އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވި ފަހުން މުސްލިމް އަޣުލަބިއްޔަތު އޮންނަ ގައުމުތަކުގެ މީހުންނަށް ވަނީ އެގައުމަށް އެތެރެވުން މަނާކޮށްފައެވެ. އޭގެ ފަހުން މުސްލިމުންނަށް އަންނަނީ އެކި ކަހަލަ ގޮންޖެހުންތައް ދިމާވަމުންނެވެ.

އެމެރިކާގެ ރައީސްކަމާ ޓްރަމްޕް ހަވާލުވެ ވަޑައިގެން އެންމެ ފުރަތަމަވެސް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، މުސްލިމް މެޖޯރިޓީ އޮންނަ ބައެއް ގައުމުތަކުން އެމެރިކާއަށް މީހުން ޒިޔާރަތް ކުރުން ވަނީ މަނާކޮށްފައެވެ. އެގޮތުން އެމެރިކާއަށް އެތެރެވުން މަނާވެފައި ވަނީ އީރާން، ލީބިއާ، ސޯމާލިއާ، ސީރިއާ އަދި ޔަމަން ފަދަ ގައުމުތަކުގެ މީހުންނަށެވެ.

މިކަމުގެ ސަބަބުން ޓްރަމްޕަށް ވަނީ ރުޅިވެރިކަމާއި ނަފުރަތު ލިބިފައެވެ. ޓްރަމްޕްގެ ވެރިކަން ނިމިގެން ދިޔައީވެސް ގިނަ ބަޔަކު އޭނާއަށް ނަފްރަތުކަރަމުން ދަނިކޮށެވެ.

މިގޮތަށް ޓްރަމްޕް ކުރި މަސައްކަތަށް ރިއާޔަތްކޮށް ޓްރަމްޕް ބުނެފައިވަނީ އެފަދަ ފިޔަވަޅުތަކެއް އަޅާފައިވަނީ އެމެރިކާ ހިމާޔަތްކުރުމުގެ ޒިންމާ އުފުލަން ޖެހިފައިވާތީ ކަމަށެވެ.

ނަމަވެސް މިހާރު އެމެރިކާގައި އަލަށް ރައީސް ކަމުގެ ހުވާ ކުރެއްވި ޖޯ ބައިޑެން ވެރިކަމާ ހަވާލުވުމާ އެކީ ގިނަ މުސްލިމް ގައުމުތަކުން އަންނަނީ އެ ބަދަލު އުވާލާނެ ކަމަށް ގަބޫލު ކުރަމުންނެވެ.

ބައިޑަންގެ ޓީމުން ޚަބަރު ލިބޭ ގޮތުގައި ޓްރަމްޕްގެ ސަރުކާރުގެ އެ އުސޫލު ބާތިލު ކުރުމަށްޓަކައި ރިޔާސީ އަމުރެއްގައި ބައިޑެން ސޮއި ކުރައްވަން ވަނީ ހަމަ ޖެހިފައެވެ. މީގެ އިތުރުންވެސް އިތުރު 16 އަމުރެއްގައި ވެސް ބައިޑަން ސޮއިކުރައްވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އޭގެ ތެރޭގައި ކޮވިޑް-19 އިން އަރައިގަތުމާއި އިގުތިސޯދާ ގުޅުން ހުރި ކަންކަން ހިމެނެއެވެ.

ކުރީގެ ރައީސް ބަރަކް އޮބާމާގެ ދައުރުގައި އެމެރިކާގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވި ޖޯ ބައިޑެންއަކީ އެމެރިކާގެ ރައީސްކަމާ މިހާތަނަށް ހަވާލުވެވަޑައިގަންނަވާ އުމުރުން އެންމެ ދޮށީ ބޭފުޅާއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އޭނަ ވެރިކަމުގަ ހުންނައްޏާ ޔަހޫދީން ރުއްސަންޖެހޭނެ ޒައާމަތު ބަދަލުވިޔަސް ސިޔާސަތު ބަދަލެއް ނުކުރާނެ އެއެއްޗަކުން ބޭރުވާނީ އެއެއެްޗެއްގައި ހުރި އެއްޗެއް

  2. ހުސޭނުބޭ

    އެމެރިކާގެ ވެރިންނަނީ ޔަހޫދީންގެ މުށުގައި ފިތިފައިވާ ބަޔެއް! ތިއީ ވަރަށް ނުވާނެ ކަމެއް!