އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންމެ ހަގު އަންހެން ދަރިފުޅު ޓިއްފަނީ ޓްރަމްޕް މިއަދު އެންގޭޖްވި ކަން ހާމަކޮށްފިއެވެ.

މިއަދަކީ ޓްރަމަޕްގެ ވެރިކަމުގެ އެންމެ ފަހު ދުވަހުއެވެ. އެގައުމުގެ އިންތިހާބީ ރައީސް ޖޯއި ބައިޑެން ކުރިއަށް އޮތް ގަޑިއެއްހާ އިރު ތެރޭގައި އެމެރިކާގެ ރައީސް ކަމާއި ހަވާލުވާނެ އެވެ.

ޓިއްފަނީ މިއަދު ވަނީ ކަޅުކުލައިގެ ހެދުމެއް ލައިގެން، އަތުގައި އެންގޭޖްމެންޓް ރިންގ އަޅުވައިގެން، ލޯބިވެރިޔާ މައިކަލް ބައުލޮސްއާއެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމް ކޮށްފައެވެ.

 

View this post on Instagram

 

A post shared by Tiffany Ariana Trump (@tiffanytrump)

ވެނިޓީ ފެއާ އިން ބުނާގޮތުގައި، ޓިއްފަނީގެ ލޯބިވެރިޔާއަކީ ބިލިއަނަރެއްގެ އާއިލާއަށް ނިސްބަތްވާ މީހެކެވެ.

ޓިއްފަނީ އަކީ ޓްރަމްޕްގެ ދެވަނަ އަނބިމީހާ މަރްލާ މެޕްލްސްގެ ދަރިފުޅެވެ.

ސީއެންއެންގެ ރިޕޯޓްތައް ބުނާގޮތުގައި، ޓިއްފަނީ ވަަނީ ޖިއޯޖްޓައުންގެ ލޯ ސްކޫލުން ތައުލީމް ހާސިލްކޮށްފައެވެ. އޭނާ ތައުލީމް ހާސިލްކޮށްފައި ނިންމާލާފައި ވަނީ މިދިޔަ އަހަރުގެ މެއި މަސް ތެރޭގައެވެ.

ޓިއްފަނީ އަކީ މާބޮޑަށް މީޑިއާ އާ ކައިރިން އުޅުނު މީހެއް ނޫނެވެ. ޓްރަމްޕްގެ ދެން ތިބި ދަރިންނަކީ ވަރަށް ބޮޑަށް މީޑިއާއާ ރައްޓެހި ބައެކެވެ.

ނަމަވެސް ޓިއްފަނީ ބައްޕައަށް ކެމްޕޭން ކޮށްދިނުމުގައި އުޅެފައި ވެއެވެ.

އުމުރުން 78 އަހަރުގެ ޖޯއި ބައިޑަން މިއަދު އެމެރިކާގެ ރައީސްކަމާއި ހަވާލުވެވަޑައިގަންނަވާއިރު، އޭނާ ވެފައި ވަނީ އެމެރިކާގެ 46 ވަނަ އިންތިހާބީ ރައީސް އަށެވެ.

 

ކިޔުންތެރިންގެ ހިޔާލު