ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް އިންޑިއާ އިން ކުރަމުން އަންނަ މަސައްކަތަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔެސުސް ތައުރީފް ކުރައްވައިފިއެވެ.

ކޮވިޑް-19 އާ ދެކޮޅަށް އިންޑިއާ އިން ކުރި މުހިންމު އެއް މަސައްކަތަކީ ވެކްސިން އުފައްދައި އެކި ގައުމުތަކަށް ފޯރުކޮށްދޭން ފެށުމެވެ. އިންޑިއާ އިން ވަނީ ދެކުނު އޭޝިއާގެ ގިނަ ގައުމުތަކަށާއި އަވަށްޓެރި ގައުމުތަކަށް "ކޮވިޝީލްޑް" ވެކްސިން ފޮނުވައިފައެވެ. އަދި ބްރެޒިލް، މޮރޯކޯ ފަދަ ގައުމުތަކަށް ވެކްސިން ފޮނުވި އިރު، ދެކުނު އެފްރިކާ އަށް ދާދި އަވަހަށް ވެކްސިން ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށްވެއެވެ.

މި މަސައްކަތާ ގުޅިގެން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އާ ދެކޮޅަށް އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރައްވަމުން ގެންދަވާ މަސައްކަތަށް ޝުކުރު ދަންނަވާ ކަމަށެވެ. ޓެޑްރޯސް ވިދާޅުވީ އެކިއެކި ފަރާތްތަކުން ގުޅިގެން މަސައްކަތް ކުރާ ނަމަ، ކޮވިޑް-19 ފެތުރުން ހުއްޓުވި އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރެވިދާނެ ކަމަށެވެ.

ޓެޑްރޯސް އިންޑިއާ އަށް ޝުކުރު އަދާ ކުރެއްވި އިރު، ބްރެޒިލްގެ ރައީސް ޖައިރް ބޮލްސޮނަރޯ ވަނީ އިންޑިއާ އިން ވެކްސިން ފޯރުކޮށްދިނުމާ ގުޅިގެން އެ ގައުމަށް ޝުކުރު ދަންނަވައިފައެވެ.

އިންޑިއާ އިން މިދިޔަ ހުކުރު ދުވަހު ވަނީ ކޮވިޝީލްޑްގެ ދެ މިލިއަން ޑޯޒް ބްރެޒިލް އަށް ފޮނުވައިފައެވެ. ކޮވިޝީލްޑަކީ އަސްޓްރަޒެނެކާ އާއި އޮކްސްފޯޑް ޔުނިވަސިޓީގެ އެހީތެރިކަމާ އެކު އިންޑިއާގެ ސެރަމް އިންސްޓިޓިއުޓް އިން އުފެއްދި ވެކްސިނެކެވެ.

މި ވެކްސިން ރާއްޖެއަށާއި ބަންގްލަދޭޝް އާއި ނޭޕާލް އާއި ބޫޓާން، މަރިޝަސް، މިޔަންމާ، ސީޝެލްސް އަށް ވަނީ ފޮނުވައިފައެވެ. އަދި ދާދި އަވަހަށް ސްރީ ލަންކާ އާއި އަފްޣާނިސްތާނަށް ވެކްސިން ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޖަނާޒާ

    ޝުކުރުއަދާކުރައްވާއިރު ، ހުއްދަވީ ކޮންތާކުތޯ، ހުއްދައަވަސްކުރައްވާ #

    8
    2
  2. ކޮބާ ހީވޭ!

    އަލްޙަމްދުލިﷲ! އެކަމަކުވެސް މިތާ ބަޔަކު މީހުން ތެޅިފޮޅެނީ އެވެ. އިންޑިއާގެ ކޮވިޝީލްޑް ވެކްސިނާއި މެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފައްދައި ފިތުނަ ފަސާދަ އުފެއްދޭތޯ ރެޔާއި ދުވާލު ރޯމަހެއް ތެޅޭހެން ތެޅި ބާލަނީއެވެ. އެއީ ނިޢުމަތްތަކަށް ޝުކުރުވެރިވާން ނުދަންނަ ފިތުނަވެރި ބައެކެވެ.

    5
    15
    • ޚނނ

      ދެން ކަލޯޔާ ކަލޯމެން ޕާޓީ މީހުން ތިޔަ ވެކްސިން ޖަހައިގެން ވަޖިދުވެބަލަ.

  3. ޚަތީބު

    ދެން ބުނާނީ އިންޑިޔާގެ ވެކްސިންވެސް އެއީ ދުނިޔޭގަ ނެއްވަރުގެ އެއްޗެކޭ ސާބަސް ހަމަ ތިކުރާ ހިއްވަރަކަށް

  4. ޙHsހސހ

    ޑަބްލިއު އެޗް އޯ ގަނެލައިފި. ޢިންޑިޔައިން ކޮންކަމެއް ކުރަނީ. މުސްލިމުން ކަތިލުމާ ސަރަހައްދީ ގައުމުތަކަށް ބަލަ ބޯޑުކުރުން ނޫންކަމެއް ކުރެބާ. 2 ވަނަ އިޒުރާއީލް.