އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ރައްޔިތުން ބަޑުހައި ހޫނުކަމުގެ ހަލުތާލަކަށް ތައްޔާރުވެއްޖެއެވެ.

އިސްރާއީލުގެ ޖަލުތަކުގައި ތިބި ގާތްގަޑަކަށް 500 އަށް ވުރެ ގިނަ ގައިދީން އަންނަ ހަފްތާގައި ބޮޑު ބަޑުހައި ހޫނު ކަމުގެ ހަލުތާލަކަށް ތައްޔާވެފައިވާ ކަމަށް ފަލަސްތީން ޕްރިޒަނާސް އޯގަނައިޒޭޝަން އިންވެސް ވަނީ މިދިޔަ ބުދަ ދުވަހު ކަށަވަރު ކޮއްދީފައެވެ.

މިދިޔަ އަހަރު ވެސް އިންސާނިއްޔަތާ ޚިލާފަށް އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފަ ތިބި ފަލަސްޠީނުގެ އެތައް ސަތޭކަ ރައްޔިތުންނެއް ބަނޑުހައި ހޫނުކަމުގެ ހަލުތާލެއް ކުރިއެވެ.

އެ ފަހަރު ފަލަސްޠީނުގެ އެތައް ސަތޭކަ ރައްޔިތުންނެއް ބަނޑުހައި ހޫނުކަމުގެ ހަލުތާލު ކުރީ ދިގު މުއްދަތަކަށް ޖަލަށް ލާފައިވާ ފަލަސްޠީނުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ފަތަޙަ ޖަމާޢަތުގެ ލީޑަރެއް ކަމަށްވާ މަރްވާން ބަރުޣޫސީ އެކަމަށް ގޮވާލެއްވުމުންނެވެ.

ބަނޑުހައިހޫނުކަމުގެ ހަލުތާލެއް ފެށެމަށް ގޮވާލެއްވި ބަރުޣޫސީ ދަނީ އުމުރު ދުވަހުގެ ފަސް ޖަލު ޙުކުމް އިސްރާއީލުގެ ޖަލެއްގައި ފުރިހަމަ ކުރައްވަމުންނެވެ.

އިންސާނިއްޔަތާ ޚިލާފަށް އިސްރާއީލުގެ ޖަލުތަކުގައި ހައްޔަރުކޮށްފަ ތިބި ފަލަސްޠީނުގެ އެތައް ސަތޭކަ ރައްޔިތުންނެއް ފަށާފި ނަމަ ބަނޑުހައިހޫނުކަމުގެ ހަލުތާލު ދިގުދެމިގެން ގޮސް އިސްރާއީލުގެ ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެއެވެ.

ފަލަސްޠީނުގެ އެތައް ސަތޭކަ ރައްޔިތުންނެއް ބަނޑުހައި ހޫނުކަމުގެ ހަލުތާލެއް ފަށަން ތައްޔާރުވާއިރު ފަލަސްތީންގެ ބިމަށް ވެރިވެގަތްތާ 70 އަހަރު ފުރުމާއި ދިމާކޮށް އެކަމާއި ދެކޮޅަށް ފަލަސްތީންގެ ޣައްޒާގައި މުޒާހަރާ ކުރަމުންދާ ފަލަސްތީންގެ ރައްޔިތުންގެ ގަޔަށް އިސްރާއީލްގެ އަނިޔާވެރި ސިފައިން ވަނީ ބަޑި ޖަހާފައެވެ. ސްނައިޕަރުން ދިން ހަމަލާތަކުގައި މަދުވެގެން ފަލަސްތީނުގެ 130 މީހުން ޝަހީދު ވެފައިވާއިރު، އިސްރާއީލުގެ ހަމަލާތަކުގައި 13،000 އަށްވުރެ ގިނަ މީހުންވަނީ ޒަޚަމްކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު