ވެކްސިން އުފެއްދުމުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސީރަމް އިންސްޓިއުޓް އިންޑިއާގެ ޕޫނޭ ފެސިލިޓީގެ އިމާރާތުގައި ރޯވި ހާދިސާގައި ފަސް މީހަކު މަރުވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ރޯވި އެ އިމާރާތަކީ ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދާ އިމާރާތެކެވެ.

އެއިމާރާތުގައި ރޯވުމާއި ގުޅިގެން ކޮވިޑް-19 އާ ދެކޮޅަށް އެ އިންސްޓިޓިއުޓް އިން އުފެއްދި ކޮވިޝީލްޑްގެ ވެކްސިންގެ މަސައްކަތްތަަކަށް ބުރޫ ނާރާނެ އެވެ. މި ވެކްސިންއަކީ އެސްޓްރަޒެނެކާ އޮކްސްފޯޑް ގުޅިގެން އުފެއްދި ވެކްސިންއެކެވެ.

ސީރަަމްގެ ސީއީއޯ އަދަރް ދޫންވާލާ ކުރި ޓްވީޓެއްގައި ވިދާޅުވީ، އިތުރަށް ހޯދި ހޯދުންތަކުން އެ ހާދިސާގައި ބަޔަކު މަރުވެފައިވާކަން އެނގިފައިވާ ކަމަށެވެ. އޭނާވަނީ އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަަކަށް ތައުޒިޔާ ކިޔާފައެވެ.

މިޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓް މައްސަލައެއް ދިމާވެގެންނެވެ.

އަދި އެ އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް ތިން ގަޑިއިރު ނެގި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ކޮންޓްރެކްޓް ލޭބަރުންނެވެ. ސީރަމް އިން ވަނީ އެ އާއިލާތަކަށް ބަދަލުގެ ގޮތުގައި 25 ލައްކަ ދިނުމަށް ނިންމާފައިވާ ކަން ހާމަކޮށްފައެވެ.

އެ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވަނީ ތައުޒިޔާ ވިދާޅުވެފައެެވެ.

ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއަކީ ވެކްސިން އުފައްދާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުންޏެވެ.

ރޯވިތަނަކަީ ކޮވިޑް-19 އަށް ވެކްސިން އުފައްދާ ފެސިލިޓީއާ ކައިރި ތަނެއް ކަަމަށް މިީޑިއާ ރިޕޯޓްތައް ބުނެެއެވެ.

ކިޔުންތެރިންގެ ހިޔާލު