ކުށާ ގުޅޭ ކަންކަމުގައި ވިޔަފާރީގެ ނަޒަރަކުން ވިސްނީމަ، ކުށުގެ މައްސަލައަށް ހައްލު ގެންނާނެ ގޮތް ފެންނާނެ ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެެެވެ.

ޝަމީމް އޭނާގެ ބްލޮގްގައި މި ހަފްތާގައި ލިޔުއްވި ލިޔުއްވުމެއްގައި ވިދާޅުވެފައިވަނީ ކުށްކުރުމަކީ ޚަރަދު ބޮޑު ކަމެއް ކަމަށެވެެ. އަދި މޫނަކަށް ކަނދުރާއަކަށް ބެލުމެއް ނެތި ގާނޫނު ތަންފީޒު ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެެވެ.

ޝަމީމް ވިދާޅުވާ ގޮތުން ނަމަ ކުށްކުރާ މީހުން ޖަހަނީ ހިސާބެކެވެ. އެ ހިސާބަކީ ކުށް ކުރުމުގެ އަގަކީ ކޮބައިތޯ ބެލުމެވެ. ޝަމީމް ވިދާޅުވީ ކުށް ކުރާ މީހުން އެކަން ކުރަނީ، ކުށް ކޮށްގެން (ޙަރާމް ގޮތުގައި ވިޔަސް) ލިބެން އޮތް މަންފާއާއި، ކުށް ނުކޮށް އުޅުމުން "ގެއްލިގެންދާ" މަންފާއާ އަޅާ ކިޔުމަށް ފަހުގައި ކަމަށެވެ.

ޝަމީމްގެ އެ ލިޔުއްވުމުގައި ކުށް ނުކުރުން ކުށް ކުރުމަށް ވުރެ އަގު ހެޔޮވާ ފަހަރުތަކުގެ މިސާލުތައް ދެއްވާފައިވެއެވެ. އެގޮތުން އިނގިރޭސި ވިލާތުގައި ރޭލުގެ ޓިކެޓުގެ އަގު ބޮޑު އިރު ބައެއް ރޭލު ސްޓޭޝަނަކު ސަރުދާރެއް ނުހުންނަ ކަމަށް އޭނާ ވިދާޅުވެއެވެ. އެތަންތަނުގައި ހުންނަނީ އަމިއްލައަށް ޓިކެޓު ގަންނަ މެޝިނަކަށް ވުމުން ޓިކެޓާ ނުލައިވެސް ރޭލަށް އެރޭކަން އޭނާ ފާހަގަކުރެއެވެ.

ނަމަވެސް، ޞައްޙަ ޓިކެޓެއް ނެތި، ރޭލުގައި ހުއްޓާ ޓިކެޓު ބަލާ މީހާގެ އަތްދަށު ވެއްޖެނަމަ، ވަގުތުން ވަގުތަށް، 200 ޕައުންޑުން ޖޫރިމަނާ ކުރާ ކަމަށް ޝަމީމް ވިދާޅުވެެއެވެ. އެހެންކަމުން ފަސް ޕައުންޑަށް ލިބޭ ޓިކެޓެއް ނުގަނެ، 200 ޕައުންޑުން ޖޫރިމަނާ ކުރުމުގެ ފުރުޞަތު އޮންނަ ކަމެއް ކުރުމަކީ ޚަރަދުގެ ގޮތުން ބަލާއިރު ކުށް ކުރުން އަގުބޮޑުވާ ސަބަބެއް ކަމަށް ޝަމީމް ވިދާޅުވިއެވެ.

ހަމައެގޮތަށް ސިންގަޕޫރުގައި މަގުމައްޗަށް ކުނި އަޅާ މީހުންނާއި، މަނާ ސަރަޙައްދުގައި ސިނގިރޭޓު ބޯ މީހުން ވެސް ބޮޑު ޖޫރިމަނާ އެއް ކުރާކަން އޭނާ ވަނީ ފާހަގަކުރައްވާފައެެވެ.

ޝަމީމްގެ މި ލިޔުއްވުމުގެ އަސްލު ބިނާވީ މޫދަށް ކުނިއެޅުން ހުއްޓުވިދާނެ ކަމަށާއި އެކަމަށް ބޭނުންވަނީ ހިތްވަރެއް ކަން ހާމަކޮށްދެއްވުމަށެވެ. ލިޔުންތަކަށް ބަލާއިރު މޫދަށް ކުނިއަޅަނީ، ރިސޯޓުން ކުނި ނަގައިގެން ކުނި ނައްތާލާ މަރުކަޒަށް ގެންދިއުމާ ދެމެދު ހިނގާ ވަގުތު ކަން އެނގޭ ކަމަށް އެ ލިޔުމުގައިވެއެވެ.

" ވިޔަފާރީގެ ނަޒަރުން ބެލުމުން، އެކަން މަނާކުރަން ކުރަންވީ ކަންކަން އެނގެއެވެ. އެކަން ކުރަނިކޮށް އަތުލައިގަނެވޭ ހަމަ ކޮންމެ ދޯންޏެއް، އެކަން ކުރުމަކީ ޚަރަދު ބޮޑު ކަމަކަށް ވާވަރަށް ޖޫރިމަނާ ކުރަންވީއެވެ. ބްލެކްލިސްޓު ކުރަންވީއެވެ. ވަކި މުއްދަތަކަށް އެދޯނި ސަސްޕެންޑުވެސް ކުރަންވީއެވެ. އެމުއްދަތުގައި ސަރުކާރުގެ އެއްވެސް މަސައްކަތެއް އެދޯންޏަށް ނުދޭންވީއެވެ. އެދޯންޏަށް ވިޔަފާރި ދޭ ރިސޯޓުތައްވެސް ޖޫރިމަނާ ކުރަންވީއެވެ. އޭރުން، މޫދަށް ކުނިއެޅުން ވާނީ ޚަރަދު ބޮޑު ކަމަކަށެވެ. އެކަން، ހަމަ ވަގުތުންވެސް ހުއްޓޭނެއެވެ." ޝަމީމް ލިޔުއްވާފައިވެއެވެ.

ޝަމީމް ވަނީ ތަންފީޒުކުރުމުގެ އިރާދައެއް ހުރީވިއްޔާ ގާނޫނަކަށްވެސް ބަދަލެއް ނުގެނެސް އިދާރީ ގޮތުން ކުނި އެޅުމުގެ މައްސަލަ އަށް ހައްލު ލިބިދާނެ ކަމަށް ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    މަދަރިޔާ! މީނަ މީ ޕީޖީއެއްތަ؟ ނޫނީ މާފިޔާ ލީޑަރެއްތަ؟ އޭތް ޕިޖާމާ ބެއްޔާ! ވިޔަފާރީ އުސޫލުން މީހުން ވަގަށްނަގާނެ މީހުންކޮޅެއް ހޯދާދީބަލަ! ކަލެޔަށްވިއްޔާ މިކަން އެންމެ ރަގަޅަށް އެ އެނގެނީ!

    15
    2
  2. ކްރިމިނޮލޮޖީ

    ކަލޭ ތިދައްކާވާހަކައަކީ ކްރިމިނޮލޮޖީގެ އެއްވެސް ހިސާބެއްގައެ ހުރި ވާހަކައެއްނޫން

    18
    1
  3. ޣ

    ވިޔަފާރިއެއްކަން އެނގޭ ކަލޭ ޖިނާއީ މައްސަލަތަކުން އާމްދަނީ ނަގަމުންދާއިރު
    އެންމެ ބޮޑު ޑްރަގު މައްސަލަ ވިޔަފާރިބއުސޫލުން ކޯޓުން ބޭރުން ނިންމިކަން
    ކަލޭތީ އިސްލާމް ދީނުގެ އަދުއްވު އަންނި ހަދައިގެން އުޅެ އެމްޑީއެންގެ ރައީސްކަން

    15
    1
  4. ކައުންސެލަރު

    އެއީ ކިހިނެއް؟ ހެޔޮނިޔަތުގާ ކުށްކުރީމާތާ ދޯ؟ ކޮބާ ލަދު؟