ދުނިޔޭގެ އެންމެ ދިގު ކޮމާޝަލް ފްލައިޓް ދަތުރު ކުރަން ސިންގަޕޯ އެއާލައިންސް އިން ތައްޔާރުވެއްޖެއެވެ.

ސިންގަޕޫރުގެ ޗަންގީ އިން ނިއު ޔޯކަށް ކުރާ މި ދަތުރަކީ 18 ގަޑިއިރާއި 45 މިނެޓް ހޭދަވާނެ ދަތުރެކެވެ. ސިންގަޕޯ އެއާލައިނުން ބުނި ގޮތުގައި މި ދަތުރު ކުރާނީ އޮކްޓޫބަރު މަހުއެވެ.

މި ދަތުރަށް ބޭނުންކުރާނީ އޭ 350-900 ޔޫއާރްއެލް މަރުކާގެ ފްލައިޓެވެ. މި ފްލައިޓަކީ 161 ފަސިންޖަރުންގެ ޖާގައިގެ ފްލައިޓެކެވެ. އޭގެ ތެރޭގައި ހިމެނެނީ 67 ބިޒްނަސް ކްލާސް އަދި 94 ޕްރިމިއަމް އިކޮނޮމީ ސީޓެވެ.

ސިންގަޕޯ އެއާލައިންސް އިން މީގެ ކުރިން 2004 ވަނަ އަހަރުން 2013 ވަނަ އަހަރާއި ހަމައަށް އެ ފަދަ ދިގު ދަތުރުތަކެއް ކޮށްފައިވެއެވެ. ނަމަވެސް ދަތުރުތައް ކެންސަލްކުރީ އުންމީދު ކުރި ވަރަށް އާމްދަނީ ނުލިބޭތީއެވެ.

ސިންގަޕޯ އެއާލައިނުން ކުރާ މި ދަތުރުގައި އިކޮނޮމިކް ކްލާހުގެ ފަސިންޖަރުންނަށް ބައިވެރި ނުވެވޭނެ ކަމަށް ސިންގަޕޯ އެއާލައިނުން ބުނެއެވެ.

މިއަހަރު މާޗް މަހު އޮސްޓްރޭލިއާއިން އިނގިރޭސިވިލާތަށް ނުހުއްޓައި ކުރެވޭ 17 ގަޑިއިރުގެ ދިގު ދަތުރު ކަންޓަސް އެއާލައިންގެ މަތިންދާބޯޓަކުން ވަނީ ކޮށްފައެވެ.

498 ކިލޯމީޓަރުގެ ދިގު އެ ދަތުރަށް މުޅިއަކު 17 ގަޑިއިރު ހޭދަވެގެންދިޔައިރު އެއީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އާއި ދެމެދުގައި މަތިންދާބޯޓެއް ހުއްޓާނުލައި ސީދާ ދަތުރުކުރި ފުރަތަމަ ފަހަރެވެ. ކަންޓަސްއިން އެ ދަތުރަށް ބޭނުންކޮށްފައިވަނީ ބޮއިންގް 9-787 ޑްރީމްލައިނާރގެ މަތިންދާބޯޓެކެވެ. އެއީ ބޯއިންގް 747އަށްވުރެ ދެ ގުނަ މަދުން ތެޔޮ ބޭނުންކުރާ މަތިންދާބޯޓެއްކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. 498 ކިލޯމީޓަރު ތިއީ 1 ގިނަވެގެން 1 ގަޑިއިރުގެ ފްލައިޓެއް..ތިޔައީ މާލެއިން ފުރައިގެން ފުވައްމުލަކަށް ދިޔުން ކަހަލަކަމެއް!

  2. ހަމަބުނެލީ

    15201 ކިލޯމީޓަރ