އިންޑޮނޭޝިއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

މި ބިންހެލުން އައިސްފައި ވަނީ އެ ގައުމުގެ ތަލައުޑް އައިލެންޑަށެވެ.

ރާއްޖެ ގަޑިން 17:23 ހާއިރު މި ބިންހެލުން އައިސްފައި ވަނީ 7.1 މެގްނެޓިއުޑް ބާރުމިނުގައެވެ. މި ބިންހެލުން އައިސްފައި ވަނީ 119 ކިލޯ މީޓަރު އަޑިއަށެވެ.

މި ބިންހެލުމާއި ގުޅިގެން ރާއްޖެއަށް އަސަރު ކުރަނެ ކަމަށް ނުބެލެވޭ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވިއެވެ.

މި ބިންހެލުމުގެ އަސަރު ފިލިޕީންސްއަށްވެސްކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބޭރުގެ މީޑިއާތަކުގެ ރިޕޯޓްތަކަށް ބަލާއިރު، އެ ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު ނެރެފައެއް ނުވެއެވެ.