ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިތުރު 1،844 މީހަކު މަރުވެއްޖެއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮވިޑް-19 ފެތުރެމުން އަންނަ ގޮތަށް ބަލާ އިރު، އެމެރިކާއަކީ މި ބަލި އެންމެ ބޮޑަށް އޮތް ގައުމެވެ. އެ ގައުމުން މިހާތަނަށް 429,490 މީހަކު މަރުވެ، 25،702،125 މީހުން ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އަދި ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 135,182 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އެމެރިކާގައި މި ބަލި ޖެހިގެން 15 މިލިއަނަށް ވުރެ ގިނަ މީހުން ރަނގަޅުވި އިރު، ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ނުވަ މިލިއަނަށް ވުރެ މައްޗަށް އަރައެވެ. އޭގެ ތެރެއިން 26،000 އަށް ވުރެ ގިނަ މީހުންގެ ހާލު ސީރިއަސްއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިހާތަނަށް 99 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ އިރު، ދެ މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލީގައި މަރުވެފައެވެ. އަދި 71 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.