އެމެރިކާގެ ވެރިކަމުގެ ދައުރު ނިންމާލުމަށްފަހު ރައީސް ކަމުގެ މަގާމުން ދުރަށް ދަނީ ހަނގުރާމައެއް ނުފެށި އެމެރިކާގެ ފުރަތަމަ ރައީސްއަށް ވެވުނީތީ ވަރަށް ބޮޑަށް އެކަމާއި ފަހުރުވެރިވެހުރެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މިހެން ބުނީ ރައީސް ކަމުގެ ދައުރު ނިންމާފައި ވައިޓް ހައުސް އިން ނިކުތުމުގެ ކުރިން ދިން ވަދާއީ ހިޠާބުގައެވެ.

"އަޅުގަނޑު މިއަދު އެންމެ ބޮޑަށް ފަހުރުވެރިވަނީ އަޅުގަނޑަކީ ހަނގުރާމައެއް އަލަށް ނުފަށައި ވެރިކަމުގެ ދައުރު ނިންމާލި ފުރަތަމަ އެމެރިކާގެ ރައީސް އަށް ވުމުން. އެނގިވަޑައިގަންނަވާނެ އެމެރިކާގެ ރައީސުންގެ ތެރެއިން ވަރަށް ގިނަ ބޭފުޅުން ވަނީ ވެރިކަމަށް ވަޑައިގެން ހަނގުރާމަތައް ފަށާފައި. އަޅުގަނޑު އެފަދަ ކަމެއް ނުކުރަން. އެއީ ވަރަށް ބޮޑަށް ފަހުރުވެރިވާކަމެއް." ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް އަކީ އިޤުތިޞާދީ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދިން ރައީސެކެވެ. ޓްރަމްޕް ވަނީ ހަނގުރާމަ ކުރުމަކީ މާޚަރަދު ބޮޑު ކަމަކަށް ވާތީ ހަނގުރާމަ ކުރުމާއި ދެކޮޅަށް ރައީސް ކަމުގައި ހުރިއިރު ވެސް ވާހަކަ ދައްކާފައެވެ. ނަމަވެސް އެމެރިކާ އިން ބޭނުންވާ ކަންކަން ހާސިލް ކުރުމަށް އިޤުތިޞާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް ބައެއް ގައުމުތަކާއި މެދު ޓްރަމްޕް އެޅިއެވެ.

އަދި އެމެރިކާ އިން ބޭނުންވާ އަމާޒުތަކަށް ޓްރަމްޕްގެ ވެރިކަމުގައި ވެސް އެމެރިކާ އިން ހަމަލާތައް ދިނެވެ. ޓްރަމްޕްގެ ވެރިކަމުގައި ވަނީ އައިއެސްގެ ލީޑަރު ބަޣުދާދީ އާއި އީރާންގެ އަސްކަރީ ކޮމާންޑަރު ސުލައިމާނީ މަރާލާފައެވެ. އަދި އޭގެ އިތުރުން ވެސް އިރާޤާއި އަފްޣާނިސްތާން އަދި ސީރިއާގައި ވެސް ނިރުބުވެރިންނަށް އަމާޒުކޮށް އެމެރިކާ އިން ފާއިތުވި ހަތަރު އަހަރު ވެސް ހަމަލާތައް ދީފައި ވެއެވެ.

ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ އިން އަލަށް ހަނގުރާމައެއް ނުފެށި ނަމަވެސް ޓްރަމްޕްގެ ވެރިކަމަކީ އެމެރިކާ އެންމެ ބޮޑަށް ބައިބައިކޮށްލި ވެރިކަން ކަމަށް ޓްރަމްޕަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. "ސީއެންއެން" ގައި މިއަދު ބުނެފައި ވަނީ ޓްރަމްޕްގެ ވެރިކަމަކީ 1865 ވަނަ އަހަރު ނިމުނު އެމެރިކާގެ ދާހިލީ ހަނގުރާމައަށް ފަހު އެމެރިކާ އެންމެ ބޮޑަށް ބައިބައިވެގެން ދިޔަ ވެރިކަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މާސްޓަރ

    ޓްރަމްޕް ދެކެ ކިތަންމެ ރުޅިއަޔަސް ހަޤީގަތްވާނީ ހަމަ ހަޤީގަތަށް!

    34
    4
    • ހަގީގަތް

      ކޮން ހަގީގަތެއް؟؟ ހަނގުރާމައެއްނުފެށި ފުރަތަމަ ރައީސްއޯ އޮބާމާވެސް ނުކުރޭ ހަނގުރާމަ..ސީރިޔާ އަށް ބޮން އޮބާމާ އެޅި އެކަން އެއީ ޑައިރެކްޓް ހަނގުރާމައެއް ނޫން. ޓްރަމްޕު ވެސް ބޮންއެޅި ސީރިއާޔައަށް

      5
      6
  2. ބުރުނު

    މިކަކޭގެޔެކޭ މިގައުމުގަ މިހިރަ އަންނިޔެކޭ ތަފާތެއްނެތް ގައުމުހަލާކުކޮށްފަ ފަހުރުވެރިވަނީ.

    19
    3
  3. ބުރުނު

    މިކަލޭގެޔެކޭ މިގައުމުގަ މިހިރަ އަންނިޔެކޭ ތަފާތެއްނެތް ގައުމުހަލާކުކޮށްފަ ފަހުރުވެރިވަނީ.

    13
    3
  4. ޖައްބާރު

    ކަލޭ ކޮންކަމަކާ ތިފަހުރުވެރިވަނީ ސިކުނޑީގެ ތެތްކަމެއް ހުރިމީހަކަށް އެނގޭނެ ހަނގުރާމަ ކަލޭ ނުފެށީ އީރާނައް ބިރުން ކަން.. ކަލޭ އީރާނާ ހަނގުރާމަ ކުރަން އުޅުނު އެކަމަކު ޕެންޓަގަންއިން އެކަމަށް ހުއްދަ
    ނުދިން...

    10
    2
  5. ބޯގޯސް

    ހަނގުރާމަ ނުފެށީއަކީ ނޫން އެފުރުސަތު ނުލިބުނީ މިގައުމުގަވެސްއުޅޭ ތިވައްތަރައްއުޅޭމީހަކު އޭނަކައިރިން ދަސްކުރިމީހަކާ ބޮޑައްވައްތަރީ

    9
    2
  6. ސަނާ

    ވެރިކަން ދޫކޮށްލީކީ ނޫން ވެރި ކަމުން ބޭލީ .ދެފަހަރަށް އަޒުލް ކުރި