖަހާ

    150
    10
    • ކަނީރު

      ކަލޭ ނުޖަހައިގެން ލައްކަވަރުވާނެ.

      22
      79
      • ކޮވިޑުކިނބޫރޮމުންވިދާޅުވަނީ

        މަށަކީ އެއްވެސް ބާރެއްލިބި ފަ ހުރިމީހެއްނޫން ނަމެއްގަ ވެރިކަމުހުރީ އިންޑިޔާގެ ވެކްސިނަކީ އިންސާނުން ގަޔައް ޖަހަން ކަމުދާ އެއްޗެއްތޯ ބަލަން ރާއްޖެ ތި ފޮނުވީ ވީމާ ރައްޔިތުން ސަރުކާރައް ޕު ރަސަރު ކޮއްގެން އިންޑިޔާ މީހުން ގަޔައް ފުރަތަމަ ތިޔަޖަހުވާ ދިވެހިން މީގެ ބޭނުން ނުކުރޭ އާދޭސްކުރަން އިބުރާހިމް ރައިސް

        49
        4
    • ބޮނބިފަޅި

      ނަމަނަމަ ނުޖަހާތި. އޭރުން އެ ބޭނުން އެހެން މީހަކަށް ލިބޭނީ.

      27
      25
      • Anonymous

        އަހަރެމެން ނުޖަހާނަން. ކަލޭމެން ބޭނުމިއްޔާ ދޭތި ޖަހާލާ

    • Anonymous

      ބެރު ދުއްމާރި ތާޅަފިލީގަ ހަރުބީގަ ލޯނު ވެކްސިން (ޓެސްޓު މަރުހަލާގައިވާ) ގެންނަން ރީނދޫ އެންމެންދޭ. ކަލޭމެން އެންމެން ތިޖަހާ. އަހަރެމެންނާ ގައިގައިދުރު

      10
    • ވެރިން

      ކޮވިޑް ފެށުނުތާ ކާރީގަ ތިހެން އިންޑިޔާ އިން ބޭހެއްވެސް ގެނައި ،އެބޭހުގެ ވާހަ ކަ ހަމަ މިނޫސްތަ ކުގަ ލިޔަފަ އޮތްވާ ދެ ކުނިން ހަމަ ތިވެ ކްސިނަށް ވެސްވަނީ.

  2. ކަދުރޭ

    ތިޔަ ވެކްސިން ޓެސްޓް ކުރަން ރާއްޖެތި ފޮނުވަނީ

    125
    12
  3. ލީޗވ

    ކުރިން ކީ ގައިމު އޮކްސްފޯރޑް ވެކްސިން ގެންނަ ވާހަކަ ދެން ކުއްލިއަކަށް ކޮން އިންޑިޔާ ވެކްސިން އެއްގެ ވާހަކައެއްމި އައީ މިތާދޭތެރެއަށް

    116
    5
    • ވަހުތާނު އަހުމަދު

      މަޗާ އެއީ އިންޑިއާއޮކްސް ފޯޑު..

      23
      12
    • ޖާހިލު

      ބަލަ ރީއްޗަށް ލިޔެފަ އެބައޮތްދޯ އޮކްސްފޯރޑޭ. މިނަށްވުރެ ޖާހިލު ވީމަ ފެންނާނީ މުޅިންވެސް އެހެން އެއްޗެހި

      22
      37
    • ަަސަމު

      މީ އޮކްސްފޯޑްގެ ވެކްސިންނޭ.. ޚަބަރު ތަފްސީލު ކިޔާލަބަލަ.
      ( އިންޑިއާގެ ސިރަމް އިންސްޓިއިޓް އިން އުފެއްދި އޮކްސްފޯޑް އެސްޓްރަޒެނެކާގެ ކޮވިޝީލްޑް ވެކްސިން އެވެ.)

      24
      12
    • މުގާބަލާ

      ވާނުވަ ނޭނގުނަސް ކޮމެންޓް ސެކްޝަނުގަ ގަމާރުކަން ދައްކަން ކޮމެންޓް ކުރާތި

      23
      15
  4. އަލިބެ

    ލެބްރެޓްސް.. އަވަހަށް ރަޖިސްޓްރީ ވޭ!

    37
    6
  5. ޙެހެ

    އަހަރެމެން މީ އިންޑިއާ ޓެސްޓު ސަބްޖެކްޓްސް

    57
    8
    • ފފ

      މިއީ ޔޫކޭގަ ވެސް ޖަހާ ބްރޭންޑް. ކޮންމެ ފިކުރެއްގެ މީހަކު ނަމަވެސް ޝުކުރުވެރި ވާންޖެހޭނެ.

      8
      28
      • Anonymous

        މިއީބއިންޑިޔާގެ ސިއްހީ އެންމެން ދެކޮޅުހަދާ ވެކްސިން. މޮޔަނުގޮވާ.

        9
        1
  6. އަޙްމަދު

    މީއަނެއްކާ ދުނިޔޭގެ ސިއްޙަތު ޖަމުއްޔާއިން ހުއްދަދީފައިވާ ވެކްސިންއެއްތަ!
    ނޫސްވެރިން އަޅެ މިކަން އޮޅުންފިލުވާ ދީބަލަ!

    102
    5
  7. އޮޅުވާލި ވޯޓު

    ނުޖަހާނަން މި ހާރުވެސް ތިވެކުސިން ޖަހާގެން އިންޑިއާގެ 4ސަތޭކަޔައްވުރެ ގިނަމީހުން އެއުޅެނީ ސިއްހީމަސްސަލަތަދިމާވެގެން ނުޖަހާނަން

    48
    3
  8. ރެފްރީ

    މަޗާ ތިޔައީ ގޯހެއް !! ތިޔައީ އަދިޝަރުތު ފުރިހަމަނުވާ ބާލިޣުވެކްސިނެއް!

    35
    2
  9. ސިނެކް

    އެޗުޕީއޭ އިން ތިވެކްސިންގެ އެއްވެސް ރަނގަޅު މައުލޫމާތެއްނުދޭނެ ކަމުގެ ކަންބޮޑުވުން އެބައޮތް
    ވަރަށްބޮޑަށް މައްސަލަޔަކީ ސަރުކާރުގެނު ފޫޒު

    38
    1
  10. ހުސްނޫނު

    އިންޑިއާއިން ވެކްސިނެއްއު ފައްދަންއުޅުނުކަންވެސްމިއެނގުނީ
    އިހައްދުވަހަކު. މިހާރު އެއުޅެނީ ޓެސްޓުކުރުމުގެމަރުހަލައިގަ.. ޓެސްޓުކުރަން ގެންނަނީކަމަށްވެދާނެ ؟

    37
    3
  11. އަލީރާޖާ

    ރާއްޖެއަށް ގެންނަނީ އިންޑިއާއިން އުފެއްދިވެކްސިނެއް ނޫން. ގެންނަނީ އިނގެރޭސިވިލާތުގެ އޮކްސްފޯޑް-އެސްޓްރަޒެނެކާއިން އުފެއްދި ވެކްސިން. އެ ވެކްސިން ހަދާ އެއް ޕްލާންޓު އެއީ އިންޑިއާގައި ހުރި ދުނިޔޭގެ އެންމެ ބޮޑު ވެކްސިން އުފައްދާ ފެކްޓްރީގައި. މިއީ ޔޫކޭގައިވެސް ހުއްދަދީފައިވާ ވެކްސިނެއް.

    11
    26
  12. މިސިޒް

    Bayaku rangalhah kameh koddinas hajoo jahaathi. Vaanuvaa naygunas. Gamaaru viyas thankolheh boduvaru. Google ga jahaalabala ei kon vaccine eh thoa.

    8
    26
  13. އަޙްމަދު

    ތި ގެންނަ ބަޔަކު ފުރަމަޖެހުން އެންމެ ރަނގަޅީ!!!!

    36
    2
  14. މަރީ

    ޢަހަރެމެން ދިވެހިން ގެ ގަޔައް އިންޑިޔާ ވެކްސިން ޖެހުމަށް ފަހު ނިކުންނަ ނަތީޖާ އެއް ބެލުމަށް ފަހު އިންޑިޔާ މީހުން ވެކްސިން ޖެހުމަށް އޮތީ.

    35
    4
  15. ޙ

    ފުރަތަމަ އިންޑިއާގެ ރައްޔިތުންނަށް ދިނުން ގޯހީބާ

    39
    2
  16. އަބްދޫ

    ތިޔަ ވެކްސިން ޓެސްޓް ތައް ފުރިހަމައެއް ނުކުރޭ. ތިޔައީ ރާއްޖޭގަ ކުރިން ޓެސްޓްކުރަން އުޅުނު ވެކްސިން. މިހާރު ވެސް އެއުޅެނީޓެސްޓް ކުރަން. ނަން ނޯޓް އެކުރުވަނީ އެހެންވެ. ދުނިޔޭގެ ހުރިހާ ގައުމެއްގަ ވެސް ޓެސްޓަށް ވެކްސިން ދެނީ އެކަމަށް އެދޭފަރާތްތަކަށް . ކުރިން ބޭރު ކޮށްލީމަ އަނެއްކާ ވެސް ދިވެހި ބައްލަތަކަށް ޓެސްޓް ކުރަން ވެކްސިން ތިޔަގެންނަނީ. އިންޑިޔާ އަކުވެސް ތަރުހީބެއް ތިޔަ ވެކްސިނަކަށް ނެތް ގިނަމބަޔަކު ތިޔަ ވެކްސިންދިގެން ބަލިވެފަވޭ.

    35
    3
  17. ކުފައްކިރު ވާލާ

    މިޢީ އިންޑިއާއިން އުފެއްދި ވެކްސިނެއްނޫން. އޮކްސްފޯޑް އެސްޓްރަޒެނެކާގެ ކޮވިޝީލްޑް އަކީ އޮކްސްފޯޑްގެ ވެކްސިން. މީގެ ޑޯޒް ތައް އުފައްދަނީ އިންޑިއާއިން. އިންޑިއާގެ ބޭސްއުފައްދާ ކުންފުނި ތަކުން. މީގެ ކުރިންވެސް މިކުންފުނި ތަކުން އުފައްދާ އެތަކެއް އެއްޗެއް ދިވެއްސެއްވިއްޔާ ބޭނުން ކުރެވިފަ ހުންނާނި. މިހާރު މާ އަމައްޔާތް ވެގެން މިއުޅެނި.

    18
    30
  18. ކުލްސުމް

    ހުރިހާކަމަކާވެސް ކޯޅޭތި ބޯގޯސް ދިވެހިން

    2
    15
  19. ބޯގޯސް

    އެމްޑިޕީ މަރުމޯލުތައް ގަޔައް ތިޔަޖަހާ ތިޔަޖަހާގެންވެސް މައިތިރިވޭތޯބަލަން

    22
    1
  20. ....

    ކޮވިޝީލްޑަކީ އިންޑިއާގެ ވެކްސިން އެއް ނޫން އެއީ އޮކްސް ފޯޑުގެ ވެކްސިން. އިންޑިއާގެ ވެކްސިން އަށް ކިޔަނީ ކޮވެކްސިން.

    6
    4
  21. އަދުރެމެޓިސް

    އިދިކޮޅު ވަރަށް ކަޑަވާނެދޯ !

    4
    18
  22. އައްޑޫ މީހާ

    އިންޑިއާގައި މިވެކްސިން ޓެސްޓްކުރަން ވެކްސިން ޖެހި މިނިސްޓަރަކު މަރުވި ވާހަކަ ނޫސްތަކުގައި ޖަހާފައި މީގެކުރިން އޮތް

    19
  23. ސަބޭ

    ތިއަށް ކިޔަންވީ ލޯކަލް ކައުންސިލް ވެކްސިން އޭ

    21
  24. އަމީރާ

    ތި ފުރަތަމަ ޖަހާ ޓެސްޓު ކުރަންވީ މިބަލިމަޑުކަމުގަ މި ޤައުމު ދިރުވާލި ނުބައި ވެރިންގެ ގަޔަށް!

    23
  25. ޕިސް ޕިސް

    އިންޑިޔާ އިން ވެކްސިން ގެނާމަ ކަޑަ އެކަމް ބޭސްފަރުވާކުރަން އިޑިޔާއަށްދާން އޯކޭ. މިހުންނަނީ ދިވެހިންގެ ވިސުނުން ހުންނަ ގޮތަ

    7
    19
  26. Anonymous

    ރައްޔިތުންނޭ ވަރަށް ހޭލުންތެރިވޭ...ދިވެހި ސަރުކާރުން ރައްޔިތުންނަ އަންގާނުލާ އިންޑިޔާގެ ވެކްސިންގެނެސް އަހަރެމެން ނިކަމެތި ރައްޔިތުންގެ ގަޔަށްޖަހަންމިއުޅެނީ..ހޮސްޕިޓާތަކުން ފަރުވާހޯދަން އެނދުމަތިކޮއްފަތިބޭ މީހުންގެ ގަޔަށްޖަހާފާނެ ތިވެކްސިން..ޑޮކްޓަރުން ނަރުހުންގެތެރޭގަ ގިނައީ އިންޑިއާމީހުން...އެމީހުން އަހަރެމެން ދިވެހިންގެ ގަޔަށް ތިއެއްޗެނުޖަހާނެކަން ކިހިނެޔަގީންކުރާނީ...ވަރަށް ބިރުވެރި🤯🤯🤯

    21
    1
  27. އަލީބަލީ

    ޗައިނާ ވެކްސިން ނަމަނަމަ ނުގެންނާތި. އޭގެ އެފިކަސީ ހުރީ %50 ގައި. ބޭސް އުފައްދަން އިންޑިއާ ވަރެއް ނޯންނާނެ.

    2
    19
  28. ޙަޤީގަތް

    މިއީ އިންޑިޔާއިން އުފެއްދި ވެކްސިނެއްނޫން! މިއީ އޮކްސްފޯޑުގެ ވެކްސިން! މި ވެކްސިން ތައްޔާރުކުރަނީ އިންޑިޔާގަ! ދުނިޔޭގެ ގިނަ ވެކްސިންއަދި ބޭސް ތައްޔާރުކުރަނީ އިންޑިޔާގައި! އެއީ މަސައްކަތުގެ އަގުހެއޮ ވެފައި ޓެކްނިކަލް މީހުން ގިނަވީމައި އަގުހެއޮކޮށް އިނޑިޔާގެ ކާރުޚާނާތަކުގައި ތައްޔާރުކުރެވޭތީ ކުރާކަމެއް! މިފަދަ ޚައްސާސް ދަނޑިވަޅުގައި ވަގުތު ނޫހަށް ކިތަންމެ ތާއީދު ކުރިޔަސް، މަށަކަށް މީގެ ހެޑްލައިން ކަމަކު ނުދޭ! މީގެ ސަބަބުން ނުުބައި ނަތީޖާއެއް ނުކުމެދާނެ! ޕްލީސް ޗޭންޖް.

    10
    15
    • ފަހީމް

      ޕެނަޑޯލަކީވެސް އިންޑިޔާއިން އުފެއްދި ބޭހެއްނޫން..އެކަމަކު ރާއްޖެއައްގެންނަނީ ޕެނަޑޯލްގެ އިންޑިޔާގަ އުފައްދާފަ ހުރި ވައްތަރު. އޭގެ ކޮލިޓީ ޔޫރަޕުގަ އުފައްދާފަ ހުންނަ ޕެނަޑޯލައްވުރެ ދެރަކަން އިނގޭ. ވީމާ އޮކުސްފޯޑުގެ ވެކްސިންވެސް އިންޑިޔާއިން އުފައްދައިގެން ދޭން އުޅެނީ އަދި އެއީ ރައްކާތެރިއެއްޗެއްނޫން.

      6
      1
  29. ބަރަކު

    ތިޔަވެކުސިނަކީ އިންޑިއާއިން އަޖުމަބަލަން ދިވެހިންގަޔަށް ޖަހަންދޭވެކުސިނެއް ތިޔަވެކުސިން ފުރަތަމަ ހުރިހާދިވެހިންގެ ކުރިމަތީ ސޯލިހުއާއި އަންނިގަޔަށް ޖަހަން އެޗުޕީއޭއަށްގޮވާލަން.

    22
  30. ބަރަކު

    ތިޔަވެކުސިނަކީ އިންޑިއާއިން އަޖުމަބަލަން ދިވެހިންގަޔަށް ޖަހަންދޭވެކުސިނެއް ތިޔަވެކުސިން ފުރަތަމަ ހުރިހާދިވެތހިންގެ ކުރިމަތީ ސޯލިހުއާއި އަންނިގަޔަށް ޖަހަން އެޗުޕީއޭއަށްގޮވާލަން.

    21
  31. އަޙްމަދް

    އިންޑިޔާގައި ވެކްސިން ދިން 447 މީހުންނަށް ސިއްހީ މައްސަލަތައް
    އިންޑިޔާގައި ވެކްސިން ދިން މީހުންގެ ތެރެއިން 447 މީހުންގެ ފަރާތުން ސައިޑް އެފެކްޓް ނުވަތަ ސިއްހީ މައްސަލަތައް ފާހަގަ ކުރެވިއްޖެއެވެ.
    އިންޑިޔާގައި ކޮވިޑުން ރައްކާތެރިވުމަށް ހިންގަމުންދާ ވެކްސިން ކެމްޕޭނުގެ ދަށުން 200،000 އަށް ވުރެ ގިނަ މީހުންނަށް މިހާތަނަށް ވެކްސިން ދީފައިވާއިރު، ސައިޑް އެފެކްޓް ފެނުނު 447 ކޭސް ރިޕޯޓް ކޮށްފައިވެއެވެ.

    "ވެކްސިނަށް ސައިޑް އެފެކްޓް ފެނުނު 447 ކޭސް ހުށައަޅައިފައިވާއިރު، ތިން މީހަކު ވަނީ ހާލު ދެރަވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ." އިންޑިޔާގެ ހެލްތު މިނިސްޓްރީގެ ފަރާތުން މިނިސްޓްރީގެ ސެކްރެޓަރީ މަނޯހަރު އަގްނާނީ ބުނެފައިވެއެވެ.

    މިހާދިސާ އާއިގުޅިގެން ގްލޯބަލް ހެލްތު އެންޑް ބައޯއެތިކްސް ރިސަރޗާ، އާނަންތު ބާން ބުނެފައިވަނީ، "ގިނަ ބަޔަކަށް ވެކްސިން ދެމުން ދާއިރު، ވެކްސިނުގެ ނޭދެވޭ އަސަރު ކުރާތަން ފެނުމަކީ ނާދިރު ކަމެއް ނޫން ކަމަށާއި ނަމަވެސް އިންޑިޔާގެ ބަހާރަތު ބަޔޯޓެކް ކުންފުނިން އުފައްދާފައިވާ ކޯވެކްސިންގެ ރައްކާތެރިކަން ހާމަ ކުރުމަށްފަހު ވެކްސިން ދޭން ފެށި ނަމަ ރަނގަޅު ވީސް"ކަމަށެވެ.
    އިންޑިޔާގައި ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރުކުރެވިފައިވާ ވެކްސިންގެ ސައިޑް އެފެކްޓް ކޭސް ތަކެއް ހުށައެޅިފައިވާއިރު، މީގެ ކުރިން ނޯވޭ އިން ވެސް ވަނީ ކޮވިޑުން ރައްކާތެރިވުމަށް ތައްޔާރުކޮށްފައިވާ ވެކްސިންގެ ސައިޑް އެފެކްޓް ކޭސްތަކެއް ފެނިފައިވެއެވެ

  32. ތުއްތީދިބެ

    ތި ވެކްސިން އަށް އެއްމެ ފާޑު ކިޔާ މީހުން ތި ނުޖެހިގެން ކިޔުގަޖެހި، މާރާމާރީ ނުހިންގާފިއްޔާވެސް ނަސީބެއް.

    1
    3
  33. ޓާޓާ

    މަރުވިޔަސް އިންޑިޔާ ވެކްސިން ނުޖެހޭނެ

  34. ވެކްސިން

    ތިޔަ ވެކްސިން އަހަންނާ އަހަރެންގެ ޢާއިލާއަށް އިންޝާ ﷲ ނުޖަހާނަން. އަހަރަމެންނަކީ ޓެސްޓުކުރާ ލެބޯރޭޓަރީ މީދާތަކެއްނޫން.

  35. ޒާދު

    ސަރު ކާރުން ތިޔަނުދޭން އުޅެންވީ އޭރަށް ތިޔަ ފަހަތުން ހޯދަންވެސް ދުވާނެ ނުދިނިއްޔަ ގޯސްވެސް ވާނެ އަހަރެމެން ތިޔަ ޖަހާފާނަމޭ ބޭނުން ނުވާ މީހުން ތިބެބަލަ

    2
    4
  36. ނިޔާޒް

    ޢިންޑިއާއިން ގެންނަ ކޮވިޑް 19 ވެކްސިން ގޯސް.. އެކަމު އިންޑިއާ ޑޮކްޓަރުންނާއި ނަރުހުން އޯކޭ...އިންޑިއާއަށްގޮސް ޑޮކްޓަރައް ދެއްކުން އޯކޭ.. އިންޑިއާ ދެކި ކިތަންމެ ރުޅިއެއް އަޔަސް ޖެހޭނީ އެވެކްސިން ޖަހަން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ... އެވެކްސިން ނުޖަހަންޏާ މާފުށި ގޮޅީގަ އޮންނާނެ ކޮވިޑް 19ގެ ވަރައް ހާއްސަ ވެކްސިނެއް އެޖަހާ... ދެން އަތްޖަހާ....

    1
    4
  37. ޓިންޓި

    ފުރަތަމާއިނުންވެސް މިއުޅޭ ކެނެރީގެ އަޅުކަލޭގެ ގަޔަށް ޖަހާ

  38. ސައްޕެ

    ކިޑްނީ ފެއިލްކޮށްލާ އެއްޗެއް! ދަރިންނޭ ތިޔަ އެތި ނުޖަހާތި!

  39. ބާބޫ

    ކަނީރޫ ކަލޭވެސް ނުޖަހާނެ

  40. ޑީދި

    ނަސީދު އާއި ރައިސް ގަޔަށް ފުރަތަމަ ޖަހާ

  41. ނަސީދު

    މިރާއްޖޭގެރައްއިތުން ނަކީ އިންޑިޔާގެ ޓެސްޓް ލެބުގައި އުޅޭ މައުސްތަކެތްތަ ތިވެއްކްސިން ފުރަތަމަޖަހާ ހުރިހާ މަޖިލިސްމެންބަރުންގަޔައް ދެން ވެރިމީހާ އޭގެފަހުން ސޮޓޭޓް މިނިސްޓަރުން ދެން ޕާޓީގައި އުޅޭ ވެރިން ކަރައްޕްޓް މީހުންކަޔައް އޭރުން ގައުމް ދެންއޮތް ޖީލް އޯކޭވާނެ