މިއީ އެމެރިކާގެ ރައީސްކަމުގެ ހުވާ ޖޯ ބައިޑެން ކުރެއްވުމުގެ ރަސްމިއްޔާތާއި، އަދި ބައިޑެން އެމެރިކާގެ ވެރިކަމާއި ހަވާލުވާތީ ހިނގަމުންދާ ކަންކަމުގެ ތަފްސީލް ގެނެސްދޭ ލައިވް ބްލޮގް އެކެވެ. ބައިޑެން ހުވާ ކުރެއްވުގެ ރަސްމިއްޔާތު ފަށާނީ އެމެރިކާގެ އިރުމަތީ ސްޓޭޓްތަކަށް ހެނދުނު 11:30 ގައެވެ. އެއީ ރާއްޖޭ ގަޑިން މިރޭ 21:30 ގައެވެ.

23:47

21:10

އއެމެެރިކާގެ އިންތިހާބީ ނައިބް ރައީސް ކަމިއްލާ ހެރިސް ރަސްމިއްޔާތު އޮތް ކެޕިޓޮލްއަށް ވަޑައިގަންނަވައިފި.

21:05

ޓްރަމްޕް މިހާރު ވަނީ ފްލޮރިޑާއަށް ގޮސްފައި. އޭނާ ފްލޮރިޑާއަށް ދިޔުމުގެ ކުރިން ވަނީ ފެއާ ވެލް ޕާޓީއެއް ބާއްވާފައި.

21:02

އެމެރިކާގެ ކުރީގެ ރައީސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބިލް ކްލިންޓަން, ބަރަކް އޮބާމާ މި ވަނީ ރަސްމިއްޔާތަށް ވަޑައިގަންނަވައިފި

20:57

ކެޕިޓޮލްއަށް ވަޑައިގަތުމުގެ ތެރެއިން ޖޯއި ބައިޑަން ވަނީ އަނބިހާއަށް ހާއްސަ ޓްވީޓެއް ކުރައްވާފައި.

20:26

ބޮމެއް ގޮއްވާލާނެ ކަމުގެ އިންޒާރާއެކު އެމެރިކާގެ ސުޕްރީމް ކޯޓު ހުސްކޮށްފި

20:17

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންމެ ހަގު އަންހެން ދަރިފުޅު ޓިއްފަނީ ޓްރަމްޕް، ބައްޕަގެ ވެރިކަމުގެ އެންމެ ފަހު ދުވަހު އެންގޭޖްވި ކަން ހާމަކޮށްފި.

19:10

އެމެރިކާގެ އިންތިހާބީ ރައީސް ޖޯއި ބެއިޑެން، ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ކުޑަތަންވެފައިވަނިކޮށް، އެ ގައުމުގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އަނބިކަނބަލުން މެލޭނާ ޓްރަމްޕް ވައިޓް ހައުސް ދޫކޮށް ފުރައިފި

18:48

ޖޯއި ބައިޑަން ވެރިކަމާއި ހަވާލުވެވަޑައިގެން އެންމެ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނީ ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރެއްވުމަށް - ވައިޓް ހައުސްގެ ޕްރެސް ސެެކެރެޓަރީ ޖެން ޕްސަކީ

.

18:25

ޓްރަންޕް ވައިޓް ހައުސް ދޫކޮށް ނުކުމެއްޖެ. އޭނާ ދެން ބާއްވާނެ ކަމަށް ބެލެވެނީ ކުޑަ ފެއާވެލް ޕާޓީއެއް، އެ ޕާޓިއަށްފަހު އޭނާ ޕާމް ބީޗަށް ފުރާނެ.

18:19

އެމެރިކާގެ ނައިބް ރައީސް މައިކް ޕެންސް ޓްރަންޕަށް އަލްވަަދާއު ކިޔާފައި ވަނީ އިއްޔެކަމަށް ރިޕޯޓްތައް ބުނޭ، ޓްރަންޕް ފްލޮރިޑާއަށް ދިއުމަށް ފުރާ ރަސްމިއްޔާތަށް އޭނާ ވަޑައިނުގަންނަވާނެ،

މިއަދު އޮންނަ ޖޯއި ބެއިޑަން ހުވާ ކުރައްވާ ރަސްމިއްޔާތަށް ޕެންސް ފުރާވަޑައިގަންނަވާނީ އިންޑިއާނާއަށް

17:41

ޓްރަންޕް ވައިޓް ހައުސް ދޫކޮށް ވަރަށް އަވަހަށްދާނެ،، އަދި އޭނާ އެތަނުން ދިއުމުން ކުރިން ކުޑަ ފެއާވެލް ސެރެމަނީއެއް ބާއްވާނެ. އޭނާގެ އެންމެ ފަހު ޕްރެޒެޑެންޝިއަލް ފްލައިޓް ދާނީ ޕާމް ބީޗަށް

12:41

ޓްރަމްޕް އެމެރިކާގެ ނިއުކްލިއާ ހަތިޔާރުތައް ބައިޑެން އާއި ހަވާލެއް ނުކުރާނެ!

10:01

ވެރިކަން މިދޫކޮށްލަނީ ހަނގުރާމައެއް ނުފެށި ފުރަތަމަ ރައީސްއަށް ވީތީ ފަހުރުވެރިވެހުރެ - ޓްރަމްޕް

09:23

ގުދުސް އަކީ އިސްރާއީލްގެ ވެރިރަށް ކަމަށް ބައިޑެން ވެސް ނިންމާނެ - ބްލިންކެން


އެމެރިކާގެ ރައީސް ޖޯ ބައިޑެން ހުވާ ކުރުމުގެ ރަސްމިއްޔާތައް އެމެރިކާ ތައްޔާރުވެއްޖެއެވެ.

އެމެރިކާގެ 46 ވަނަ ރައީސްގެ ގޮތުގައި މިއަދު ބައިޑެން މަގާމާއި ހަވާލުވާއިރު އެމެރިކާ އޮތީ މީން ދުވަހަކު ސިޔާސީ ގޮތުން ބައިބައި ނުވާވަރަށް ބައިބައި ވެފައެވެ. މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިޑެން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރި ނުވުމަކީ އެކަމުގެ ހެއްކެކެވެ. ޓްރަމްޕް ގެންދަނީ އަދިވެސް ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރަން ދެކޮޅު ހަދަމުންނެވެ.

ބައިބައިވުންތައް އިތުރުވެފައި ވަނިކޮށް ބައިޑެން ފަދަ ތަޖުރިބާކާރަކު އެމެރިކާގެ ވެރިކަމާއި ހަވާލުވުމަކީ އެމެރިކާގެ ރައްޔިތުންނަށް އޮތް ހިތްހަމަޖެހުމެކެވެ. 50 ވަރަކަށް އަހަރު އެމެރިކާގެ ސިޔާސީ ދާއިރާގެ އެންމެ މަތީގައި މަސައްކަތް ކުރެއްވި ބައިޑެން އަކީ މަޝްވަރާ އަށް ވަރަށް ބޮޑަށް އިސްކަން ދެއްވާ ޑިޕްލޮމެޓެއްގެ ގޮތުގައި ތަޖުރިބާކާރުން ސިފަކުރެއެވެ.

ބައިޑެން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތައް އެމެރިކާގެ ހުރިހާ ސަރަހައްދެއް އަދި ހާއްސަކޮށް ވޮޝިންޓަން ޑީސީގެ ސަލާމަތީ ކަންކަން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. ހުވާ ކުރުމުގެ ރަސްމިއްޔާތުގެ ސަލާމަތީ ކަންކަން ބަލަހައްޓަން ވެސް ވަނީ 25000 ސިފައިން ނެރެފައެވެ.

ބައިޑެން ހުވާ ކުރެއްވުގެ ރަސްމިއްޔާތު ފަށާނީ އެމެރިކާގެ އިރުމަތީ ސްޓޭޓްތަކަށް ހެނދުނު 11:30 ގައެވެ. އެއީ ރާއްޖޭ ގަޑިން މިރޭ 21:30 ގައެވެ.