މި ހިނގާ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ފުރިހަމަ ހަނދު (ފުލްމޫން) ހުންނާނީ ކައުބަތުﷲ ގެފުޅާއި ދިމާލަށް މަތީގައި ކަމަށް ފަލަކީ އިލްމުވެރިން ބުނެފިއެވެ.

ފަލަކީ އިލްމުވެރިންނާއި ހަވާލާދީ ސައުދީ އަރަބިއްޔާގެ ވެބްސައިޓަކުން ބުނެފައިވަނީ ބުރާސްފަތު ދުވަހުގެ ރޭގަނޑު 12:43 އެހާކަންހާއިރު، މައްކާގައި ތިބޭ މީހުންނަށް އެމަންޒަރު ފެންނާނެ ކަމަށެވެ.

”އެދުވަހު އިރުއޮއްސޭ ވަގުތު ހަނދު އަރާނީ އިރުއުތުރު ފަރާތުން ކަމަށާއި ހަނދު ހުޅަނގު އުތުރަށް އަރާއިރު ހުންނާނީ ގެފުޅާއި ސީދާ މަތީގައި” ޖިއްދާގެ އެސްޓްރޮނޮމީ އެސޯސިއޭޝަންގެ ރައީސް މަޖީދް އަބޫ ޒަހްރާ ބުންޏެވެ.

ޒަހްރާ އާއި ހަވާލާދީ “އަލްއަރަބިޔާ” ނޫހުން ބުނެފައިވަނީ ހަނދު ގެފުޅާއި ސީދާ ވަނީ އެރޭ 12:43 އެހާކަންހާއިރު ކަމަށާއި ހަނދު ހުންނާނީ ދުނިޔެއާއި 381.125 ކިލޯމީޓަރު ދުރުގައި ކަމަށެވެ.

”ހަނދު ހުންނާނެ މުޅި ރޭ ނިމެންދެކަށް. ހަނދު ގެއްލެން ފަށާނީ ހުކުރު ދުވަހުގެ އިރު އަރަން ފަށާ ވަގުތު“ ޒަހްރާ ބުންޏެވެ.

ޒަހްރާ ބުނެފައިވަނީ ހަނދު ގެފުޅާއި ސީދާވާ ދުވަހަކީ ދުނިޔޭގެ އެކި ހިސާބުތަކުގެ މީހުންނަށް ގިބްލަ ހުންނަ ދިމާ ސާފު ވާނެ ދުވަހެއް ކަމަށެވެ.

މިމަހުގެ 28 ވަނަ ދުވަހު ހަނދު ގެފުޅާއި ސީދާ ވާއިރު، މިއީ ކޮންމެ އަހަރަކު އެއްފަހަރު ފެންނާނެ މަންޒަރެކެވެ.

ފަލަކީ އިލްމުވެރިން ބުނާ ގޮތުގައި ގެފުޅު މަތިން އިރު ދަތުރު ކުރަނީ ކޮންމެ އަހަރެއްގެ ދެފަހަރުއެވެ. އާންމުކޮށް އެއީ މޭއި މަހާއި ޖޫން މަހުގެ ދުވަހެއްގައެވެ. މިގޮތަށްވާއިރު ގެފުޅުގެ ހިޔަނި ނުހުންނާނެ ކަމަށް އިލްމުވެރިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަސީހުއެންމެޑީ

    ﷲއަކުބަރު. ކުޅަދުން ވަންތަ ކަން. ބަޔަކު އަތުން ތައްޔާރު ކޮށްފައި ހުރިތަނަކާ ގުދުރަތީ ގޮތުން އުފެދިފައިވާ އެއްޗެއް ދިމާވާ ފުރަމަ ފަހަރު

    20
  2. ދިރާސާ

    ހުރިހާ ކަމެއް ހިނގަމުންދަނީ ﷲ ގެ މަތިވެރިވެގެންވާ ނިޒާމްތަައް ހަމަޖެހިފައިވާ ގޮތަށް އެއްގޮތަށް. ﷲ އީ ހުރިހާ އެއްޗެއް ހެއްދެވި އަދި އެތަކެތީގެ ވެރިފަރާތް.

    25