ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިތުރު 4،363 މީހުން މަރުވެއްޖެއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ އެމެރިކާ އިން 193,758 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެމެރިކާ އިން މިހާތަނަށް 25 މިލިއަނަށް ވުރެ ގިނަ މީހުން ބައްޔަށް ފައްސިވެފައިވެއެވެ.

އެމެރިކާގައި ބަލި ޖެހިގެން ފާއިތުވެދިޔަ 24 ގަޑިއިރު، 4،363 މީހުން މަރުވި އިރު، އެ ގައުމުގައި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 420,285 އަށް އަރައިފައެވެ. އެމެރިކާއަކީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެންމެ ބޮޑަށް ބަލި ފެތުރިފައި އޮތް ގައުމެވެ.

ދުނިޔޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މަރުވެފައި ވަނީ ވެސް އެމެރިކާ އިންނެވެ.

އެމެރިކާގައި ބަލި ޖެހިގެން 15 މިލިއަނަށް ވުރެ ގިނަ މީހުން ރަނގަޅުވެފައިވާ އިރު، ބަލި ޖެހިގެން ނުވަ މިލިއަނަށް ވުރެ ގިނަ މީހުންނަށް ދަނީ ފަރުވާދެމުންނެވެ. އޭގެ ތެރެއިން ސީރިއަސް ހާލަތުގައި 27،000 އަށް ވުރެ ގިނަ މީހުން އެބަތިބިއެވެ.

އެމެރިކާގެ ގިނަ ސްޓޭޓްތަކުގެ ހާލަތު ގޯސްވަމުން ދިޔަ ނަމަވެސް ކޮވިޑް-19 ކޮންޓްރޯލް ކުރަން އަދިވެސް ގިނަ ސްޓޭޓްތަކުން ވަރުގަދަ ފިޔަވަޅުތަކެއް ނާޅައެވެ. ނަމަވެސް އެ ގައުމުގައި އަލަށް ރައީސް ކަމުގެ ހުވާ ކުރެއްވި ޖޯ ބައިޑެން ވަނީ ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ނިޝާންތައް ދެއްވައި ބަލި ކޮންޓްރޯލް ކުރެވޭނެ ކަމުގެ އުއްމީދު ރައްޔިތުންނަށް އާ ކޮށްދީފައެވެ.

ބައިޑެން ނިންމެވި އެންމެ ބޮޑު އެއް ނިންމެވުމަކީ އެމެރިކާގައި މާސްކް އެޅުން މަޖުބޫރު ކުރުމެވެ.

އެމެރިކާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ އިރު ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ ކުރިން ލަފާކުރި ވަރަށް ވުރެ ލަސް ދުވެއްޔެއްގައެވެ. މިދިޔަ އަހަރު ނިމުމުގެ ކުރިން 20 މިލިއަން މީހުންނަށް ވެކްސިން ދޭން އެމެރިކާ އިން އަމާޒު ހިފި ނަމަވެސް އަދި ވެކްސިން ދެވުނީ 5.3 މިލިއަން މީހުންނަށެވެ. މިހާރު 17.2 މިލިއަން ޑޯޒްގެ

ކިޔުންތެރިންގެ ހިޔާލު