އެމެރިކާ އަށް މުސްލިމުން އެތެރެވުން މަނާ ކުރަން އެ ގައުމުގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނެރުނު އަމުރު، އެމެރިކާގެ އާ ރައީސް ޖޯ ބައިޑެން އުވާލައްވައިފިއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވި ފަހުން މުސްލިމުންނަށް އެތައް އުނދަގުލަކާ ކުރިމަތިލާން ޖެހުނެވެ. އެގޮތުން ޓްރަމްޕް ނިންމި ބޮޑު އެއް ނިންމުމަކީ މުސްލިމް އަޣުލަބިއްޔަތު އޮންނަ ގައުމުތަކުގެ މީހުންނަށް ވަނީ އެގައުމަށް އެތެރެވުން މަނާ ކުރުމެވެ.

މީގެއިތުރުން ބައިޑެން ވަނީ އެމެރިކާގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުން ދާތީ އެ ގައުމުގައި މާސްކް އެޅުން މަޖުބޫރުކޮށްފައެވެ. މީގެކުރިން ސިއްހީ އެތައް މާހިރުންނެއް މާސްކް އެޅުން މަޖުބޫރު ކުރުމަށް އެދެމުން ދިޔަ ނަމަވެސް ޓްރަމްޕް ވަނީ އެކަމާ ދެކޮޅު ހަދައިފައެވެ. ދުނިޔޭގައި ހަލުވިކަމާ އެކު، ފެތުރެމުން އަންނަ ކޮވިޑް-19 އަށް ޓްރަމްޕް ފައްސިވި އިރު، އޭނާއަކީ މާސްކް އެޅުމާ މުޅިން ދެކޮޅު ހެދި މީހެކެވެ.

ބައިޑެން ނިންމި ނިންމުންތަކުގެ ތެރޭގައި ޑަބްލިއުއެޗްއޯއާ ގުޅުން ކަނޑާލަން ޓްރަމްޕް ނިންމި ނިންމުމަށް އަމަލު ކުރުން މަޑުޖައްސާލުމުގެ އަމުރެއްގައި ބައިޑެން ސޮއިކުރެއްވުން ހިމެނެއެވެ.

އެމެރިކާއަށް އެތެރެވުން މަނާވެފައިވާ ގައުމުތަކުގެ މީހުންގެ ތެރޭގައި އީރާން، ލީބިއާ، ސޯމާލިއާ، ސީރިއާ އަދި ޔަމަން ފަދަ ގައުމުތަކުގެ މީހުން ހިމެނެއެވެ.މިކަމުގެ ސަބަބުން ޓްރަމްޕަށް ވަނީ ރުޅިވެރިކަމާއި ނަފުރަތު ލިބިފައެވެ. ޓްރަމްޕްގެ ވެރިކަން ނިމިގެން ދިޔައީވެސް ގިނަ ބަޔަކު އޭނާއަށް ނަފްރަތުކަރަމުން ދަނިކޮށެވެ.

ޓްރަމްޕް ކުރިން ބުނެފައިވަނީ އެފަދަ ފިޔަވަޅުތަކެއް އަޅާފައިވަނީ އެމެރިކާ ހިމާޔަތްކުރުމުގެ ޒިންމާ އުފުލަން ޖެހިފައިވާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޘަވީން

  ހަދާންބަހައްޓަންޖެހޭ ތިހެންހެދިޔޭކިޔާފައި މީހުން ހީކޮށްގެންނުވާނެ ބައިޑަން އަކީ ރަގަނޅު މީހެއް
  ކަމަށް..ތީނަ ޔޫސް ކުރަނީ ޑިޕްލޮމަސީ ޓްރަމްޕު ކަހަލަ
  ހަރުކަށިފިކުރެއްނޫން...ސަބަބަކީ ހަރުކަށިވިޔޭ ކިޔާފައި އީރާނަކަށް ކަމެއް ކޮށް ނުލެވޭނެ..މިކަން
  ބައިޑަން ދަނޭ

  25
  7
  • ސަލާމް

   ރަގަނޅު ވާހަކައެއް..

 2. އައްމަޑޭ

  އަލްހަމްދުލިﷲ

  37
  1
 3. އަރެންގެ ވަގުތު

  އަލްހަމްދުލިﷲ

 4. ޖަމަލު ފޮޑި

  އެއްގަހުގެ ކެޔޮ...