ދުނިޔޭގެ އެކިކަންކޮޅުތަކުން ކޮވިޑް-19 ޖެހިގެން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 17،365 މީހުން މަރުވެއްޖެއެވެ.

‎ކޮވިޑް-19ގެ ފަހުގެ ތަފާސް ހިސާބުތައް ގެނެސްދޭ ގައުމީ އިދާރާއަކުން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރު އެެންމެ ގިނަ ބަޔަކު މި ބަލި ޖެހިގެން މަރުވެފައިވަނީ އެެމެރިކާއިންނެވެ. އެގައުމުން 4،374 މީހަކު މަރުވެފައިވާއިރު، ދެވަނައަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ އިނގިރެސިވިލާތުންނެެވެެ. އެގައުމުން އިއްޔެ 1،829 މީހަކުު ވަނީ މަރުވެފައެވެ.

‎ތިން ވަނައަށް އިއްްޔެެ އެންމެ ގިނަ އިއްޔެެ މަރުވެެފައިވަނީ ބްރެޒިލްއިންނެވެ. އެގައުމުން އިއްޔެ 1،382 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

‎އިއްޔެ މުޅި ދުނިިޔެއިން 17،366 މީހަކު ބަލި ޖެހިގެން މަރުވެފައިވާއިރު، މި ބައްޔަށް 671،575 މީހަކު ވަނީ ފައްސިވެފައެވެ. އެގެ ތެރެއިންވެސް އެންމެ ގިނަ ބަޔަކު ފައްސިވެފައިވަނީ އެމެރިކާއިންނެވެ. އެގައުމުން އިއްޔެެ 188،426 މީހަކު ވަނީ މިބައްޔަށް ފައްްސިވެފައެވެ.

‎ދުނިޔޭެގެ 219 ގައުމަކާއި ސަރަހައްްދަކަށް ކޮވިޑް-19 ފެތުރިފައިވާއިރު މިހާތަނަށް މި ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު ވަނީ 69،847،428 އަށް އަށް އަރާފައެވެ. މި ބަލީގައި 25،352،824 މީހަކަށް މި ވަގުތު ފަރުވާ ދެމުންް އަންނައިރު، އޭގެ ތެރެއިން 112،337 މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ނުވަތަ ހާލު ބަލިވެގެން ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވިސްނާ

    ކަލޭނޭ މިތިބަ ބައެއް! 24 ގަޑިއިރު ތެރޭ ބަޑުހައި ހޫނު ކަމުގައި މަރުވީ ކިތައް އިންސާނުްތޯ ބަލާލަބަލަ. ބަޑުހައި ހޫނުކަމުގައި މަރުވާމީހުން ވަކި މަދެއްނޫން އެބައްޔަށް ފަރުވާއެއް ހޯދުން މާ ބުއްދިވެރި ނޫންބާ! ހަމަ ލޮލަށް ނުފެންނަ ކޮރޯނާއެކޭ ކިޔާ އެއްޗެއްދެކެ ބިރުން ތެޅި ފޮޅޭ އިރު އެއްފަހަރުވެސް ހަނދުމަވޭބާ ލޮލަށް ނުފެންނަ އަހަރެމެންގެ ކަލާންގެ ކަމެއް އެ އުފެއްދެވީ އެ ފަރާތަށް ބިރުވެތި ނުވެ ކޮން ރައްކާތެރި ކަމެއްބާ ލިބޭނީ!

  2. ފެކްޓް

    24 ގަޑި އރުތެރޭ ދުނިޔެއަށް އެތަކެއް ދަރިން އުފަން ވާކަން ނޭގޭތޯ! އެތަކެއް ބިކޔަން ބަޔަކު ދިރިއުޅޭ ތަނަކުން 24 ގޑި އިރުތެރޭގައި 30 ހަކަށް ހާސް ނީހުން މަރު ވުމަކީ ހަމަ ނާދުތމރުކަމަކީތަ؟ ހައިރާނާމެން