12 ކުރޯޑް ދުންފަތުގެ އިސްތިއުމާލް ކުރާ މީހުންނާއެކު ދުނިޔޭގައި ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންގެ 12 އިންސައްތައަކީ އިންޑިޔާ މީހުންކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ޑަބްލިއު.އެޗް.އޯ އިން ހާމަކޮށްފިއެވެ.

ޑަބްލިއު.އެޗް.އޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިންޑިޔާއަކީ ދުނިޔޭގެ ނިސްބަތުން އެންމެ ގިނައިން ދުންފަތުގެ އިސްތިއުމާލު ކުރާ ހަތަރުވަނަ ޤައުމެވެ.

އިންޑިޔާއިން ކުރިޔަށް ގެންދިޔަ ނޭޝަނަލް ފެމިލީ ހެލްތް ސާރވޭއިން ދައްކާ ގޮތުގައި އިންޑިޔާގެ ފިރިހެނުންގެ ތެރެއިން 44 އިންސައްތަ ފިރިހެނުންނަކީ ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންނެވެ. އަދި އަހަރެއްގެ މައްޗަށް ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން 10 ލައްކައަށްވުރެ ގިނަ މީހުން މަރުވާ ކަމަށްވެސް މިތަފާސް ހިސާބުތަކުގައިވެއެވެ.

އަދި އުމުރުން 16 އަހަރުން ދަށުގެ ކުދިންގެ 24 އިންސައްތަ އުމުރުގެ ކޮންމެވެސް ހިސާބެއްގައި ދުންފަތުގެ އިސްތިއުމާލު ކުރާ ކަމަށްވެސްވަނީ މިތަފާސްހިސާބުގައި ބުނެފައެވެ. އަދި މިހާރު އިންޑިޔާގެ އާބާދީގެ 16 އަހަރުންދަށުގެ ކުދިންގެ ތެރެއިން 14 އިންސައްްތަ ކުދިން ދުންފަތުގެ އިސްތިއުމާލް ބަރާބަރަށް ކުރަމުންދާކަމަށްވެސް ބުނެފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދޮންބެ

    ދުންފަތުގެ އިސްތިޢްމާލް ނުކުރާ މީހުންގެ ޕަސެންޓޭޖް ހަދާލިއަސް ދުނިޔޭގެ އާބާދީއިން %36 އިންޑިއާ އަށް ލިބޭނެ.