ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިތުރު 3،886 މީހުން މަރުވެއްޖެއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން އެންމެ ގިނަ އަދަދެއްގެ ބަޔަކު މަރުވީ ވެސް އެމެރިކާ އިންނެވެ. އަދި އެންމެ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ފައްސިވި ގައުމަކީ ވެސް އެމެރިކާއެވެ.

އެމެރިކާ އިން މިހާތަނަށް ކޮވިޑް-19 ޖެހިގެން 424,177 މީހުން މަރުވެފައިވެއެވެ. އަދި ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 192,065 މީހަކު ކޮވިޑް-19 އަށް ފައްސިވި އިރު، މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 25,390,042 އަށް އަރައިފައެވެ. އެމެރިކާގައި މި ބަލި ޖެހިގެން ރަނގަޅުވި މީހުންގެ އަދަދު 15 މިލިއަަނަށް ވުރެ މަތީގައި އުޅޭ އިރު، ބައްޔަށް ފަރުވާ ދެމުން ދަނީ ނުވަ މިލިއަނަށް ވުރެ ގިނަ މީހުންނަށެވެ.

ކޮވިޑް-19 ޖެހިގެން ސީރިއަސް ހާލަތުގައި ތިބީ 27,322 މީހުންނެވެ.

އެމެރިކާއަކީ ކޮވިޑް-19 އެންމެ ހަލުވިކަމާ އެކު ފެތުރިފައި އޮތް ގައުމެވެ.

އެމެރިކާގެ ގިނަ ސްޓޭޓްތަކުގެ ހާލަތު ގޯސްވަމުން ދިޔަ ނަމަވެސް ކޮވިޑް-19 ކޮންޓްރޯލް ކުރަން އަދިވެސް ގިނަ ސްޓޭޓްތަކުން ވަރުގަދަ ފިޔަވަޅުތަކެއް ނާޅައެވެ. ނަމަވެސް އެ ގައުމުގައި އަލަށް ރައީސް ކަމުގެ ހުވާ ކުރެއްވި ޖޯ ބައިޑެން ވަނީ ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ނިޝާންތައް ދެއްވައި ބަލި ކޮންޓްރޯލް ކުރެވޭނެ ކަމުގެ އުއްމީދު ރައްޔިތުންނަށް އާ ކޮށްދީފައެވެ.

އެމެރިކާގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ އިރު ވެކްސިން ދިނުމުގެ މަސައްކަތް ކުރިއަށް ދަނީ ކުރިން ލަފާކުރި ވަރަށް ވުރެ ލަސް ދުވެއްޔެއްގައެވެ. މިދިޔަ އަހަރު ނިމުމުގެ ކުރިން 20 މިލިއަން މީހުންނަށް ވެކްސިން ދޭން އެމެރިކާ އިން އަމާޒު ހިފި ނަމަވެސް އަދި ވެކްސިން ދެވުނީ 5.3 މިލިއަން މީހުންނަށެވެ. މިހާރު 17.2 މިލިއަން ޑޯޒްގެ

ކިޔުންތެރިންގެ ހިޔާލު