ސީރަމް އިންސްޓިއުޓް އޮފް އިންޑިއާގެ އިމާރާތެއްގައި ރޯވެ ލިބުނު ގެއްލުންތަކުގެ އަދަދު 1000 ކްރޯޑް ރުޕީސްއަށް އަރާނެ ކަމަަށް ކުންފުނީގެ ސީއީއޯ އަދަރް ޕޫނާވައްލާ ވިދާޅުވެއްޖެއެވެ.

އެ ހާދިސާ ހިނގާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އެ ހާދިސާގައި ފަސް މީހަކު ވަނީ މަރުވެފައެވެ.

ޕޫނާވައްލާ ވިދާޅުވީ، މި ހާދިސާގައި ކޮވިޑް-19 ވެކްސިން، ކޮވިޝީލްޑް ސަޕްލައިތަކަށް ގެއްލުން ނުވި ނަމަވެސް އެހެން ވެކްސިންތަކަށް ގެއްލުންވެފައިވާ ކަމަށެވެ.

"ލިބުނު ގެއްލުންތައް ފައިސާގެ ގޮތުން ބަލާނަމަ އަރާނެ 1000 ކްރޯޑް ރުޕީސްއަށް، އެ ހާދިސާގައި ކޮވިޝީލްޑް ސަޕްލައިތަކަށް ގެއްލުން ނުވިޔަސް، ރޮޓާވައިރަސް އާއި ބީސީޖީ ވެކްސިން މެނުފެކްޓަރިންގ އާއި ސްޓޯރޭޖަށް ގެއްލުންވި، އެއީ ފައިނޭންޝިއަލް ބޮޑު ގެއްލުމެއް". ނޫސްވެރިންގެ ބައްދަލުވުމުގައި ޕޫންވައްލާ ވިދާޅުވެފައި ވެއެވެ.

ޕޫންވައްލާ ވިދާޅުވިގޮތުގައި، އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އާ އިމާރާތެއްގައެވެ. އެތަނަކީ އިތުރު ޕްރޮޑަކްޓްތަކަށް ހާއްސަކޮށް ތައްޔާރު ކުރަމުންދިޔަ އިމާރާތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"އެތަނުގައި އެއްވެސް އެއްޗެއްގެ ސްޓޮކެެއް، ނޫނީ ޕްރޮޑަކްޝަންއެއް ބަހައްޓާފައެއް ނުވާނެ، އެއީ މުޅިން އާ ފެސިލިޓީއެއް، އެތަނުގައި އިންސްޓޯލް ކުރަން ނިންމި އިކުއިޕްމެންޓްތައް ހުރި އެތާގައި، އެއީ އަލިފާން ހިނގަން މެދުވެރިވި ސަބަބަކީވެސް، އަހަރުމެންނަށް ގެއްލުނީ ކުރިއަށް އޮތްތަނުގައި ބޭނުން ކުރަން ހުރި ޕްރޮޑަކްޓްތައް". އޭނާ ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލޮލް

    "1000 ކްރޯޑް ރުޕީސް" މިއީ ކޮންފަދަ ކުރޯޑެއްތަ؟!