އިންޑިއާގައި ކޮވިޑް-19 ވެކްސިން ޖަހާ މީހުން މަރުވާ މައްސަލައިގައި ވާނުވާ ސާފުކޮށް ދޭން އިންޑިއާގެ ޑޮކްޓަރުން އެދިއްޖެއެވެ.

ވެކްސިން ޖަހާ މީހުން މަރުވާ މައްސަލައާ ގުޅިގެން ޑޮކްޓަރުން ކަންބޮޑުވުން ފާޅުކުރަމުންދާ އިރު އޭގެ ތެރެއިން ގިނަ އިން ހިމެނެނީ ކަރްނާޓަކާ ސަރަހައްދަށް ނިސްބަތްވާ ޑޮކްޓަރުންނާއި ސިއްހީ މަސައްކަތްތަކެރިންނެވެ.

އިންޑިއާގައި ވެކްސިން ޖެހި މީހުން މަރުވާ ކަމުގެ އަޑު ގަދަވެފައި ވީ ނަމަވެސް އެއްވެސް މަރަކާ ވެކްސިން އާއި ސީދާ ގުޅުން އޮތްކަން އެނގޭކަށް ނެތެެވެ. އަދި ކަމާބެހޭ އިދާރާއަކުން ވެސް އެކަން ޔަގީންކޮށް ދީފައެއް ނުވެއެވެ.

ޑޮކްޓަރުންގެ ކަންބޮޑުވުން މި ވެކްސިންއާ މެދު އިތުރުވެފައި ވަނީ އިންޑިއާގެ ޓެލެންގަނާގެ ނިރްމަލް ޑިސްޓްރިކްޓްގައި ސިއްހީ ހިދުމަތްތެރިއަކަށް ކޮވިޑް-19ގެ ވެކްސިން ދިންތާ 18 ގަޑިއިރު ފަހުން މަރުވި މައްސަލަ ހޫނުވެފައި ވަނިކޮށެވެ.

އޭނާ މަރުވެފައި ވަނީ ބުރާސްފަތި ދުވަހުގެ ވަރަށް ހެނދުނުގެ ވަގުތެއްގައި ކަމަށްވާ އިރު އޭނާ މަރުވެފައި ވަނީ މޭގައި ރިއްސާތީ އުޅުމަށްފަހުއެވެ. އެ މަރާ ގުޅޭ ގޮތުން ހޯދި ހޯދުންތަކުން އެނގުނު ގޮތުގައި އޭނާ މަރުވެފައި ވަނީ ވެކްސިން ޖަހައިގެން ނޫން ކަަމަށް ހެލްތް އޮފިޝަލުން ވަނީ ބުނެފައެވެ.

އޭނާ ވެކްސިން ޖަހާފައި ވަނީ މިދިޔަ އަންގާރަ ދުވަހުގެ ހެނދުނު 11:30 ހާއިރު، އެ ޑިސްޓްރިކްޓްގެ ޕްރައިމަރީ ހެލްތް ސެންޓަރުގައި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އޭނާ މޭގައި ރިއްސަން ފަށާފައި ވަނީ އެރޭ ދަންވަރު 2:30 ހާއިރުއެވެ.

އޭނާގެ ޕޯސްޓްމޯޓަމް ވެސް ހަދަން ނިންމާފައިވާ އިރު އެ ޑިސްޓްރިކްޓްގެ އެޑްވާންސް އިވެންޓް އާފްޓާ އިމިއުނައިޒޭޝަން (އޭއީއެފްއައި)ކޮމެޓީން މިހާރު ދަނީ މިކަން ބަލަމުންނެވެ. އަދި އެ ކޮމެޓީން ރިޕޯޓެއް ތައްޔާރުކޮށް ސްޓޭޓް އޭއީއެފްއައިއަށް ހުށަހަޅާނެ ކަމަށްވެއެވެ. އަދި އޭއީއެފްއައި އެ ރިޕޯޓް ބެލުމަށްފަހު، އޭއީއެފްއައި ސެންޓްރަލް ޕެނަލްގެ ސަމާލުކަން އެކަން ގެނެސް، އެކަން ބަލަން ވަނީ ހަމަޖެހިފައެވެ.

އިންޑިއާގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް މިދިޔަ ޖެނުއަރީ މަހު ފެށުމުން ވަރަށް ގިނަ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. އިންޑިއާގައި މިިހާރު ދިނުމަށް ހުއްދަ ދީފައިވާ ކޮވިޑް-19 ވެކްސިންއަކީ ކޮވިޝީލްޑް އާއި ބާރަތް ބަޔޯޓެކް އިން އުފެއްދި ކޯވެކްސިންއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޖަނާޒާ

    ރާއްޖޭގައި ސޭޚް ހުސެން ރަޝީދު ޖެއްސެވީ މިވެކްސިންތޯ؟ ގަދަ

    24
    3
    • ނަނަން

      ވެކްސިންއޭ ޖެހީޔޭ ކިޔާފަ ޑް ރާމާ ކުޅުނީކީ ނޫންބާ ޑް ރާމާ ތަކުގަ ހަދާހެން

      34
      1
    • ރަދީފް ހުސެން

      އެއްވެސް މީހެއްގެ ގަޔައްޖަހަން އެޗްޕީއޭއިން އަދި ހުއްދަނުދޭއެއްޗެއް ސޭކު ހޯދީ ކިހިނެތް!! ބަލަން ޖެހޭކަމެއް

      10
      1
  2. ވަހުތާނު އަހުމަދު

    ނެތިންއެއްޗެކޭބުނާކަށް .. އިންޑިއާގެ ވެކްސިންޖަހަން އަ ދިމާއަވަސް .. ސަބަބަކީ މަރުހަލާތައްފުރިހަމަނުކޮށްހުރީމަ

    44
  3. ކިޔުންތެރިއެއް

    ރާއްޖެއައް ގެނާ އިންޑިއާ ވެކުސިން ފުރަތަމަ ޖަހަންވާނީ ސިއްހީދާއިރާގައި އުޅޭ އިސްވެރިންނާ މި ސަރުކާރުގެ އިސްވެރިންގަޔަށް.

    40
    1
  4. އަބޯރޓަޑް ފީޓަސް

    އެއްވެސް ވެކްސިނަކީ މިހާރު އިތުބާރު ކުރެވޭ އެއްޗެއް ނޫން.

    31
    4
  5. ނަގޫރޯޅި

    ބޮޑުބޭބެ އަތުން މެލޭ ރިއާ ބޭސްތަކެއް ގެނެސްގެން ރައްޔިތުން ގަޔައްޖަހަން އުޅެކާމިޔާބެއް ނުވި. އެކަމު ހިލޭ ލިބުންއެއްޗެކޭ ކު ރިންކީ ފަހުން އެބޭސްތަކައް ލާ ރި ދައްކަން އިނވޮއިސް ފޮނުވި. މިހާ ރު އަމިއްލަ ގައުމުގެ 0.2% މީހުނައްވެސް ވެކްސިން ނުދެވި އުޅެންކޮން 1 ލައްކަޑޯސް މިތަނައް ފޮނުވައިފި. ޑަބްލިއު އެޗްއޯ އަދި މިވެކްސިނަކައް ހުއްދަނުދެ. ރައްޔިތުންނޭ ކު ރިން ލިބުނީ ލޭއަޅާކުދިން، އޭގެ ގިނަކުދިން މަ ރުވީވެސް އިންޑިޔާއިން ތަހުލީލު ކު ރާބޭސްތަކެއް އެކުދިންނައްދީގެން. މިހާ ރު އަދި މިވާންއުޅޭ އެތި މާގޯސްހެން ފެނެ. ހޭލާތިބޭ

    13
  6. ސަލާމް

    އަދިވެސް ދައްކާތި މޮޅުކަމުގެވާހަކަ އެބުނީ އެޖަހާކޮންމެމީހަކުމަރުވަނީ ކީއްވެގެންކަން އޮޅުންފިލުވާދޭށެ

    13
    1
  7. Anonymous

    އަދި ލައްކަ އެއްހާ ވެކްސިން ގެނެސް ގުދަން ކުރަން ފެނޭ!! ތި ހުސްވެދާނެ!

    12
    1
  8. ބަކުރު

    ބީތާވެފަ ތިބިބައެއްތަ އަޅެފަހެ، ކޮވިޑް ވެކްސިން އަކީ “މަރުނުވާ” ފެންފުޅިއެއްތަ، ކޮންމެ ވެކްސިނެއް ޖެހިއަސް މަރުވާނެ އެއީ ކަށަވަރު މުޖައްރިބުކަމެއް، މަރުވުން ހުއްޓުވަން ވެކްސިނެއް ހަދާބަޔަކު އެކަމުގަ ޖެހޭނީ ދެމި ތިބެން އުމުރުދުވަހު.