ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިތުރު 3،427 މީހުން މަރުވެއްޖެއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުން އަންނަ އިރު، އެމެރިކާ އަކީ މި ބަލި އެންމެ ބޮޑަށް ފެތުރިފައި އޮތް ގައުމެވެ. އެ ގައުމުން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 3،000 އަށް ވުރެ ގިނަ މީހުން މަރުވި އިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 427,635 އަރައިފައެވެ.

އެމެރިކާ އިން އިއްޔެ އެކަނި ވެސް 172,913 މީހަކު ކޮވިޑް-19 އަށް ފައްސިވިއެވެ. އެއާ އެކު މި ބަލި ޖެހުނު މީހުންގެ އަދަދު 25,566,789 އަށް ވަނީ އަރައިފައެވެ. ދުނިޔޭގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ އިން މީހުން ބައްޔަށް ފައްސިވެ، މަރުވެސް ވެފައި ވަނީ އެމެރިކާ އިންނެވެ. އެމެރިކާގައި ކޮވިޑް-19 ފެތުރުން އެއްވެސް މިންވަރަކަށް އަދި ކޮންޓްރޯލްވެފައި ނެތަސް، އެ ގައުމުގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.

އެމެރިކާގައި މި ބަލި ޖެހުނު މީހުންގެ ތެރެއިން 15 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ނުވަ މިލިއަނަށް ވުރެ ގިނަ މީހުން ބައްޔަށް ފަރުވާ ހޯދަމުން އަންނަ އިރު އޭގެ ތެރެއިން 26,998 މީހުން ތިބީ ސީރިއަސް ހާލަތުގައެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ފެތުރިފައިވާ އިރު، މި ބައްޔަށް 99 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ފައްސިވެފައެވެ. އަދި ދެ މިލިއަނަށް ވުރެ ގިނަ މީހުން ބަލީގައި މަރުވި އިރު، 71 މިލިއަނަށް ވުރެ ގިނަ މީހުން ބަލިން ވަނީ ރަނގަޅުވެފައެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އުފެއްދި ވެކްސިންތައް އާންމުންގެ ގަޔަށް މިހާރު ވަނީ ޖަހަން ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒަރާނާ

    ކޮބާއިންޑިޔާ އަވަހައް އެމެރިކާޔައް ތިޔަ ވެކްސިން ހިފައިގެންދޭ މިރާއްޖެޔާ ދުރައްދޭޢިންޑިޔާއިން ގިނަގައުމު ތަކަކައް ކެރަފާސް ވެކްސިން ބަހާއިރު ވިސްނާލަން ޖެހޭ ހަގީގަތަކީ އިންޑިޔާގެ އާބާދީ ޔަކީ ކިހާވަރެއްތޯ އެގައުމާ އިންވެގެންއޮތް ޕާކިސްތާނާ ދޭތެރޭ އަމަލު ކުރަނީ ކިހިނެއްތޯ ދެންޖެހިގެންއޮތް ބަނގުލަދޭސްއާ ދޭތެރޭ އަމަލު ކުރަނީ ކިހިނެއްތޯ މުސްލިމުންގެ އީދު ދުވަހެއްގަ ގެރިމަސްކޮޅެއް އިންޑިޔާ މުސްލިމަކު ކައިފިނަމަ އަމަލު ކުރަނީ ކިހިނެއްތޯ މިހިރީ ފުރިހަމަ ޖަވާބު ހިތައް ލިބޭ ސުވާލު ވީމާ ބުނަން މިއުޅޭ ވާހަކަޔަކީ ޖެހިގެން ހުންނަ އަވައްޓެރިޔާޔައް ގެރިޔަކުން ފެލާލާ ކިރުބޯތައްޓެއް ފޯރުވައިނުދީ އަމިއްލަ ގައުމުގެ މުސްލިމުންގެ ރައްވެހިކަން ނިގުޅައިގަނެ ވަކި މިގައުމުގެ މުސްލިމުންނާ ދޭތެރޭ އެމީހުން ކަންކުރާނެ ގޮތް ހިތައްގެންނަށޭ ކޮންފަދަ ކަމަކާބާ އެމީހުން މިރާއްޖެޔާ އަޅައިގަނެގެން މިއުޅެނީ މިއީ މިނިވަން މުސްތަގިއްލު ދައުލަތެއް އިރުއޭގެމައްޗައް އަލިފާއްދާ ކޮންމެ އެއްޗަކައްވުރެ ހެޔޮކަންބޮޑު ދެކަލިމަޔައް ފުރިހަމަޔައް ކިޔަމަންވާ ބަޔަކު ތިބިގައުމެއް މަދުމީސްކޮޅަކު އެމީހުންގެ ވައްޓަފާޅިޔައް ރުހިގެން އެގޮތައް މިރާއްޖެ ވަދަލު ކުރަން އުޅުނަސް އެފުރުސަތު ދިވެހިން ނުދޭނެ ތިޔަ ވެކްސިނައް މިވަގުތު އެންމެބޭނުން ޖެހިފަތިބީ ކަލޭމެން ގައުމުގެ މީހުން ކަލޭމެން ހުރިހާ މީހުން ތިޔަޖަހާ އޭގެފަހުގަ މިރާއްޖެޔައް މެހުމާނުންގެ ގޮތުގައާދޭ މަރުހަބާ ކިޔާނަން އެއާހިލާފައް ބަރުހަތިޔާރާ ބޮންއަޅާ ބޯޓާ މަނަވަރުގަ ނާންނާތި ދިވެހިންނައް އެނގޭނެ ދަގަނޑު ކެނޑޭނީ ދަގަނޑުންކަން ތިކަހަލަ ކިތަންމެ ރާޅެއްމިތަނައް ޖަހައިފި ތިޔަވެކްސިން ހިފައިގެން މިތަނުން ފައިބާ ނީލަމެއްގަ ދިވެހިން ސިކުނޑި ނުވިއްކޭނެ ހަބަރުދާރު