ބޮމެއް ގޮއްވާލާނެ ކަމުގެ އިންޒާރާއެކު އެމެރިކާގެ ސުޕްރީމް ކޯޓު ހުސްކޮށްފި އެވެ.
ސީއެންއެން އިން ބުނީ، އެެމެރިކާގެ ސުޕްރީމް ކޯޓުގައި މިހާރު ގިނަ އަދަދެއްގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެމެރިކާގެ ސުޕްރީމް ކޯޓުގައި ބޮމެއް ގޮއްވާލާނެ ކަމުގެ އިންޒާރު ދީފައިމި ވަނީ އެމެރިކާގެ އިންތިހާބީ ރައީސް ޖޯއި ބައިޑެން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ފަށަން ކުޑަތަންވަމުން ދަނިކޮށެވެ.
ސަލާމަތީ ސަބަބުތަކަށްޓަކައި ބައިޑަން ހުވާ ކުރައްވާ "ނޭޝަނަލް މޯލް"އަށް އާއްމުން ނުވައްދާނެ އެވެ.
މިގެ ކުރިން އެމެރިކަގެ ކޮންމެ ރައީސެއްވެސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް "ނޭޝަނަލް މޯލް"އަށް އެމެރިކާގެ 200،000 މީހުންނަށް ޖާގަ ދެއެވެ.
ނަމަވެސް މިއަދު ހުވާ ކުރައްވާއިރު، މީހުންގެ ބަދަލުގައި "ނޭޝަނަލް މޯލް"އިން ފެންނަނީ އެމެރިކާގެ 56 ސްޓޭޓާއި އާއި ޓެރިޓޮރީސް ރަމްޒުކޮށްދޭ 200،000 ދިދައެވެ.
ސުޕްރީމް ކޯޓުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އެ ކޯޓު ގޮއްވާލާނެ ކަމުގެ އިންޒާރު ލިބުނު ކަމަށާއި، އެއާއެކު އެ ކޯޓު އިމާރާތާއި އަދި ބޭރުވެސް ބަލާފައިވާނެ ކަމަށެވެ. ނަމަވެސް އިމާރާތް ހުސްކޮށްފައިނުވާނެ ކަމަށް އެ ކޯޓުން ނެރުނު ބަޔާނުގައި ވެއެވެ.
There is a bomb threat at the supreme court. Deleted last tweet because we are now told the building is not being evacuated. It was closed to the public for Covid. Much bigger national Guard presence. pic.twitter.com/iLVoY6A9pb
— Alex Marquardt (@MarquardtA) January 20, 2021
ކޮވިޑް-19 އާ ގުޅިގެން އެ އިމާރާތް ހުރީ އާއްމުންނަށް ބަންދުކޮށްފައެވެ.
އެމެރިކާ ޑިމޮކްރަސީއަށް ފައްކާވެފައި ދޮންވެގެން ފާ ވެފައިވާ މިންވަރު ވަރަށް ސާފުނޫންތޯ.