ދެ ދުވަހުގެ މުއްދަތަކަށް ކޮވިޑް-19 ބަލި ޖެހުން ދުުރުކޮށްދޭ ކަމަށް ބުނާ ނޭސަލް ސްޕްރޭއެއް އުފައްދައިފިއެވެ.

ޔުނިވާސިޓީ އޮފް ބާމިންގހަމްގެ ސައިންސްވެރިން އުފައްދާފައިވާ މި ސްޕްރޭއަށް އަދި ވަކި ހާއްސަ ނަމެއް ދީފައެއް ނުވެއެވެ. ސައިންސްވެރިން ބުނެފައިވަނީ މި ސްޕްރޭގެ ސަބަބުން ދެ ދުވަސް ވަންދެން ކޮވިޑް-19 ނުޖެހޭނެ ކަމަށެވެ.

އެ ކުންފުނިން ބުނީ، ކުރިއަށް އޮތް މަސްތަކުގައި ފާމަސީތަކުން އެ ސްޕްރޭ ލިބެން ފަށާނެ ކަމަށެވެ.

މި ސްޕްރޭ އުފައްދާފައިވަނީ ސިއްހީ ކަންކަމުގައި ހުއްދަ ލިބިފައިވާ ތަކެތި ބޭނުން ކޮށްގެން ކަމަށާއި ބޭނުން ކުރުމަށް ވަކި ހާއްސަ ހުއްދައެއް ނުވަތަ ވަކި ބައެއްގެ ހުއްދައެއް ބޭނުމެއް ނުވާނެ ކަމަށް ސައިންސްވެރިން ބުނެއެވެ.

"ސަންޑޭ ޓެލެގްރާފް" އަށް މައުލޫމާތު ދެމުން މި ސްޕްރޭ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ޑޮކްޓަރ ރިޗާޑް މޯކްސް ބުނެފައިވަނީ އެ ސްޕްރޭގެ ސަބަބުން ގައުމުތަކުގައި އިއުލާނު ކޮށްފައިވާ ފުރަބަންދު އުވާލެވި، ސްކޫލްތައް އަލުން ހުޅުވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް ބޭނުމަކީ މި ޕެންޑެމިކަށް ވީހާވެސް އަވަހަކަށް ބަދަލެއް އައުން. ކުރިއަށް އޮތް ދުވަސްތަކުގައި އެ މަންޒަރު ވަރަށް ބަލާހިތްވޭ" ރިޗާޑް ބުންޏެވެ.

މި ސްޕްރޭ ބޭނުން ކުރުމުން ކޮވިޑް-19 އިންސާނާއަށް ޖައްސާ ވަރުގެ ޖަރާސީމު ފަދަ ތަކެތި ނޭފަތައް ވަނުމުން ހިފެހެއްޓެއެވެ. އެފަރާތުން ވަނީ ސްޕްރޭ ބޭނުން ކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ދުވާލަކު ހަތަރު ފަހަރު ކަމަށް ބުނެފައެވެ.

މި ސްޕްރޭއިން 99.9 އިންސައްތަ ވައިރަސް ނައްތާލާ ކަމަށް އިންޑިޕެންޑެންޓްގެ ލެބުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖުހާ

    އުފާވެރި އަލްހަމްދުލިއްލާހި