އެމެރިކާ އަކީ އެންމެ ގިނަ ނިއުކްލިއާ ހަތިޔާރު އޮތް ގައުމެވެ. ނިއުކްލިއާ ހަތިޔާރުތަކުން ހަމަލާއެއް ދެވޭނީ ސީދާ އެމެރިކާގެ ރައީސް އަކަށް ހުންނަވޭ ބޭފުޅަކު އެކަމަށް ބޭނުންކުރާ ކޯޑެއް ޖެއްސެވުމުން ކަމަށް ވެއެވެ. ނިއުކްލިއާ ހަތިޔާރުން ހަމަލާ ދިނުމަށް ބޭނުންވާ ކޯޑް އެމެރިކާގެ ރައީސް ވަޑައިގަންނަވާ ކޮންމެ ތަނަކަށް ގެންދަވައެވެ. ފްލައިޓަކަށް އަރައިވަޑައިގެންނެވި ނަމަވެސް ރަސްމީ ދަތުރުފުޅެއްގައި ތަނަކަށް ވަޑައިގެންނެވި ނަމަވެސް ހާއްސަ ދަބަހެއްގައި މިކޯޑް ގެންދަވައެވެ. ކޯޑް ރައްކާ ކޮށްފައި އޮންނަ ދަބަހަށް ކިޔަނީ ނިއުކްލިއާ "ފުޓްބޯޅަ" އެވެ.

އެމެރިކާގެ އާދަކާދައަކީ އަބަދުވެސް ވެރިކަމުގައި ހުންނަވާ ރައީސަކު، ވެރިކަމުން ފައިބައިވަޑައިގަންނަވުން ވެރިކަމަށް ދެން އަންނަ ރައީސަކާއި ނިއުކްލިއާ ފުޓްބޯޅަ ހަވާލު ކުރުމެވެ. ނަމަވެސް އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއާދަކާދައަށް ތަބައެއް ނުވާނެއެވެ. ޓްރަމްޕް ވަނީ ނިއުކްލިއާ ފުޓްބޯޅަ ބައިޑެން އާއި ހަވާލު ކުރުމުގައި އޭނާ ބައިވެރި ނުވާން ނިންމާފައެވެ.

ބައިޑެން އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރިފަހުން ޓްރަމްޕް ބައިޑެން އާއި ބައްދަލެއް ވެސް ނުކުރެއެވެ. މިއަދު ބައިޑެން ހުވާކުރަން ބާއްވާ ރަސްމިއްޔާތުގައި ވެސް ޓްރަމްޕް ބައިވެރިއެއް ނުވާނެއެވެ.

ބައިޑެން ހުވާކުރާއިރު ޓްރަމްޕް ހުންނާނީ ފްލޮރިޑާގައެވެ. އެމެރިކާ އަސްކަރިއްޔާގެ އޮފިޝަލުން މައުލޫމާތު ދޭގޮތުގައި ނިއުކްލިއާ ފުޓްބޯޅަ ޓްރަމްޕް ފްލޮރިޑާއަށް ދާއިރު ގެންދާނެއެވެ. ނަމަވެސް މިއަދު އެމެރިކާ ގަޑިން 23:59 ވުމާއިއެކު ނިއުކްލިއާ ފުޓްބޯޅަ ވޮޝިންޓަން ޑީސީއަށް ގެންގޮސް އާރައިސް ބައިޑެން އާއި ހަވާލު ކުރާނެ ކަމަށް އަސްކަރިއްޔާގެ އޮފިޝަލުން ވިދާޅުވެއެވެ.

އެމެރިކާގެ ވެރިކަމާއި ބައިޑެން ހަވާލުވާނީ ރާއްޖޭ ގަޑިން މިރޭ 22:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ރެފްރީ

  ހެ ހެ ހެ .. ނިއުކްލިއަ ހަތިޔާރުތައް
  ހި ފައިގެންގޮސް ވިއްކާލާތި!! ބޯބޮޑު މޮޔަގެރިއެއްކަހަލަ އިންސާނެއްމީ .
  ތިގޮތުގަކިހާދުވަހަކުހުރެވިދާނެބާ؟؟

  23
  3
  • ގަބޫލު ކުރޭ

   ރަގަނޅު ވާހަކައެއް ބުރޯ..އެކަމަކު މި ހަބަރު ސައްހަ އެއް ނޫން ނިއުކްލިއަރ ހަނތިޔާރުގައި ދުނިޔޭގެ1ވަނަ އަކީ އެމަރިކާ އެއް ނޫން އެންމެ ގިނަ ނިއުކްލިއަރ ހަތިޔާރު ހުންނާނީ ރަޝިއާ އަތު..ވަގުތު ނޫސްގެ
   މިސްޓޭކެއް

 2. ރިހާކުރުކުޑޭ

  މާދަމާތިސޮރުހި ފާހައްޔަރުކުރަންޖެހޭނެ!!
  ތިސޮރަށްހައްގުވެގެންވަނީ ޖަލުގެގޮޅިއެއް!!

  24
  2
 3. އެންދެރި

  އެމެރިކާގެ ވެރިކަމާއި ބައިޑެން ހަވާލުވާނީ ރާއްޖޭ ގަޑިން މިރޭ 22:00 ގައެވެ.
  މިމުލޫމާތު ރާއްޖޭގެ ގިނަ ނޫސްތަކުން ހާމަ ނުކުރެ އެވެ.
  ވަގުތު ވ ފުރިހަމަ އެވެ.

  14
  1
 4. ބޯގުޑާ

  ވެރިކަން ގެއްލުމަށްފަހު ތިބުނާ ނިއުކުލިއަރ ހަތިޔާރުތައް ފޮރުވައިގެން ޓްރަމްޕް ހުރެފިނަމަ އޭނާވާނީ ޓެރަރިސްޓަކަށް. ޓްރަމްޕްގެ ޖީބުގަތޯ ކެމިކަލް ހަތިޔާރުތައް ބަހައްޓާފަ ހުންނަނީ. މަހަމަ ހީހީ ހަލާކު.

  9
  2
  • ސާމިޔާ

   ހެ ހެ . އެންމެނަށްވެސްއެނގޭ ޓުރަމްޕު ނިއު ކްލިއަ ހަތިޔާރު
   ރައް ކާ ކޮށްފަހުންނަނީ ކޮންތާ ކުގަ ކަން ..