އިންޑިއާގެ ސިޓީއެއް ކަމަށްވާ ޕޫނޭގައި ކޮވިޑް-19ގެ ވެކްސިން އުފައްދަމުން އައި އިމާރާތެއްގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ ކޮވިޑް-19 ގެ ވެކްސިން އުފައްދަމުންދާ ސީރަމް އިންސްޓިއުޓްގެ އިމާރާތެއްގެ ތެރޭގައި ނަމަވެސް ވެކްސިން އުފެއްދުމުގެ މަސައްކަތަށް ހުރަހެއް އެޅިފައިނުވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓް ކޮށްފައެވެ.

ރޯވެފައި ވަނީ އެ ކުންފުނީގެ އިމާރާތުގެ ގޭޓް 1 ގައެވެ.

މިތަނަކީ އެސްޓްރަޒެނެކާ އާއި ގުޅިގެން އެސްއައިއައި އިން ވެކްސިން އުފައްދަމުން އައިތަނެކެވެ. އެ ވެކްސިންއަށް ދީފައިވާ ނަމަކީ ކޮވިޝީލްޑެވެ. މި ވެކްސިން ގެ އެއްލައްކަ ޑޯޒް އިއްޔެ ވަނީ ރާއްޖެއަށްވެސް ގެނެސްފައެވެ.

ބައެއް މީޑިއާތަކުން އާއްމުކޮށްފައިވާ ފޮޓޯތަކުން ފެންނަގޮތުގައި، އެ އިމާރާތުން ވަރަށް ބޮޑަށް ދުން އަރަމުން ދާ މަންޒަރު ފެނިގެން ދެއެވެ.

ޓައިމްސް އޮފް އިންޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި، އެ އިމާރާތަކީ މަރާމާތުގެ މަސައްކަތް ކުރަމުންދާ އިމާރާތެއް ކަމަށެވެ. އަދި ވެކްސިން އާއި ވެކްސިން އުފައްދާ ޕްލާންޓް ހުރީ ރައްކާތެރިކަމާއި އެކުގައި ކަމަށް އެ ނޫހުން ބުނެފައި ވެއެވެ.

ސީރަމްގެ ސީއީއޯ ވިދާޅުވީ، މަސައްކަތްކުރަމުން ދަނީ އެތަނުގައި ތިބި ދެ މީހަކު ސަލާމަތް ކުރުމަށް ކަމަށެވެ.އަދި އެތަނަށް ލިބުނު ގެއްލުންތައް ބަލާނީ އޭގެ ފަހުން ކަމަށް އޭނާ ވިދާޅުވިއެވެ.

ސީރަމް އިންސްޓިޓީއުޓް އަކީ ދުނިޔޭގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު ވެކްސިން އުފައްދާ އެއް ކުންފުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖިސް

    މިވަރު ކައްޕަޅި ތަންތަނުގައި ހަދާ ވެކްސިން ރާއްޖެއަށް ތިގެންނަނީ. އަދި އެވެސް ޑޗއ ގެ ހުއްދަނެތި

    25
    1
  2. އޮޅުވާލި ވޯޓު

    އަލްހަމްދުލިއްލާހި

    15
    5
  3. މާމީ

    ހެޔޮކޮއް އެވީ

    15
    3
  4. ހަނި

    ފެ ކުއެތްޗެހި ހަދަތަންްތަނަށް ތިހިން ވަނީ

  5. ާއަހުމަދު

    ރާއްޖެއަށް ފޮނުވަން ބޭނުންވާވަރަށް ހެދުނީމަ ނައްތާލީ

  6. Anonymous

    ތީގައިވެސް ޙިކުމަތް އޮންނާނެ.
    والله أعلم

    13