ދުނިޔޭގެ އެކިކަންކޮޅުތަކުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 100 މިލިއަނަށް އަރައިފިއެވެ.

ކޮވިޑް-19 އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު އެންމެ ވަރުގަދަ އަށް ފެތުރެމުން އަންނަ ބައްޔެވެ. ބައެއް ގައުމުތަކުގައި މި ބަލި ކޮންޓްރޯލް ކުރެވުނު ނަމަވެސް އަދިވެސް ގިނައީ މި ބައްޔާ ގުޅިގެން ނުރައްކާތެރި ފައްތަރެއްގައި އޮތް ގައުމުތަކެކެވެ. އޭގެ ތެރޭގައި އެމެރިކާ، ބްރެޒިލް، މެކްސިކޯ، ރަޝިއާ، އިނގިރޭސި ވިލާތް، އިންޑިއާ، ކޮލަމްބިއާ، ސްޕެއިން، އިޓަލީ ފްރާންސް ފަދަ ގައުމުތައް ހިމެނެއެވެ.

ދުނިޔޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ކޮވިޑް-19 އަށް މިހާތަނަށް 100,284,461 މީހުން ފައްސިވެފައިވެއެވެ. އޭގެ ތެރެއިން 2,149,460 މީހުން ކޮވިޑް-19 ޖެހިގެން މަރުވި އިރު، 72,291,890 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދު 25,841,262 އަށް އަރައެވެ. އޭގެ ތެރެއިން 110,260 މީހުންގެ ހާލު ސީރިއަސްއެވެ.

ދުނިޔޭގެ ގައުމުތަކުގެ ތެރެއިން މި ބަލި އެންމެ ވަރުގަދަ އަށް ފެތުރިފައި އޮތް ގައުމަކީ އެމެރިކާ އާއި އިންޑިއާ އާއި ބްރެޒިލްއެވެ.

އެމެރިކާގައި 25 މިލިއަނަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހި، ހަތަރު ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އިންޑިއާގައި ދިހަ މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ، އެއް ލައްކައަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި ބްރެޒިލްގައި އަށް މިލިއަނަށް ވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެ ދެ ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ ބަލީގައި މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަޖްވާ

    މި އަދަދު ބައެއް މީޑިޔާ ތަކުން ކީ އެއް ބިލިޔަން ކަމަށް!

  2. ޓައްޕު

    އިންޑިއާ މީހުންނަށް ރާއްޖެ ހިތަކަށް ލިބުނުމުން ދެން ވަމުން ދާ ގޮތް ބަލާބަލަ ވަރަށް ވާހަކަ

  3. ޖަޒިރަތުލް ބުއްޅަ

    ބައިތުލް މާލް ހުސްވެ ވައްކަން ކޮށް ފޫހިވީމަ އިދިކޮޅު ކޯލިޝަން ހުއްޓުވަން ބޭނުންކުރާ މޮޓޯ ' ކޮވިޑް ' ކުޑަ ކުދިން ނުރައްކަލުގަ ޓީޗަރުން ގޮތްހުސްވެ ބިރުވެރިކަމުގަ ސިމާތައް ހުޅުވެނީ ގުރުއާން ކުލާތައް ބަންދު ބިދޭސީ އިންޑިއާ ޓީޗަރުން ޓިއުޝަން ދިނުމުގައި އަވަދިނެތިީީި ގޭގެ ޔަށް ، ބޮޑުބޮޑެތިން މަޖާކުރަނީ ދިވެހި ރައްޔިތުމީހާ ކުނި ވަށިގަނޑުން ކާއެއްޗެއް ފެނޭތޯ ހާވަނީ ، ޕޮލިހުން ހޭވަށްޓާލާފައި ޖޫރިމަނާ ކޮށްގެން ބައިތުލްމާލު ހޭހަން ކުރެވޭތޯ ރައްޔިތުން ފެލަނީ ،ވަ