އިންޑިއާގެ ނިއުދިއްލީގައި ދަނޑުވެރިން ކުރަމުންދާ މުޒާހަރާގެ ތެރެއިން، ދަނޑުވެރިންނާއި ފުލުހުންނާއި ދެމެދު ހަމަނުޖެހުންތައް ހިންގަން ފަށައިފިއެވެ.

މި ހަމަނުޖެހުންތަކުގައި އިންޑިއާގެ ފުލުހުން ދަނީ ދަނޑުވެރިންނަށް ހަމަލާ ދެމުންނެވެ.

ނިއުދިއްލީއަށް ދަނޑުވެރިން ވަދެގަތީ ފުލުހުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި އޮއްވާ ފުލުހުންގެ ސަފުތައް ފޫ އަޅުވާލާފައެވެ.

ދަނޑުވެރިން ވަދެގަތް ގަޑީގައި ގިނަ ފުލުހުން ބިރުން އެ ސަރަހައްދު ދޫކޮށް ވެހިކަލްތަކާއި، އިމާރާތްތަކުގެ ފަހަތަށް ވަދެ ތިބި ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިހާރު ފުލުހުން ދަނީ ކަރުނަ ގޭސް ޖަހައި ދަނޑުވެރިންނަށް މުގުރި ބުރިން ހަމަލާދެމުންނެެވެ. މި ހަމަނުޖެހުމުގައި މިހާތަނަށް އެކަކު ވަނީ މަރުވެފައެވެ.

އޭނާގެ ހަށިގަނޑުވެސް ފުލުހުންނާއި ހަވާލު ކުރަން ދަނޑުވެރިން ވަނީ ދެކޮޅު ހަދާފައެވެ.

އިންޑިއާގެ ދަނޑުވެރިން ވެރިކަން ކުރާ ދިއްލީއަށް ޖަމާވެ މުޒާހަރާ ކުރަމުން ދަނީ އެ ގައުމުގެ ދަނޑުވެރިކަމުގެ ސިނާއަތުގެ ކޮންޓްރޯލް ޕްރައިވެޓް ސެކްޓަރ އަށް ލިބޭ ގޮތަށް ސަރުކާރުން ގާނޫނެއް ފާސް ކުރުމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީ އެއް އޮންނަ ކަމަށް ދައުވާ ކުރާ އިންޑިއާ ފުލުހުންނަކީ މުޒާހަރާތަކާއި އަދި އެ ނޫންވެސް ހަރަކާތްތަކުގައި ރައްޔިތުންނަށް އަނިޔާ ކުރަން މަޝްހޫރު ފުލުހުންގެ ފައުޖެއް އޮންނަ ގައުމެކެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮރަލް

    ދަނޑުވެރިން ވަދެގަތް ގަޑީގައި ގިނަ ފުލުހުން ބިރުން އެ ސަރަހައްދު ދޫކޮށް ވެހިކަލްތަކާއި، އިމާރާތްތަކުގެ ފަހަތަށް ވަދެ ތިބި ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

    18
  2. ބެއްޔާ

    މިހެންވެ މިގައުމުގެ ބޮޑުވަޒީރުވެސް ތަޅާނެ ކުދިންކޮޅެއް ހޯދުމަށް އުޅުނީ